ސްޓެލްކޯގެ ބޯޑަށް އައްޔަންކޮށްފައިވާ މަރިޔަމް ސާޖިދާ. (ފޮޓޯ/ސްޓެލްކޯ)

ސްޓެލްކޯ

އަބްދުއްރަހީމްގެ ދަރިކަނބަލުން ސާޖިދާ ސްޓެލްކޯގެ ބޯޑަށް އައްޔަންކޮށްފި

ބިޒްނަސް އެޑްމިނިސްޓްރޭޝަނާއި އެކައުންޓިން އިން ތައުލީމް ހާސިލްކުރައްވާފައިވާ ސާޖިދާ އެކައުންޓިން ދާއިރާގައި ގިނަ އަހަރުތަކެއް ވަންދެން މަސައްކަތް ކުރައްވާފައި ކަމަށް ސްޓެލްކޯ އިން ބުނި

ރައްޔިތުންގެ މަޖިލީހުގެ ރައީސް އަބްދުއްރަހީމް އަބްދުﷲގެ ދަރިކަނބަލުން މަރިޔަމް ސާޖިދާ ސްޓެލްކޯގެ ބޯޑު މެމްބަރަކަށް އައްޔަންކޮށްފި އެވެ.

ވީ ކިހިނެއް؟ - ބޯޑު މެމްބަރުކަމަށް ސާޖިދާ އައްޔަން ކުރުމުން އޭނާއަށް މަރުހަބާކިޔައި ސްޓެލްކޯ އިން ވަނީ މިއަދު އެކްސްގައި ޕޯސްޓެއް ކޮށްފަ އެވެ. ސްޓެލްކޯގެ ވެބްސައިޓުގައި ވާގޮތުން:

  • ސާޖިދާ ސްޓެލްކޯގެ ބޯޑަށް އައްޔަންކުރީ މިދިޔަ ހަފްތާގެ ހޯމަ ދުވަހު

  • އޭނާ އައްޔަން ކޮށްފައިވަނީ ނޮން-އެގްޒެކެޓިވް ޑިރެކްޓަރެއްގެ ގޮތުގައި

ފާހަގަކޮށްލެވޭ - ސާޖިދާ އަކީ އިނގިރޭސިވިލާތުގެ ކޮވެންޓްރީ ޔުނިވަސިޓީން ބިޒްނަސް އެޑްމިނިސްޓްރޭޝަންގެ ދާއިރާއިން މާސްޓާޒް ހާސިލްކުރައްވާފައިވާ ބޭފުޅެކެވެ. ސްޓެލްކޯގެ ވެބްސައިޓުގައި އިތުރަށް ބުނެފައިވާ ގޮތުގައި:

  • ސާޖިދާ ޔުނިވަސިޓީ އޮފް ހާޓްފޯޑްޝަޔާ އިން އެކައުންޓިން ޑިގްރީއެއް ހައްދަވާފައިވޭ

  • އަދި އޭނާ ވަނީ އެކައުންޓިން ދާއިރާގައި ގިނަ އަހަރުތަކެއް ވަންދެން މަސައްކަތް ކުރައްވާފައި

admin@stelco.com.mv
3320982

އިތުރު އާޓިކަލް

އިތުރު އާޓިކަލް