ޖިންސީ ގޯނާއާ ދެކޮޅަށް 29 ޖޫން 2020ގައި މާލޭގައި ބޭއްވި މުޒާހަރާއެއްގެ ތެރެއިން(ދައުރު ފޮޓޯ/ މާޝާ ނައީމް)

ރޭޕް

13 އަހަރު ކުއްޖާގެ ރޭޕް މައްސަލަ: ތުހުމަތުވާ މީހާ 30 ދުވަހަށް ބަންދުކޮށްފި

މީގެ އިތުރަށް އޭނާ ފިލައިގެން އުޅުމަށް އެހީވި 29 އަހަރުގެ ޒުވާނާގެ ބަންދު ވެސް ކޯޓުން މިއަދު ވަނީ ޖަހާފައި
25 މޭ 2024

އުތުރުގެ ރަށެއްގައި އުމުރުން 13 އަހަރުގެ ކުއްޖަކަށް މަސްތުވާތަކެތި ދީ ރޭޕްކުރި މައްސަލައިގައި ހައްޔަރުކުރި މީހާ 30 ދުވަހަށް ބަންދުގައި ބެހެއްޓުމަށް ކޯޓުން މިއަދު އަމުރުނެރެފި އެވެ.

ވީ ކިހިނެއް؟ - ތުހުމަތުގައި އޭނާ ހޯދަން ފެށުމުން ފިލައިގެން އުޅެނިކޮށް ހައްޔަރުކުރި އެ މީހާއާ ގުޅޭ ގޮތުން ފުލުހުން މިއަދު މީޑިއާތަކަށް ފޮނުވި މެސެޖެއްގައި ބުނީ އޭނާގެ ބަންދާ މެދު ގޮތެއް ނިންމުމަށް ކޯޓަށް ހާޒިރުކުރުމުން އޭނާ 30 ދުވަހަށް ބަންދު ކުރުމަށް ކޯޓުން މިއަދު އަމުރުކޮށްފައިވާ ކަމަށެވެ. 

ތަފްސީލް - މީގެ އިތުރަށް އޭނާ ފިލައިގެން އުޅެން އެހީތެރިވި ކަމުގެ ތުހުމަތުގައި ހައްޔަރުކުރި 29 އަހަރުގެ މީހާ 11 ދުވަހަށް ބަންދު ކުރުމަށް ކޯޓުން އަމުރުނެރެފައިވާ ކަމަށް ވެސް ފުލުހުން ބުންޏެވެ. 

އިތުރު އާޓިކަލް

އިތުރު އާޓިކަލް