ރާއްޖެއަށް ދޭ އެހީ ހުއްޓާލަން ބިލް ހުށަހަޅުއްވާ ކޮންގްރެސް މެންބަރު ރިޕަބްލިކަން ޕާޓީއަށް ނިސްބަތްވާ ޖޯޝް ގޮތެއިމާ: ރާއްޖެއިން އެޅި ފިޔަވަޅު ބަލައި ނުގަނެވޭނެ ކަމަށް ވިދާޅުވި. (ފޮޓޯ/އެކްސިއޯސް)

އިޒްރޭލު ޕާސްޕޯޓް މަނާކުރާ ނަމަ ރާއްޖެއަށް އެމެރިކާގެ އެހީ ކަނޑާލަން ބިލެއް ހުށަހަޅަނީ

ބިލް ހުށަހަޅުއްވާ މެންބަރު ވިދާޅުވެފައިވަނީ އިޒްރޭލުގެ ހުރިހާ ރައްޔިތުން ރާއްޖެ އެތެރެވުން މަނާކުރަން ނިންމި ނިންމުމަކީ ޔަހޫދީންނާ މެދު ރުޅިވެރިކަން އުފެއްދުން ކަމަށް
5 ޖޫން 2024
12

އިޒްރޭލުގެ ރައްޔިތުން ރާއްޖެ އެތެރެވުން މަނާކުރާ ނަމަ، އެމެރިކާއިން ރާއްޖެއަށް ދެމުން އަންނަ އެހީތައް އެއްކޮށް ކަނޑާލުމަށް އެމެރިކާގެ ގާނޫނު ހަދާ މަޖިލީހުގެ މެންބަރަކު ބިލެއް ހުށަހަޅުއްވަން ނިންމަވައި މަސައްކަތް ފައްޓަވައިފި އެވެ. 

ވީ ކިހިނެއް؟ - އެމެރިކާގެ ނޫހެއް ކަމަށްވާ 'އެކްސިއޯސް' އިން ބުނީ، އިޒްރޭލު ރައްޔިތުން ރާއްޖެ އެތެރެވުން މަނާކުރުން ހުއްޓުވުމުގެ މަގުސަދުގައި ބިލެއް ހުށަހަޅުއްވަނީ އެމެރިކާގެ ގާނޫނު ހަދާ މަޖިލީހުގެ ތިރިގެ، ކޮންގްރެސްގެ މެންބަރެއް ކަމަށްވާ ރިޕަބްލިކަން ޕާޓީގެ ޖޯޝް ގޮތެއިމާ އެވެ. 

  • އޭނާއަކީ އިޒްރޭލުގެ ދިފާއުގައި އެންމެ ވަރުގަދައަށް އަޑުއުފުލައްވާ ކޮންގްރެސްގެ މެންބަރު 

ތަފްސީލް - އެކްސިއޯސިން ބުނި ގޮތުގައި، ގޮތެއިމާ ހުށަހަޅުއްވާ ބިލަށް ދީފައިވާ ނަމަކީ ރަހުމަތްތެރި ގައުމުތަކުގެ ރައްޔިތުން ދަތުރުފަތުރުކުރުން ހިމާޔަތް ކުރުމުގެ ބިލް ނުވަތަ 'ޕްރޮޓެކްޓިން އެލައިޑް ޓްރެވަލް ހިއާ އެކްޓް [ޕާތް]' އެވެ. ޑިމޮކްރެޓިކް ޕާޓީގެ މެންބަރުންގެ ތާއީދާ އެކު އޭނާ ހުށަހަޅުއްވައި ބިލުގައި ހިމެނެނީ: 

  • އެމެރިކާއިން ރާއްޖެއަށް ދޭ އެހީތައް ދޭން ޖެހޭނީ އިޒްރޭލު ރައްޔިތުން ރާއްޖެ އެތެރެވާން ހުއްދަ ދިނުމަށް ޝަރުތުކޮށްފައި

