ފިނޭންސް މިނިސްޓްރީގެ އިމާރާތް (ފޮޓޯ/ފިނޭންސް މިނިސްޓްރީ)

ފުރަތަމަ ކުއާޓަރު ނިމުނުއިރު ދައުލަތުގެ ދަރަނި 126 ބިލިއަން ރުފިޔާގައި

މިއީ މިދިޔަ ކުއާޓަރާ އަޅާބަލާއިރު 1.3 ބިލިއަން ރުފިޔާގެ އިތުރުވުމެއް؛ ނަމަވެސް ބޭރުގެ ދަރަނިތައް ވަނީ މިދިޔަ ކުއާޓަރާ އަޅާބަލާއިރު 51.7 ބިލިއަން ރުފިޔާ އިން 51.6 ބިލިއަން ރުފިޔާއަށް ތިރިވެފައި

މި އަހަރުގެ ފުރަތަމަ ކުއާޓަރު ނިމުނު އިރު ދައުލަތުގެ ދަރަނި ހުރީ 126 ބިލިއަން ރުފިޔާގައި ކަމަށް ފިނޭންސް މިނިސްޓްރީން މިއަދު ނެރުނު ތަފާސްހިސާބުތަކުން ދައްކައިފި އެވެ.

ތަފްސީލް - އެ މިނިސްޓްރީން ނެރުނު 2024ގެ ފުރަތަމަ ކުއާޓަލީ ބުލެޓިންގައި ވާގޮތުން، ޖުމްލަ ދަރަނީގެ ތެރޭގައި ހިމެނެނީ:

  • ދައުލަތުން ނަގާފައިވާ ދަރަނި: 112 ބިލިއަން ރުފިޔާ

  • ސޮވަރިން ގެރެންޓީގެ ގޮތުގައި ނަގާފައިވާ: 14 ބިލިއަން ރުފިޔާ

އޭގެތެރެއިން ބޭރުގެ ދަރަނި 51.6 ބިލިއަން ރުފިޔާއަށް އަރާއިރު، އެތެރޭގެ ދަރަނި ހުރީ 74.5 ބިލިއަން ރުފިޔާގަ އެވެ. ދައުލަތުގެ ޖުމްލަ ދަރަނި 126 ބިލިއަނަށް އަރާފައިވާ އިރު، މިއީ މިދިޔަ އަހަރުގެ ފަހު ކުއާޓަރާ އަޅާބަލާއިރު، ގާތްގަނޑަކަށް 1.3 ބިލިއަން ރުފިޔާގެ އިތުރުވުމެކެވެ. ނަމަވެސް ގޮތުގައި:

  • މި އަހަރުގެ ފުރަތަމަ ކުއާޓަރުގެ ތެރޭގައި ޖުމްލަ ދަރަނި އިތުރުވެފައިވަނީ އެތެރޭގެ ދަރަނިތަކުގެ ސަބަބުން

  • ބޭރުގެ ދަރަނިތައް ވަނީ މިދިޔަ ކުއާޓަރާ އަޅާބަލާއިރު 51.7 ބިލިއަން ރުފިޔާ އިން 51.6 ބިލިއަން ރުފިޔާއަށް ތިރިވެފައި

ރާއްޖޭގެ އުފެއްދުންތެރިކަމުގެ ނިސްބަތާ އަޅާބަލާއިރު މިދިޔަ ކުއާޓަރަށް ވުރެ މި ކުއާޓަރުގައި ދަރަނި ކުޑަކަން ވެސް ފާހަގަކުރެވެ އެވެ. އެގޮތުން:

  • މިދިޔަ ކުއާޓަރުގައި ދަރަނި ހުރީ އުފެއްދުންތެރިކަމުގެ %116.5ގައި

  • މި ކުއާޓަރުގައި އެ ނިސްބަތް ހުރީ %110.1ގައި

އިތުރު އާޓިކަލް

އިތުރު އާޓިކަލް