ވިލާ ކޮލެޖުގެ އައިސީއެސްއާރުއައި 2024ގެ ތެރެއިން. (ފޮޓޯ/ވިލާ ކޮލެޖު)

ވިލާ ކޮލެޖު

ވިލާ ކޮލެޖުގެ އަހަރީ ރިސާޗު ކޮންފަރެންސް ފަށައިފި

މި ކޮންފަރެންސްގެ މަގްސަދަކީ ދިރާސާކުރާ ފަރާތްތަކާއި ލެކްޗަރާއިންނާއި ދަރިވަރުންނާއި ސިނާއަތުގެ ތަޖުރިބާކާރުންގެ މެދުގައި ނެޓްވޯކެއް ގާއިމްކުރުން

ވިލާ ކޮލެޖުން ކޮންމެ އަހަރަކު ބާއްވާ އިންޓަނޭޝަނަލް ކޮންފަރެންސް އޮން ސޯޝަލް ރިސާޗު އެންޑް އިނޮވޭޝަން (އައިސީއެސްއާރްއައި) އިއްޔެ ފަށައިފި އެވެ.

ވީ ކިހިނެއް؟ - މިއީ 2016 އިން ފެށިގެން ކޮންމެ އަހަރަކު ވެސް ވިލާ ކޮލެޖުން ބާއްވާ ރިސާޗު ކޮންފަރެންސެކެވެ. މި އަހަރުގެ ކޮންފަރެންސް މިއަދު ނިމޭނެ އެވެ.

ވިލާ ކޮލެޖުގެ އައިސީއެސްއާރުއައި 2024ގެ ތެރެއިން. (ފޮޓޯ/ވިލާ ކޮލެޖު)

ބުނީ ކީކޭ؟ - އެ ކޮންފަރަންސް ހުޅުވުމުގެ ރަސްމިއްޔާތުގައި ވިލާ ކޮލެޖުގެ ޑެޕިއުޓީ ވައިސް ރެކްޓާ، ރިސާޗު އެންޑް އިނޮވޭޝަން ޑރ. މުހައްމަދް އާދިލް ވިދާޅުވީ މި ކޮންފަރެންސްގެ މަގްސަދަކީ ދިރާސާކުރާ ފަރާތްތަކާއި ލެކްޗަރާއިންނާއި ދަރިވަރުންނާއި ސިނާއަތުގެ ތަޖުރިބާކާރުންގެ މެދުގައި ވަރުގަދަ ނެޓްވޯކެއް ގާއިމުކުރުމެވެ.

ވިލާ ކޮލެޖުގެ އައިސީއެސްއާރުއައި 2024ގައި ވިލާ ކޮލެޖުގެ ޑެޕިއުޓީ ވައިސް ރެކްޓާ، ރިސާޗު އެންޑް އިނޮވޭޝަން ޑރ. މުހައްމަދް އާދިލް. (ފޮޓޯ/ވިލާ ކޮލެޖު)

އޭނާ ވިދާޅުވީ އޭގެ ސަބަބުން އާ މިސްރާބުތަކާ ބެހޭ ގޮތުން ހަރުދަނާ މަޝްވަރާތަކާއި އިޖްތިމާއީ އިލްމާއި ތަރައްގީގެ ދާއިރާތަކުގައި އާ އުސޫލުތައް އުފެއްދުމުގެ ފުރުސަތު ވެސް ލިބޭނެ ކަމަށެވެ.

ކޮންފަރެންސްގެ ބައިވެރިންނަން މަރުހަބާ ދަންނަވައި ވިލާ ކޮލެޖްގެ ރެކްޓާ ޑރ. އަހްމަދް އަންވަރު ވިދާޅުވި ގޮތުގައި މި ކޮންފަރެންސަކީ ވިލާ ކޮލެޖުގެ ކަލަންޑަރުގައި ބާއްވާ މުހިންމު އެއް އިވެންޓެވެ. އަދި މި އަހަރުގެ ތީމުން ހަލުވިކަމާ އެކު ބަދަލުވަމުންދާ ދުނިޔޭގައި ކުރިއަރަމުންދާ ސައިންސާއި ޓެކްނޮލޮޖީ، މުޖުތަމައު އަދި ދުނިޔޭގެ އެކި ކަންކޮޅުތަކުގައި މޫސުމީ ނިޒާމަށް އަންނަ ބަދަލު ދެނެގަނެ، ކުރިމަތިލާން ޖެހޭ ގޮތްތައް ހޯދައި ދަސްކުރުމަށް އެހީތެރިވެދޭނެ ކަމަށް އޭނާ ވިދާޅުވި އެވެ.

