ކަސްޓަމްސްއިން ފަތުރުވެރިއެއްގެ ލަގެޖުން މީގެ ކުރިން އަތުލައިގަތް ކޮކެއިން. (ފޮޓޯ/ކަސްޓަމްސް)

6 މަސް ތެރޭގައި ކަސްޓަމްސްއިން އެންމެ ގިނައިން އަތުލައިގަތީ ކޮކެއިން

އެ މުއްދަތުގެ ތެރޭގައި އަތުލައިގަތް 51 ކިލޯގެ މަސްތުވާތަކެތީގެ މަގުމަތީ އަގު 100 މިލިއަން ރުފިޔާއަށް އަރާ

މިދިޔަ ހަ މަސް ދުވަހުގެ ތެރޭގައި 51 ކިލޯގެ ޑުރަގްސް އަތުލައިގެންފައިވާ ކަމަށް މޯލްޑިވްސް ކަސްޓަމްސް ސާވިސްއިން ބުނެފި އެވެ.

ވީ ކިހިނެއް؟ - ކަސްޓަމްސްއިން ވަނީ މިދިޔަ ނޮވެމްބަރު 17އިން  މެއި 17ގެ ނިޔަލަށް އަތުލައިގަތް ޑުރަގްސްގެ ތަފާސްހިސާބުތައް އާންމުކޮށްފަ އެވެ.

ތަފްސީލު - އެ މުއްދަތުގައި ކަސްޓަމްސްއިން އެންމެ ގިނައިން އަތުލައިގަތް މަސްތުވާތަކެތީގެ ބާވަތަކީ ކޮކެއިން އެވެ. މި ބާވަތުގެ 18.8 ކިލޯ މިވީ ހަ މަސް ދުވަހުގެ ތެރޭގައި އަތުލައިގެންފައިވެ އެވެ.

އޭގެ އިތުރަށް އަތުލައިގަތް ޑުރަގްސްގެ ބާވަތްތަކަކީ:

  • ސިންތެޓިކް ކެތިނޯން - 13.5 ކިލޯ

  • ހެރޮއިން - 7.4 ކިލޯ

  • މެތެމްފެޓަމިން - 4.7 ކިލޯ

  • މެފެޑްރޯން - 3.8 ކިލޯ

  • އެމްޑީއެމްއޭ - 1.1 ކިލޯ

  • ހޭޝް އޮއިލް - 910 ގުރާމް

  • އެމްފެޓަމިން - 451 ގުރާމް

  • ކެނަބިސް - 101 ގުރާމް

  • ސިންތެޓިކް ކެނަބިނޮއިޑްސް - 25 ގުރާމް

މިވީ ހަ މަސް ދުވަހުގެ ތެރޭގައި ކަސްޓަމްސްއިން އަތުލައިގަތް މަސްތުވާތަކެތީގެ މަގުމަތީ އަގު 100 މިލިއަން ރުފިޔާއަށް އަރަ އެވެ.

ކޮމެންޓް (1)

ހިތަދު 2

2 ޖޫން 2024
6 މަސް ތެރޭ އެންމެ 51 ކިލޯ؟ އެހެންވީމަ ލައްކަ އެތެރެ ވެފަ ހުންނާނެ. 51ކިލޯ ތީ ހަދިޔާ އަކަށް ދީފަ ހުރި އެއްޗެއް ހެން ހީވަނި
0 0

އިތުރު އާޓިކަލް

އިތުރު އާޓިކަލް