ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމް. (ދައުރު ފޮޓޯ/އިބްރާހިމް އިފާޒް)

މައުމޫނަށް އުުފަލުގެ ދުވަހެއް؛ އިނގިރޭސި ފުޓްބޯޅަ ބައްލަވާތާ 62 އަހަރު

ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމަކީ، ބައެއް މީހުން ގަބޫލުކުރާ ގޮތުގައި ދިވެހި ކުޅިވަރުގެ ބާނީއެކެވެ. އެމަނިކުފާނު ފާހަގަކުރެވެނީ ކުޅިވަރަށް ލޯބިކުރައްވާ އަދި ވަރަށް ބޮޑު އިސްކަމެއް ދެއްވާ ބޭފުޅެއްގެ ގޮތުގަ އެވެ. ވަކިން ހާއްސަކޮށް ކްރިކެޓާއި ފުޓުބޯޅައަށެވެ.

ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމަކީ، ބައެއް މީހުން ގަބޫލުކުރާ ގޮތުގައި ދިވެހި ކުޅިވަރުގެ ބާނީއެކެވެ. އެމަނިކުފާނު ފާހަގަކުރެވެނީ ކުޅިވަރަށް ލޯބިކުރައްވާ އަދި ވަރަށް ބޮޑު އިސްކަމެއް ދެއްވާ ބޭފުޅެއްގެ ގޮތުގަ އެވެ. ވަކިން ހާއްސަކޮށް ކްރިކެޓާއި ފުޓުބޯޅައަށެވެ.

އެމަނިކުފާނު ވިދާޅުވާ ގޮތުން ނަމަ، ކްރިކެޓަކީ އެންމެ ބައްލަވާ ހިތްނުވާ އެހެން ނަމަވެސް އެންމެ ކުޅޭ ހިތްވާ ކުޅިވަރެވެ. އަދި އެންމެ ކުޅޭ ހިތްނުވާ އެހެން ނަމަވެސް އެންމެ ބައްލަވާ ހިތްވާ ކުޅިވަރަކީ ފުޓްބޯޅަ އެވެ.

މައުމޫންގެ ހިތްޕުޅުގައި ފުޓްބޯޅައަށް އޮތް ލޯބި، ދޭތެރެދޭތެރެއިން 'އެކްސް'އަށް ދޫކޮށްލަވާ ޕޯސްޓުތަކުން ވެސް އެނގެ އެވެ. ދިވެހި ގައުމީ ޓީމުގެ މެޗުތައް ގަވާއިދުން ބައްލަވަ އެވެ. ކާމިޔާބާއި ނާކާމިޔާބީގައި ވެސް ހުންނަވަނީ ގައުމީ ޓީމާއި އެކުގަ އެވެ.

ދިވެހި ފުޓުބޯޅައިގެ އިތުރުން ބޭރު ފުޓުބޯޅައަށް މައުމޫން ހާއްސަ އިސްކަމެއް ދެއްވަ އެވެ. ބޭރު ކުޅުންތެރިންގެ ނަންތައް ނުބައިކޮށް ލިޔާތީ ހިތްޕުޅާވަޑައިނުގެން، ނަންތައް ކިޔަންވީ ނުވަތަ ލިޔަންވީ ގޮތް އެކްސް މެދުވެރިކުރައްވައި ވިދާޅުވެދެއްވަ އެވެ. ބޭރުގެ ބޮޑެތި މުބާރާތްތައް ފެށެން ކައިރިވުމުން އެކަމަށް އިލްތިމާސް ވެސް ކުރައްވަ އެވެ.

މިއަދު އެމަނިކުފާނު 'އެކްސް'އަށް ދޫކޮށްލެއްވީ ފުޓުބޯޅައަށް ލޯބިކުރައްވާ މިންވަރު ހާމަވާ ޕޯސްޓެކެވެ.

"މިފަހުން ނިމިދިޔަ އިންގްލިޝް ޕްރިމިއާ ލީގަކީ އަޅުގަނޑު މެދުކެނޑުމެއްނެތި ބެލި 62 ވަނަ އިނގިރޭސި ފުޓުބޯޅަ ލީގު. މިއީ ބޮޑު އުފަލެއް،" އެމަނިކުފާނު ލިޔުއްވި އެވެ. 

މައުމޫނަކީ އިނގިރޭސި ޕްރިމިއާ ލީގުގެ އެއް ވަނަ ޑިވިޝަންގައި ކުޅޭ ލިވަޕޫލްގެ ޒަމާންވީ ސަޕޯޓަރެކެވެ. ރާއްޖޭގައި ރަޖިސްޓްރީކޮށްގެން ހިންގާ ލިވަޕޫލް ސަޕޯޓާސް ކުލަބުގެ ސަޕޯޓަރުންގެ ޖަމްއިއްޔާގެ ބައެއް ހަރަކާތްތަކުގައި ވެސް ބައިވެރިވެވަޑައިގަންނަވަ އެވެ. އަދި މައުމޫނަކީ ސަޕޯޓަރުންގެ ގުރޫޕުގައި ވެސް އެކްޓިވްކޮށް އުޅުއްވާ ބޭފުޅެކެވެ.

ރައީސް މައުމޫން ލިވަޕޫލް ސަޕޯޓާސް ކުލަބުން ބޭއްވި ހަރަކާތެއްގައި.

އިނގިރޭސި ޕްރިމިއާ ލީގު ބާއްވަން ފެށީ 1992 ގައެވެ. އޭގެ ކުރިން އިނގިރޭސި ފުރަތަމަ ޑިވިޝަނުގެ ފުޓުބޯޅަ ލީގުގެ ގޮތުގައި ބޭއްވީ 'ފުޓްބޯލް ލީގު ފަސްޓް ޑިވިޝަން' އެވެ.

ކޮމެންޓް (1)

ފާތިމަތި އުފާ

22 މޭ 2024
އުފަލެއް ނޫން ވާންވީ ލަދު ގަންނަންވީ، ދިވެހިން ބަނޑަށް ތިބިއިރުވެސް މުލިއާގެއަށް ދައުލަތް ކަހާލައިގެން ކެއީ، ތިއީވެސް އެކަމުގެ އަލިގަދަ ހެތްކެއް
0 1

އިތުރު އާޓިކަލް

އިތުރު އާޓިކަލް