ސައުދީއަށް ކުރެއްވި ދަތުރުފުޅަށް ރައީސް މުހައްމަދު މުއިއްޒު ވަޑައިގަތުމުން އެއާޕޯޓުން މަރުހަބާ ދަންނަވަނީ (ފޮޓޯ: ރައީސް އޮފީސް)

އުމްރާ ދަތުރުފުޅު ނިންމާލެއްވުމަށް ފަހު ރައީސްގެ ދެކަނބަލުން މާލެ ވަޑައިގެންފި

ސައުދީ ރަސްގެފާނުގެ ހާއްސަ ދައުވަތަކަށް ރައީސް މުހައްމަދު މުއިއްޒުގެ ދެކަނބަލުން ސައުދީއަށް ވަޑައިގަތީ މި މަހު 10ގައި

ސައުދީ އަރަބިއާގެ ރަސްގެފާނު ސަލްމާން ބިން އަބްދުލް އަޒީޒުގެ ހާއްސަ ދައުވަތަކަށް ކުރެއްްވި އުމްރާ ދަތުރުފުޅު ނިންމާލެއްވުމަށް ފަހު ރައީސް މުހައްމަދު މުއިއްޒުގެ ދެކަނބަލުން މިއަދު މާލެ ވަޑައިގެންފި އެވެ.

ވީ ކިހިނެއް؟ - މި މަހު 10ގައި ރައީސް މުއިއްޒުގެ ދެކަނބަލުންނާއި ސަރުކާރުގެ އިސް ބައެއް ބޭފުޅުން އުމްރާއަށް ވަޑައިގެންނެވީ ސައުދީ ސަރުކާރުން ފޮނުވި ހާއްސަ މަތިންދާބޯޓުގަ އެވެ

ރައީސްގެ އަރިހުގައި މި ދަތުރުފުޅުގައި ވަޑައިގެންނެވީ؛

  • އިސްލާމިކް މިނިސްޓަރު ޑރ. މުހައްމަދު ޝަހީމް އަލީ ސައީދު

  • އިސްލާމީ މަރުކަޒުގެ އިސް އިމާމު މުހައްމަދު ލަތީފް

  • ރައީސް އޮފީހުގެ ޗީފް އޮފް ސްޓާފު އަބްދުﷲ ފަޔާޒު

  • ރައީސް އޮފީހުގެ މިނިސްޓަރު އަލީ އާރިފް

  • ރައީސް އޮފީހުގެ މިނިސްޓަރު އަބްދުﷲ ނާސިރު

އިތުރު އާޓިކަލް

އިތުރު އާޓިކަލް