  • އިޒްރޭލު މީހުން ރާއްޖެ އެތެރެވުމުގެ ހުއްދަ ނުދޭ ނަމަ، އެމެރިކާ ސަރުކާރުން ރާއްޖެއަށް އެއްވެސް އެހީއެއް ދިނުން މަނާވާނެ 

ބުނީ ކީކޭ؟ - ބިލް ހުށަހަޅުއްވާ މެންބަރު ގޮތެއިމާ އެކްސިއޯސްއަށް ވިދާޅުވެފައިވަނީ އިޒްރޭލުގެ ހުރިހާ ރައްޔިތުން ރާއްޖެ އެތެރެވުން މަނާކުރަން ނިންމި ނިންމުމަކީ ޔަހޫދީންނާ މެދު ރުޅިވެރިކަން އުފެއްދުން ކަމަށެވެ. އަދި އެމެރިކާގެ އެންމެ ގާތް ރަހުމަތްތެރި ގައުމާ މެދު މިފަދަ ފިޔަވަޅެއް އެޅުމަށް ނިންމި ނިންމުމަކީ ބަލައިގަނެވޭނެ ކަމެއް ނޫން ކަމަށް ވެސް އޭނާ ވިދާޅުވެފައިވެ އެވެ.

"އެ ނިންމުން [ރާއްޖޭގެ ނިންމުން] ބަދަލުނުކުރާހާ ހިނދަކު އަހަރެމެންގެ ޓެކްސް ފައިސާއިން ބައި ސެންޓު ވެސް އެ ގައުމަށް ދެވިގެން ނުވާނެ. އިޒްރޭލުގެ ހުރިހާ ރައްޔިތުން އެ ގައުމަށް ދަތުރުކުރުން މަނާކޮށްފައިވާ ބޭރު ގައުމަކަށް އެމެރިކާ ރައްޔިތުންގެ ޓެކްސް ފައިސާ ދިނުމަކީ ކޮށްގެންވާނެ ކަމެއް ނޫން،" ގޮތެއިމާ ވިދާޅުވެފައިވެ އެވެ. 

އެހީގެ ނަމްބަރުތައް

އެމެރިކާގެ ސްޓޭޓް ޑިޕާޓްމަންޓުގެ ތަފާސްހިސާބުތައް ދައްކާ ގޮތުން، މިދިޔަ ހަތަރު އަހަރުގެ ތެރޭގައި އެމެރިކާއިން ގާތްގަނޑަކަށް 36 މިލިއަން ޑޮލަރު (555 މިލިއަން ރުފިޔާ)ގެ މާލީ އެހީތެރިކަން ރާއްޖެއަށް ވަނީ ދީފަ އެވެ. މީގެ އިތުރަށް:

  • މިފަހުން އެމެރިކާގެ އެހީތައް ރާއްޖެއަށް އިތުރުކުރަން ނިންމާފައިވޭ

  • ރާއްޖޭގެ ކަނޑުގެ ސަރަހައްދު ބެލެހެއްޓުން ހަރުދަނާކުރަން ހާއްސަ ކަނޑުގެ އުޅަނދެއް ރާއްޖެއަށް ހަދިޔާކުރަން އެ ގައުމުން ވަނީ އެއްބަސްވެފައި

  • އެމެރިކާގެ ބައެއް މާލީ ހިދުމަތްތައް ކަމަށްވާ ޕޭޕާލްގެ ހިދުމަތްތައް ރާއްޖެއަށް ތައާރަފްކުރަން ވެސް އެ ގައުމާ އެކު ރާއްޖެއިން މަޝްވަރާކުރަމުން އާދޭ 

އެނގުން މުހިންމު - ވަޒީރުންގެ މަޖިލީހުން މިދިޔަ އާދިއްތަ ދުވަހު ނިންމާފައި ވަނީ އިޒްރޭލު ރައްޔިތުން ރާއްޖެ އެތެރެވުން އެކީ މަނާކުރުމަށެވެ. އަދި އެކަމަށް ގާނޫނަށް ގެންނަން ޖެހޭ އިސްލާހުތައް ލަސްނުކޮށް މަޖިލީހަށް ފޮނުވަން ސަރުކާރުން މަސައްކަތް ފަށާފައިވާކަން ވެސް އެ ދުވަހު ހާމަކުރި އެވެ. 

