ރައީސް މުއިއްޒު (ވ) އާއި އިންޑިއާގެ ބޮޑުވަޒީރު މޯދީ. (ފޮޓޯ/އިންޑިއާގެ އެކްސްޓާނަލް އެފެއާޒް)

ރާއްޖެ-އިންޑިއާ

ރައީސްގެ މަރުހަބާ މޯދީއަށް؛ 'އެކުގައި މަސައްކަތް ކުރަން ތައްޔާރު'

މިއީ މޯދީ ޖެހިޖެހިގެން އިންތިހާބު ކާމިޔާބު ކުރެއްވި ތިންވަނަ ފަހަރު، ނަމަވެސް މިފަހަރު ކާމިޔާބު ކުރެއްވުނީ ހަނި އަގުލަބިއްޔަތަކުން

ބާރަތިޔާ ޖަނަތާ ޕާޓީ (ބީޖޭޕީ) އާއި ނޭޝަނަލް ޑިމޮކްރެޓިކް އެލަޔަންސް (އެންޑީއޭ)ގެ ކޯލިޝަނުން އިންޑިއާގެ ލޯކް ސަބާގެ އިންތިހާބު ކާމިޔާބު ކުރުމާ ގުޅިގެން ބޮޑުވަޒީރު ނަރެންދުރަ މޯދީއަށް ރައީސް މުހައްމަދު މުއިއްޒު މިރޭ މަރުހަބާ ވިދާޅުވެއްޖެ އެވެ.

ތަފްސީލް - ޖެހިޖެހިގެން ތިންވަނަ ފަހަރަށް މޯދީ ބޮޑުވަޒީރުކަމަށް އިންތިހާބުވެވަޑައިގަތުން ފާހަގަކުރައްވައި، ރައީސް މުއިއްޒު 'އެކްސް'ގައި ވަނީ ދެ ގައުމު ގުޅިގެން މަސައްކަތް ކުރަން ތައްޔާރު ކަމަށް ވިދާޅުވެފަ އެވެ.

"އަޅުގަނޑު އުންމީދު ކުރަނީ ދެ ގައުމުގެ ކުރިއެރުމާއި ހަމަޖެހުމަށްޓަކައި، ދެ ގައުމުގެ ހިއްސާ އޮތް ދާއިރާތަކުން އެކުގައި މަސައްކަތް ކުރުމަށް،" ރައީސް ވިދާޅުވި އެވެ.

ފާހަގަކޮށްލެވޭ - ހަނި އަގުލަބިއްޔަތަކުން އިންތިހާބު ކާމިޔާބު ކުރެއްވި މޯދީއަށް ކުރީ ފަހަރުތަކާ ހިލާފަށް މިފަހަރު ސަރުކާރެއް އުފެއްދެވޭނީ ގުޅިފައިވާ ޕާޓީތަކުގެ ސަޕޯޓާ އެކު އެވެ.

ސަރުކާރެއް އެކުލަވާލުމަށް މޯދީއަށް، 543 މެންބަރުންގެ މަޖިލީހުގެ 272 ގޮނޑި ބޭނުންވެ އެވެ. އެ އަދަދަށް މި ފަހަރު ގޮނޑި ހަމަވަނީ އެންޑީއޭ ކޯލިޝަންގެ ތާއީދާ އެކު އެވެ.

އެންމެ ފަހުން 2019 ވަނަ އަހަރު ބޭއްވި އިންތިހާބުގައި ބީޖޭޕީއަށް އެކަނި 303 ގޮނޑި ލިބުނެވެ. އަދި ކޯލިޝަނާ އެކު 353 ގޮނޑި ލިބުނެވެ. ނަމަވެސް މިފަހަރު އެ އަދަދު ވަރަށް ބޮޑުތަން ދަށްވާނެ ކަމަށް ރިޕޯޓްތައް ބުނެ އެވެ.

އިތުރު އާޓިކަލް

އިތުރު އާޓިކަލް