ހުޅުމާލެ ފޭސް 1ގައި އަޅާފައިވާ ސޯޝަލް ހައުސިން ޔުނިޓުތަކެއް. (ފޮޓޯ/ އެޗްޑީސީ)

ހުޅުމާލެއިން މަރުވެފައި އޮތް މީހަކު ފެނިއްޖެ

ހުޅުމާލެ ފޭސް 1ގެ ސަހަރާ ކުރިމަތީ ޕާކުކޮށްފައި އޮތް ވެހިކަލަކުން ފެނުނު ބިދޭސީ މީހާ ހޮސްޕިޓަލަށް ގެންދިޔަ އިރު ވެސް އޮތީ މަރުވެފައި

ހުޅުމާލެެއިން މަރުވެފައި އޮތް ބިދޭސީއެއް ފެނިއްޖެ އެވެ.

ވީ ކިހިނެއް؟ - ފުލުހުން ދެންމެ ބުނީ ހުޅުމާލެ ފޭސް 1ގެ ސަހަރާ ކުރިމަތީގައި ޕާކުކޮށްފައި އޮތް ވެހިކަލެއްގައި ހަބަރު ހުސްވެފައި އޮތް މީހަކު ފެނިގެން ހުޅުމާލެ ހޮސްޕިޓަލަށް ގެންގޮސްފައިވާ ކަމަށެވެ.

އެމީހާ ހޮސްޕިޓަލަށް ގެންދިޔަ އިރު ވެސް މަރުވެފައިވާ ކަމަށް ހޮސްޕިޓަލުން ފުލުހުންނަށް މައުލޫމާތު ދީފައިވާ ކަމަށެވެ.

ފުލުހުން އިތުރަށް ބުނީ އެ މައްސަލަ ތަހުގީގު ކުރަމުން އަންނަ ކަމަށެވެ.

ހުޅުމާލެއިން މަރުވެފައި އޮތް މީހަކު ފެނުނުއިރު މިދިޔަ ހޯމަ ދުވަހު ބަނޑޭރިކޮށީގެ އެޕާޓްމަންޓަކުން ވެސް ވަނީ މަރުވެފައި އޮތް މީހަކު ފެނިފަ އެވެ. އެތަނުން ފެނިފައިވަނީ 30 އަހަރުގެ ދިވެހި ފިރިހެނެކެވެ.

ކޮމެންޓް (1)

ބަދާބެ

15 މޭ 2024
ގޮތްނޭގޭ މަރުތައް ގިނަވާންފަށައިފި ވﷲ އައުލަމް
0 0

އިތުރު އާޓިކަލް

އިތުރު އާޓިކަލް