ވިލާ ކޮލެޖުގެ އައިސީއެސްއާރުއައި 2024ގައި ވިލާ ކޮލެޖްގެ ރެކްޓާ ޑރ. އަހްމަދް އަންވަރު. (ފޮޓޯ/ވިލާ ކޮލެޖު)

ތަފްސީލު - ކޮންމެ އަހަރަކު ވެސް ވިލާ ކޮލެޖްގެ އައިސީއެސްއާރްއައި ބިނާކުރަނީ ތަރައްގީއާ ގުޅޭ ވަކި ތީމެއްގެ މައްޗަށެވެ. އެގޮތުން، މި އަހަރުގެ ތީމްއަކީ 'އިނޮވޭޝަންސް ފޮ ސަސްޓެއިނެބިލިޓީ: ފޯޖިން ދަ ޕާތު އަހެޑް' އެވެ.

މި އަހަރުގެ ތީމްގެ ދަށުން 53 ޕޭޕަރެއް މި ކޮންފަރެންސްގައި ހުށަހަޅާނެ އެވެ. އެ ޕޭޕަރުތައް ހުށަހަޅާނީ އަށް ދާއިރާއަކަށް ބަހާލައިގެންނެވެ.

އައިސީއެސްއާރްއައިގައި 53 ޕޭޕަރު ހުށަހަޅައި މި އަހަރުގެ ތީމާ ގުޅޭ ފަސް ޕެނަލް ޑިސްކަޝަން ބާއްވައި ފަސް ބޭފުޅަކު ކީ ނޯޓް ސްޕީޗް ވެސް ދެއްވާނެ އެވެ. އޭގެ ތެރޭގައި ހިމެނެނީ:

ކީނޯޓް 1 (08 ޖޫން)

  • ކީނޯޓު ދެއްވާނީ ޕްރޮފެސަރު ޕެޓްރިކް މެކްގޮރީ

  • މައުލޫ: ޔޯ މެންޓަލް ހެލްތު: ދަ ގްލޯބަލް ޕަބްލިކް ހެލްތު ކްރައިސިސް އެންޑް ސޮލިޔުޝަންސް

ޕްރޮފެސަރު ޕެޓްރިކް މެކްގޮރީ މަޝްހޫރުވެފައިވަނީ ތަރައްގީ އާއި ސްކޭލް އަޕް އޮފް އާލީ އިންޓަވެންޝަން، ޒުވާނުންގެ ނަފްސާނީ ސިއްހަތުގެ ހިދުމަތް، ނަފްސާނީ ސިއްހަތުގެ އިނޮވޭޝަން، ވަކާލާތު އަދި އިސްލާހުގެ ދާއިރާއިންނެވެ.

ކީނޯޓް 2 (08 ޖޫން)

  • ކީނޯޓު ދެއްވާނީ ޕްރޮފެސަރު ޕެޓްރިކް މެކްގޮރީ

  • މައުލޫ: ޔޫތު މެންޓަލް ހެލްތު: ދަ ގްލޯބަލް ޕަބްލިކް ހެލްތު އެޑް ކްރައިސިސް

ޕްރޮފެސަރު ޕެޓްރިކް މެކްގޮރީއަކީ ޔުނިވާސިޓީ އޮފް މެލްބަންގެ އެގްޒެކެޓިވް ޑިރެކްޓަރުގެ އިތުރުން އޮރިޖެން ޔޫތު ހެލްތު ރިސާޗް ސެންޓަރާއި ޔޫތު މެންޓަލް ހެލްތުގެ ޕްރޮފެސަރެކެވެ.

ކީނޯޓް 3 (08 ޖޫން)

  • ކީނޯޓު ދެއްވާނީ ޕްރޮފެސަރު މަހްމޫދް އަބްދެލްއެޓީ

  • މައުލޫ: އިމްޕެކްޓް އޮފް ސޯޝަލް ރިސާޗް އެންޑް އިނޮވޭޝަން އޮން ނޭޝަނަލް އިންކަމް އެންޑް ނޭޝަނަލް ސެކިއުރިޓީ

ޕްރޮފެސަރު މަހްމޫދް އަބްދެލްއެޓީ އަކީ އިންކުއަންޓަމް އެލްގޮރިޒަމްސް، މީސަމަންޓް ތިއަރީސް އަދި ނެނޯމެކޭނިކަލް މޮޑެލިންއަށް ގިނަ ހިދުމަތްތަކެއް ކުރައްވާފައިވާ ބޭފުޅެކެވެ.

