ސިވިލް ސާވިސް ކޮމިޝަން (ސީއެސްސީ)ގެ މެމްބަރުކަމަށް ފާތިމަތު ހަބީބާ އައްޔަންކުރެއްވުން. (ފޮޓޯ/ ރައީސް އޮފީސް)

ސިވިލް ސާވިސް ކޮމިޝަންގެ މެމްބަރު ކަމަށް ހަބީބާ އައްޔަންކޮށްފި

ސީއެސްސީގެ މެމްބަރު ކަމަށް ހަބީބާ އައްޔަންކޮށްފައިވަނީ، އެ ކޮމިޝަންގެ މެމްބަރުކަން ކުރެއްވި ފާތިމަތު އާމިރާގެ ދައުރު ހަމަވުމުން

ސިވިލް ސާވިސް ކޮމިޝަން (ސީއެސްސީ)ގެ މެންބަރުކަމަށް ރައީސް މުހައްމަދު މުއިއްޒު މިއަދު ފާތިމަތު ހަބީބާ އައްޔަންކުރައްވައިފި އެވެ.

ވީ ކިހިނެއް؟ - ރައީސް އޮފީހުން ބުނި ގޮތުގައި، އެކަމަށްޓަކައި އެ އޮފީހުގައި މިއަދު ހެނދުނު ރަސްމިއްޔާތެއް ބާއްވާފައިވެ އެވެ. އެ ރަސްމިއްޔާތުގައި:

  • ހަބީބާއަށް ސިވިލް ސާވިސް ކޮމިޝަނުގެ މެންބަރުކަމުގެ ހުވާލައިދެއްވީ ސުޕްރީމް ކޯޓުގެ ފަނޑިޔާރު ޑރ. މުހައްމަދު އިބްރާހިމް 

  • ސިވިލް ސާވިސް ކޮމިޝަންގެ މެންބަރު ކަމަށް އައްޔަން ކުރެއްވި ކަމުގެ ލިޔުން ރައީސް ވަނީ ހަބީބާއަށް އަރުވާފައި

ތަފްސީލް - ސިވިލް ސާވިސް ޓްރެއިނިން އިންސްޓިޓިއުޓްގެ ޑިރެކްޓަރުކަން ކުރައްވާ ހަބީބާ ސީއެސްސީގެ މެމްބަރަކަށް އައްޔަން ކުރުމަށް ރައްޔިތުންގެ މަޖިލީހުން ފާސްކޮށްފައިވަނީ މިދިޔަ އޭޕްރިލް ފަހުކޮޅު އެވެ. އޭނާގެ ނަން ފާސްވެފައިވަނީ އެ ދުވަހު މަޖިލީހަށް ހާޒިރުވި 38 މެމްބަރުންގެ ފުރިހަމަ އަގުލަބިއްޔަތުންނެވެ.

ސީއެސްސީގެ މެމްބަރު ކަމަށް ހަބީބާ އައްޔަންކޮށްފައިވަނީ، އެ ކޮމިޝަންގެ މެމްބަރުކަން ކުރެއްވި ފާތިމަތު އާމިރާގެ ދައުރު ހަމަވުމުންނެވެ. މިހާރު ސީއެސްސީގެ މެމްބަރުންގެ ގޮތުގައި ތިއްބަވަނީ:

  • ރައީސް މުހައްމަދު ނާސިހް

  • ނައިބު ރައީސް އިބްރާހިމް ރަޝީދު

  • މެމްބަރު މުހައްމަދު ފަރުސަތު

  • މެމްބަރު ފާތިމަތު ޝަރީފް

  • މެމްބަރު ފާތިމަތު ހަބީބާ

އިތުރު އާޓިކަލް

އިތުރު އާޓިކަލް