އިންޑިއާއިން ރާއްޖެއަށް ހަދިޔާކޮށްފައި އޮތް ހެލިކޮޕްޓަރު އޮޕަރޭޓްކުރުމުގައި އިންޑިއާގެ ސިފައިންނާ އެކު ދިވެހި ސިފައިންގެ މީހަކު ހަރަކާތްތެރިވަނީ
ހެލިކޮޕްޓަރު ހިދުމަތް ފަށާނީ ފަތުރުވެރިން ވެސް އުފުލޭ ގޮތަށް: މިނިސްޓަރު
ހެލިކޮޕްޓަރުގެ ހިދުމަތް ފަށާނީ އެއާޓެކްސީގެ ބަދަލުގައި ފަތުުރުވެރިން ބޭނުންވާ ވަގުތުތަކުގައި އެމީހުން ބޭނުންވާ މަންޒިލްތަކަށް ދާން އެ ހިދުމަތް ބޭނުން ކުރެވޭ ގޮތަށް ކމަށް ޓްރާންސްޕޯޓް މިނިސްޓަރު މުހައްމަދު އަމީން ވިދާޅުވެއްޖެ އެވެ.
ވީ ކިހިނެއް؟ - މިނިސްޓަރު މިހެން ވިދާޅުވީ އެމިނިސްޓްރީގެ މަސައްކަތްތަކާއި ބެހޭގޮތުން މައުލޫމާތު ދިނުމަށް އިއްޔެ ބޭއްވި ނޫސްކޮންފަރެންސްގައި ވާހަކަ ދައްކަވަމުންނެވެ.
ތަފްސީލް - މިނިސްޓަރު ވިދާޅުވީ ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުގައި އާ ޑިޕާޗާ ޓާމިނަލްގެ މަސައްކަތް ނިމި ފުލްފްލެޖްގައި އޮޕަރޭޝަންތައް ފެށުމުން ފަތުރުވެރިން ވައިގެ ދަތުރުތައް ކުރަން އިތުރު އެހެން ގޮތްތަކެއް ވެސް ބޭނުންވާ ކަމަށެވެ. މިނިސްޓަރު ވަނީ ރާއްޖެ އަންނަ ފަތުރުވެރިންގެ އަދަދު އިތުރުވަމުން އަންނަކަން ފާހަގަކުރައްވާފަ އެވެ.
"މިހާރު ސީޕްލޭންގައި މި ދަތުރުކުރަނީ. ސީޕްލޭންގެ އުދުހުމުގެ ނިޒާމް އޮންނަ ގޮތުން ހަމައެކަނި ދުވާލު ދަތުރުތައް މި ކުރަނީ، ހެނދުނު ހަޔަކުން އިރުއޮއްސި ހަޔަކަށް، އެކަމަކު ރާއްޖެއަށް ޓޫރިސްޓުން އައުމާއި ރިސޯޓުތަކަސް ނުވަތަ އެމީހުން ބޭނުންވާ މަންޒިލްތަކަށް ދާން ބޭނުންވަނީ ހަމައެކަނި ދުވާލަކު އެކަންޏެއް ނޫން، ރޭގަނޑުވެސް ބޭނުންވޭ،" މިނިސްޓަރު ވިދާޅުވި އެވެ.
"އެހެންވީމަ އެންމެ މުހިންމު ކަމަކީ ޕޮއިންޓް ޓު ޕޮއިންޓް ޓްރާންސްފާ، އެހެންނޫނީ ފްރިކުއެންސީ ސެންސިޓިވް އޮޕަރޭޝަނެއް ހެދުމަށްޓަކައި އަޅުގަނޑުމެންނަށް އެބަ މަޖުބޫރުވޭ އެހެން ގޮތެއް ހޯދަން، އެހެންވެ ސަރުކާރުން ހެލިކޮޕްޓަރު އޮޕަރޭޝަންސް ފެށުމަށް ނިންމާފައިވަނީ،"
އެކަމާ ގުޅޭގޮތުން މިނިސްޓަރު އިތުރަށް ވިދާޅުވީ:
-
އޭކަމުގެ ސަލާމަތީ ކަންކަން ބެލުމަށް އެންމެ ތަޖުރިބާހުރި އިނގިރޭސިވިލާތުގެ ސީއޭގެ ދިރާސާއެއް ހަދައި އެ ހިދުމަތް ދޭނީ އޭގައި ބުނާ މިންގަނޑުތަކަށް ކަމަށް
-
ކުރިއަށް އޮތް ދެ ހަފްތާތެރޭގައި ފިނޭންސް މިނިސްޓްރީން ނިންމަންޖެހޭ ކަންކަން ނިންމާނެ
-
އެއާއެކު އެ ހިދުމަތް ދޭން ޝައުގުވެރިވާ ފަރާތްތަކށް ފުރުސަތު ހުޅުވާލާނެ