އެމްއެމްޕީއާރްސީގެ ޑެޕިއުޓީ އެމްޑީ ބައްސާމް އާދަމް. މިއަދުން ފެށިގެން އެކުންފުނި ވަގުތީ ގޮތުން ހިންގުން ވަނީ ބައްސާމް އާ ހަވާލުކޮށްފަ (ދައުރު ފޮޓޯ/ހުސެން ސުނޭން)

އެމްއެމްޕީއާރްސީ ހިންގުން ވަގުތީ ގޮތުން ޑީއެމްޑީ ބައްސާމާ ހަވާލުކޮށްފި

އެކުންފުނި ހިންގުން ވަގުތީ ގޮތުން ބައްސާމާ ހަވާލުކުރި އިރު އެކުންފުނީގެ އެމްޑީގެ މަގާމުގައި ހުރި ފާތުމަތު ތައުފީގް (ކުޑީ) ވަނީ އިއްޔެ އެ މަގާމުން ވަކިކޮށް

އެމްއެމްޕީއާރްސީ ވަގުތީ ގޮތުން ހިންގުން އެކުންފުނީގެ ޑެޕިއުޓީ މެނޭޖިން ޑިރެކްޓަރު މުހައްމަދު ބައްސާމު އާދަމްއާ މިއަދު ހަވާލުކޮށްފި އެވެ.

ވީ ކިހިނެއް؟ - އެކުންފުނީގެ ހިންގުން ވަގުތީގޮތުން މިއަދުން ފެށިގެން ވަގުތީ ގޮތުން ބައްސާމާ ހަވާލުކޮށްފައިވާކަން ޕީސީބީ އިން މިއަދު އެބޯޑުގެ "އެކްސް" ގައި ވަނީ އިއުލާނުކޮށްފަ އެވެ.

އެނގުން މުހިންމު - ބައްސާމް އެ ކުންފުނީގެ އަންހެން މުވައްޒަފަކަށް ޖިންސީ ފުރައްސާރަ ކުރިކަމުގެ ތުހުމަތުގައި މީގެކުރިން ސަސްޕެންޑު ވެސް ކުރި އެވެ. ނަމަވެސް އެ މައްސަލަ ބެލުމަށް ފަހު އޭނާ ފަހުން ވަނީ އަލުން ވަޒީފާއަށް ނެރެފަ އެވެ. 

ތަފްސީލް - އެމްއެމްޕީއާރްސީގެ އެމްޑީގެ މަގާމުގައި ހުރި ފާތިމަތު ތައުފީގް (ކުޑީ)ވަނީ އިއްޔެ އެ މަގާމުން ވަކިކޮށްފަ އެވެ. އޭރު އެ ކުންފުނީގެ ހިންގުން ބޮއްސުންލާފައިވާކަމުގެ އަޑުތައް ވަނީ ފެތުރިފަ އެވެ.

އޭގެކުރިން މިިދިޔަ އަންގާރަ ދުވަހު އެކުންފުނީގެ ޗެއާމަން ނޫރައިން ޖަނާހުވަނީ މަގާމުން އިސްތިއުފާ ދެއްވާފަ އެވެ. އަދި އެކުންފުނީގެ ބޯޑުގައި ޓޫރިޒަމް ދާއިރާގެ ޖަމްއިއްޔާ މަޓީ ތަމްސީލު ކުރައްވާ ރާފިލް މުހައްމަދު ވެސް މިދިޔަ މަހުު ވަނީ ބޯޑުން އިސްތިއުފާ ދެއްވައިފަ އެވެ.

އެބޭފުޅުން އިސްތިއުފާ ދެއްވީ ކުންފުނި ހިނގާ ގޮތާ މެދު ވަރަށް ބޮޑަށް ހިތްހަމަ ނުޖެހިގެންނެވެ. 

އިތުރު އާޓިކަލް

އިތުރު އާޓިކަލް