ވެމްކޯހެ މުވައްޒަފުން ކުނި ނެގުމުގައި ހަރަކާތްތެރިވަނީ

މާލެ އިން ކުނި އުކާލާ އާންމު އުޅަނދުތަކުން ނަގާ ފީ އަނެއްކާ ވެސް ކުޑަކޮށްފި

ދެން ކުނި ޓަނަކުން ނަގާނީ 500ރ.ގެ ފީއެއް؛ އަަދި އަމިއްލައަށް ކުނި އުކާލާ އާންމުންނަށް ގޭޓް ފީ ވެސް އުވާލި

މާލެ ސަރަހައްދުން ކުނި އުކާލާ އާއްމު މީހުންގެ އުޅަނދުތަކުން ނަގާ ފީ އަނެއްކާ ވެސް ކުޑަކޮށް ގޭޓް ފީ އުވާލައިފި އެވެ.

ވީ ކިހިނެއް؟ - ވޭސްޓް މެނޭޖްމަންޓް ކޯޕަރޭޝަން (ވެމްކޯ) އިން މިއަދު ކުރި އިއުލާނެއްގައި ބުނީ މިދިޔަ އަންގާރަ ދުވަހުން ފެށިގެން ކުނި ގެންދާ އާއްމު އުޅަނދުގެ ޓަނަކުން ނަގަމުން އަންނަ ޓިޕިން ފީ 500ރ. އަށް ކުޑަކޮށްފައިވާ ކަމަށެވެ.

ތަފްސީލް - އަންގާރަ ދުވަހުން ފެށިގެން ކުނި ޓަނަކަށް ނަގާ ފީ 500ރ. ކުޑަކުރި އިރު މިދިޔަ މަހު ވެސް ވަނީ އެ ފީ ކުޑަކޮށްފަ އެވެ. އޭރު ނިންމީ ކުނި ޓަނަކަށް 750ރ. ނެގުމަށެވެ.

ވެމްކޯގެ އިއުލާނުގައި އިތުރަށް ބުނީ: 

  • ގޭޓް ފީގެ ގޮތުގައި ނަގަމުން އައި 150ރ. އަންގާރަ ދުވަހުން ފެށިގެން ނުނަގާނެ

  • ޓްރާންސްފާ ސްޓޭޝަންތަކުގައި ކުނީގެ ބަރުދަން ބެލުމުގެ އިންތިޒާމް ގާއިމް ކުރެވެންދެން ބަރުދަނަށް ނަގާ އަގު ނެގުން ހުއްޓާލުން

އިތުރު އާޓިކަލް

އިތުރު އާޓިކަލް