ނަމަވެސް، އެކަން ތަންފީޒު ކުރާނޭ ދުވަހެއް އަދި ނޭނގެ އެވެ. 

ކޮމެންޓް (12)

ވިސްނޭ

6 ޖޫން 2024
ހުރިހާ ގެއްލުމެއް ފަލަސްތީންގެ ނިކަމެތި ރައްޔިތުނަށް. ނޭޓޯއާއި ރަޝީޔާޔާއި ކުރި ހަގުރާމައިގައިވެސް ހުރިހާ ގެއްލުމެއް ޔޫކްރޭންގެ ނިކަމެތި ރައްޔިތުނަށް. މަރުވީ ގެދޮރު ސުންނާފަތި ވީ ޔޫކްރޭން ރައްޔިތުންގެ. ހަމާސްއިން އިޒރޭލްގެ ޢާނމްު ރައްޔިތުންގެ އެތައް ހާސް މީހުން ރޯމާދުވާލު މަރާ މަގުމައްޗަށް ވައްޓާލީމަ ހަމާސް ބަލި ކުރަން އިސްރާޢީލުން ވެސް ހަގުރާމައެއް ކުރަނީ. ފަށަމުން ވެސް ބުނި ހަގުާރަމައަކީ ވަރަށް އުދަގޫ ކަމެކޭ. އެކަމަކު ހަމާސްއިން ކުރި ކަންތަކަށް ފަހު ހަގުރާމަކޮށް ހަމާސް ބަލި ކުރުމާއި ރަހީނުން މިނިވަން ކުރުމާއި މިހިރީ ބައިނަލްއަގްވާމީ ގާނޫނުތަކުން އަނެއް ގައުމަށް ވެސް ހުންނަ ހައްގުތައް. އެއީ އެމެރިކާޔާއި އިޒްރޭލުން ހިފާ ތަންކޮޅަކީ. އަދި އިސްރާޢީލަކީ މެދުރުމަތީގައި އޮންނަ އެމެރިކާގެ އެންމެ ބޮޑު ބައިވެރިޔާކަމަށް ވާތީ އިސްރާޢީލް ވުޖޫދުން ފޮހެވޭ ތަން ދެކޭކަށް އެމެރިކާ ނޯންނާނެ. ސަބަބަކީ އިރާނުން އިއުލާނުކޮށްފައިވެސް ވޭ އިސްރާޢީލް ނައްތާލަން ކަމަށް މަގްސަދަކީ. އެެއީ އެމެރިކާޔާއި ދެކޮޅަށް ކުރާ ހަގުރާމައެއް. އެހެންވެ އެމެރިކާ ވެސް މަޑުން ނޯންނާނެ.
0 0

