ރައްޔިތުންގެ މަޖިލީހުގެ 20 ވަނަ ދައުރަށް އިންތިހާބުވި މެމްބަރުންނަށް ބޭއްވި އިންޑަކްޝަން ޕްރޮގްރާމްގައި އިންތިހާބީ މެންބަރުން (ފޮޓޯ/މަޖިލިސް)

ާަަަަަާަަަައާ މަޖިލިސް ހުވާކުރަން ބާއްވާ ރަސްމިއްޔާތު މާދަމާ ހެނދުނު 9 ޖަހާއިރު

އާ މަޖިލީހުގައި ވެރިކަން ކުރާ ޕީއެންސީގެ ސުޕަމެޖޯރިޓީ އޮންނާނެ

ވިހި ވަނަ ރައްޔިތުންގެ މަޖިލީހަށް އިންތިހާބުވި މެންބަރުން ހުވާކުރަން ބާއްވާ ރަސްމިއްޔާތު މާދަމާ ހެނދުނު 9 ޖަހާއިރު ބާއްވަން މަޖިލީހުގެ އިދާރާއިން ތާވަލްކޮށްފި އެވެ. 

ވީ ކިހިނެއް؟ - ރައްޔިތުންގެ މަޖިލީހުގެ އިދާރާއިން މިއަދު ބުނީ އާ މަޖިލީހުގެ މެންބަރުން ހުވާކުރާރަސްމިއްޔާތު ބާއްވާނީ މާދަމާ ހެނދުނު 9 ޖަހާއިރު މަޖިލީހުގެ އިދާރާގައި ކަމަށެވެ. 

ތަފްސީލް - އެ ރަސްމިއްޔާތަަށް ފަހު މަޖިލީހުގެ މި ދައުރުގެ ރައީސާއި ނައިބު ރައީސުން އިންތިހާބުކުރަން ބާއްވާ ޖަލްސާ ބާއްވާނެ ކަމަށް ވެސް މަޖިލީހުގެ އިދާރާއިން ބުންޏެވެ. އެ ޖަލްސާ ފެށޭނީ ހެނދުނު 10:15ގަ އެވެ.

މަޖިލީހުގެ އިދާރާއިން އިތުރަށް ބުނީ: 

  • އެ ޖަލްސާގެ ރިޔާސަތު ބަލަހައްޓަވާނީ މީދޫ ދާއިރާގެ މެންބަރު އަހްމަދު ސިޔާމް މުހައްމަދު

  • ހުވާ ކުރުމުގެ ރަސްމިއްޔާތާއި ޖަލްސާ ޓީވީތަކުން ލައިވްކުރާނެ އަދި މަޖިލީސް ޔޫޓިއުބުން ވެސް ލައިވްކުރާނެ

މި މަޖިލީހަށް އަމިއްލަ ގޮތުން ވާދަކޮށް އިންތިހާބުވެފައިވާ ނުވަ މެންބަރުން ވަނީ ޕީއެންސީއަށް ސޮއިކުރައްވައިފަ އެވެ. އެއާ އެކު އާ މަޖިލީހުގައި ޕީއެންސީގެ 75 މެންބަރުން ތިއްބަވާނެ އެވެ.

  • ޖުމްހޫރީ ޕާޓީ، އެމްޑީއޭ އަދި އެމްއެންޕީގެ ގޮނޑިތަކާ އެކު، ސަރުކާރަށް ތާއީދު ކުރާ މެންބަރުންގެ އަދަދު 79 އަށް އަރާނެ

  • މަޖިީލީހުގެ ޖުމްލަ މެންބަރުންގެ އަދަދަކީ، 93 އެއް ކަމަށްވާ އިރު އާ މަޖިލީހުގައި ސަރުކާރަށް ސުޕަމެޖޯރިޓީ ލިބޭނެ؛ އެއީ ގާނޫނު އަސާސީއަށް ބަދަލު ގެނެވޭނެ އަދަދު

އެނގުން މުހިންމު - މިދިޔަ ބުދަދުވަހު މުލިއާގޭގައި ބޭއްވި ޕީއެންސީގެ ޕާލިމެންޓްރީ ގްރޫޕުގެ ބައްދަލުވުމުގައި އާ މަޖިލީހުގެ ރައީސްގެ މަގާމަށް ރައީސް މުހައްމަދު މުއިއްޒު ވަނީ އަބްދުއްރަހީމްގެ ނަން ހުށަހަޅުއްވައިފަ އެވެ. އަދި ނައިބު ރައީސް ކަމަށް ދިއްގަރު ދާއިރާގެ އިންތިހާބީ މެންބަރު އަހުމަދު ނާޒިމްގެ ނަން ހުށަހަޅަން ވަނީ ނިންމައިފަ އެވެ. 

އިތުރު އާޓިކަލް

އިތުރު އާޓިކަލް