ކީނޯޓް 4 (09 ޖޫން)

  • ކީނޯޓު ދެއްވާނީ ޑރ. ޓަޒީން ރިޒްވީ

  • މައުލޫ: ވޭވްސް އޮފް ޗޭންޖް: ކެޓަލައިޒިން ދަ ހެލްތު ޓެކް ރިވޮލޫޝަން

ޑރ. ޓަޒީން ރިޒްވީ އަކީ ޑިޖިޓަލައިޒޭޝަން، ސްޓްރެޓެޖީ، އެޗްއައިއެސް އިމްޕްލިމެންޓޭޝަން، މާކެޓް ގްރޯތު އަދި އިންޓަގްރޭޓެޑް ހެލްތްކެއާ ޑެލިވަރީ ސިސްޓަމްތަކަށް ޑިޖިޓަލް ޓެކްނޮލޮޖީތައް އޮޕްޓިމައިޒް ކުރުމުގެ ދާއިރާއިން 15 އަހަރަށް ވުރެ ގިނަ ދުވަހުގެ ތަޖުރިބާ ލިބިފައިވާ ހެލްތު ކެއާ ޑިޖިޓަލް ޓެކްނޮލޮޖީގެ ލީޑަރެކެވެ.

ކީނޯޓް 5 (09 ޖޫން)

  • ކީނޯޓު ދެއްވާނީ އިބްރާހިމް އާތިފް ޝަކޫރް

  • މައުލޫ: ދަ އާޖެންޓް ނީޑް ފޮ އަ މޯ ސަސްޓެއިނެބްލް އިކޮނޮމިކް ޑިވެލޮޕްމަންޓް މޮޑެލް، އެސްޕެޝަލީ ފޮ ސްމޯލް އައިލަންޑްސް

އިބްރާހިމް އާތިފް ޝަކޫރަކީ އޮސްޓްރޭލިއާގެ މޮނާޝް ޔުނިވާސިޓީން އެމްބީއޭ ހާސިލް ކުރައްވާފައިވާ ބޭފުޅެކެވެ. އޭނާއަކީ ރާއްޖޭގެ އެންމެ ބޮޑެތި އަދި އެންމެ ތަފާތު ކޯޕަރޭޓް އެންޓިޓީތަކުގެ ޓޮޕް މެނޭޖްމަންޓާއި ބޯޑް މަގާމުތައް ފުރުއްވާފައިވާ ބޭފުޅެވެ.

ވިލާ ކޮލެޖުގެ އައިސީއެސްއާރުއައި 2024ގެ ތެރެއިން. (ފޮޓޯ/ވިލާ ކޮލެޖު)
ވިލާ ކޮލެޖުގެ އައިސީއެސްއާރުއައި 2024ގެ ތެރެއިން. (ފޮޓޯ/ވިލާ ކޮލެޖު)

ޕެނަލް ޑިސްކަޝަންތައް

މި ކޮންފަރެންސްގައި އިއްޔެ ދެ ޕެނަލް ޑިސްކަޝަން ބާއްވާފައި ވާއިރު، މިއަދު ތިން ޑިސްކަޝަން އޮންނާނެ އެވެ.އެ ޑިސްކަޝަންތަކުގެ މައުލޫއަކީ:

  • 1-

    ކްލައިމެޓް ޗޭންޖް އެންޑް ހެލްތު: އިމްޕެކްޓްސް އެންޑް އެޑަޕްޓޭޝަންސް

  • 2-

    ޑައިނަމިކްސް އޮފް ބުލީން: އިންޓަވެންޝަން އެންޑް ޕްރިވެންޝަން ސްޓްރެޓަޖީސް

  • 3-

    ކުދިންނާއި ގާތުން - ޕްރޮގްރެމެޓިކް އިނޮވޭޝަން އިން ބްރިޖިން ދަ ޕޮލިސީ އިމްޕްލިމެންޓޭޝަން ގެޕް

  • 4-

    އޮޕްޓިމައިޒޭޝަން އޮފް ލޯކަލް އެމްޕްލޯއިމަންޓް އިން ޓޫރިޒަމް އިންޑަސްޓްރީ

  • 5-

    ކްރިޓިކަލް ރޯލް އޮފް ޑޭޓާ ޝެއާރިން އިން ފެސިލިޓޭޓިން އެވިޑެންސް ބޭސްޑް ޑިޒިޝަން މޭކިން

އިތުރު އާޓިކަލް

އިތުރު އާޓިކަލް