ވިސްނޭ

6 ޖޫން 2024
އިރާނު މޮޅު ކުރާ މީހުނަށް ބުނަން އޮތީ އެއީ ރާއްޖެގެ ގާނޫނުތަކުގައި މުސްލިމުން ކަމަށް ނުދެކޭ ބަޔެކޭ . މިހާރު އިރާޏު މޮޅުކޮށްގެން ތިއުޅޭ މީހުން މާދަމާ ވެސް ދިވެއްސަކު ބުނެބަލަ ތިމަންނަ މީ ޝީޢީއެކޭ ރާއްޖޭގެ ހުރިހާ ޢިލުްމުވެރިން އެއީ ކާފަރެކޭ ކިޔާފައި ދުއްވައިގަންނާނެ އެ މީހާ ފަހަތުން. އަންނި ސޮރު ތިމަންނާއަކީ ސޫފީއެކޭ ބުނެގެން ވެސް ޢިލްމުވެރިން އޭނަ ރައްޔިތުކަމަށް ސަރްތުހަމަނުވާކަމަށް ކާފަރެއް ކަމަށް ހުކުން ތަންފީޒްކުރަން ގޮވިއެއް ނޫންތޯ. އަދި ތިޔަ ހަގުރތާމައަކީ ޖިއޯ ޕޮލިޓިކަލް ގޭމެއް. ޗައިނާއިން ވެސް ފަލަސްތީން މުސްލިމުން ނަމަރާށޭ ގޮވާލާ. ބިން ނުހިފާށޭ ގޮޮވާލާ. އެކަކަމު ޗައިނާއަކީ ޓާއިވާނާއި ޓިބެޓާއި ހިފާ ޗައިނާ ބަޔަކަށް ހަދައި ރައްޔިތުން އަޅުވެތިކޮށްގެން އުޅޭ ގައުމެއް. ގުރްއާން ރޯދަ ހިފުން މަނާ މިސްކިތް ތަޅާ މުސްލިމުން މަރާ ގައުމެއް. މި ހަގުރާމައަކީ އެމެރިކާގެ ބާރު ދުއްވާލަން މި އެންމެން ވެގެން ހިންގާ ގޭސްގަނޑެއް. އިރާނުން އަޑީގައި އޮވެގެން ހިޒްބުﷲ އަދި ހަމާށް ފަދަ ޝީޢީ ޖަމާޢާތްތައް ބޭނުންކޮށްގެން އިޒްރޭލަށް ހަމަލާދީ އެމެރިކާގެ ނަން ޚަރާބްކޮށް ބަލި ކުރަން ކުރާ ހަގުރާމައެއް.
0 0

ވިސްނޭ

6 ޖޫން 2024
އެހެނީ ރާއްޖޭން އަލިފްދާލާއި ކޯޓްތަކަށް ގޮސްފައި މިދައްކަނީ އިންސާނިޔައްތުކަމާއި އިންސާފާއި މިނިވަންކަމާއި މިފަދަ ވާހަކަތައް). އެހެން ދީނެއް ވެސް ނޫން އިގޭ ތޯ އިސްލާމް ދީނުގެ ވެސް ސުންނީ ނޫން މަޒްހަބް ނަމަ ރައްޔިތުކަން އަތުލާ މަރުގެ ހުކުމް ހިންގޭނެ ގައުމެއް. ދިވެއްސަކު ޝީޢީއަކަށް ނުވަތަ ސޫފީއަކަށް ވެއްޖެނަމަ ރައްޔިތުކަން އަތުލާ ގައުމުން ބޭރުކޮށްލެވޭނެ ގަނޫނީ ގޮތުން. އިސްރާޢީލަކީ ހުރިހާ ދީނެއްގެ ހާއްސަކޮށް އިސްލާމްދީނުްގެ ހުރިހާ މަޒްހަބަކަށް ހުއްދަ ދީފައިވާ މިނވަން ޑިމޮކްރަސީއެއް. ޚާއްސަކޮށް ރާއްޖެއާއި އެހެިނހެން ޢަރަބި އިސްކާމީ ގައުމުތަކުގައި މަނާކުރެވިފައިވާ ޝީޢީ މަޒްހަބްތައް ކަމަށް ވާ ދުރޫޒުނާއި ޢަލަވީނާއި އަހްމަދީން ނުވަތަ ޤާދިޔާނީނާއި މިފަދަ އިސްލާމްދީނުގެ އެހެނިހެން މަޒްހަބްތަކަށް މިނިވަންކަން ދީފައިވާ އެތައް މިލިޔަން މުސްލިމުން އުޅޭ ގައުމެއް. ޔަހޫދީއަކާއި ސުންނީޢަކާއި ޝީޢީއަކާއި ޤާދިޔާނީއަކާއި ތަފާތެއް ނުވާނޭ ކަމަށް ޤާނޫނު އަސާސީގައި ލިޔެގެން އުޅޭ ގައުމެއް. ޤާނޫނުގެ ކުރިމަތީ ހުރިހާ މަޒްހަބެއް ދީނެއްގެ ރައްޔިތުން ހަމަހަމަކަމަށް ގާނޫނުގައި ލިޔެގވިފައި ގައުމެއް.
0 1

ފަލަސްތީނު

5 ޖޫން 2024
އެމެރިކާ މީހުން އެތެރެވުންވެސް ހުއްޓުވަންވީ
1 0

ބައިޑެންގެތަލަފުލު

5 ޖޫން 2024
އެމީހުން އަހަރުން ބުލީކުރިޔަދީގެން ނުވާނެ.
4 0

ފަރުތަރުބަތު

5 ޖޫން 2024
އެމެރިކާގެ އެހީއޭ ކިޔާއިރު ދިރާސާ ކޮށްލަން ރަނގަޅު އެމެރިކާއިން ދެނީ ކޮން ކަހަލަ އެހީއެއްކަން. އަހަރުންނަށް ފެނޭ ޖަޕާނުން ދޭ އެހީ، އިންޑިޔާއިން ދޭ އެހީ، ޗައިނާއިން ދޭ އެހީ، ގަތަރުން ދޭ އެހީ، ސައޫދީން އަޅާދިން މިސްކިތްވެސް އެހެރީ. އެމެރިކާއިން އެހީ ދެނީތޯ ނޫނީ ޖާސޫސީ މަސައްކަތް ކުރަނީތޯ ސުވާލަކީ.
8 0

ޝީބޫ

5 ޖޫން 2024
އަހަނ. ޗަކޮޔާ. ހެވޭ ކަލޭމެން އެހީ ނުވިޔާސް. ރިޒުގު ދެއްވަނީ ﷲ
16 1

ދިވެހި ފަހުރު ވެރި ދަރިއެއް

5 ޖޫން 2024
އެމެރިކާގެ ބަހެއް މިކަމުގަ ލިބިގެން ދީނުގެ ހައްގުގަ ރާއްޖެއިން މިއެޅި ފިޔަވަޅަައް ބިރު ދެއްކުމާއި އެކު މިކަން ހުއްޓުވައިފިއްޔާމު އިޒުރޭލު ޔަހޫދީން ނަށް މިގައުމުގަައި އަނމާން ކަމެއް ނޯންނާނެ އަދި ދިވެހި ރައްޔިތުން އެމެރިކާއިން ދީގެން ކައިގެން ބޮއިގެން އުޅެނީ ކީ އެއް
5 0

ނަސީ

5 ޖޫން 2024
ތީމާބޮޑު އެހީ ދޭބައިގަނޑެއް ނޫން ރަގަޅުވާނީވެސް އެހީ ނުދިނިއްޔާ އިޒްރެއިލް ޮއައުޓް
8 0

ޒަޔަންއަޔަން

5 ޖޫން 2024
އެންމެ ފަންސާހަކަށް މިލިޔަން ޑޮލަރަށް އަހަރުމެންގެ އިންސާނިއްޔަތުކަން ދޫކޮށްލާށޭތަ ތިބުނަނީ.
11 0

ޓިނުބެ

5 ޖޫން 2024
އެމެރިކާގެ އެހީނުލިބުނަސް މިގައުމަށް އިޒުރޭލު ޔަހޫދީން އެތެރެވުން މަނާކުރަންޖެހޭ. އެމެރިކާގެ ޓެކްސް ފައިސާއިން މުސްލިމުންމަރާފަ އަހަރުމެނަށްދޭ އެހީއެއް އަހަރުމެން ބޭނުމެއްނޫން.
22 2

ޏާއްކޮ

5 ޖޫން 2024
@ޓިނުބެ 100. އަހަރުމެންނަށް ނުދޭ ލާރިއަކުން ހަމަ އަނެއްކާވެސް ޣައްޒާގެ ތުއްތުކުދިން ކަތިލާނީ. ލަދެއް ހަޔާތެއް ހުންނަ ބައެއް ވެސް ނޫނޭ މީކީ ދިވެހިރާއްޖެ އޭ ކިޔައިގެން އަނގަ ހުޅުވަން.
1 0

އިތުރު އާޓިކަލް

އިތުރު އާޓިކަލް