ފަނޑިޔާރު ހުސްނުއްސުއޫދު: އޭނާ ވިދާޅުވީ އީޕީއޭގެ ގާބިލްކަން ބޮޑުކުރަން ޖެހޭ ކަމަށް

ގްރީން ޓެކްސްއަށް ލިބޭ ފައިސާ އީޕީއޭއަށް ދޭން ޖެހޭ ކަމަށް ފަނޑިޔާރު ހުސްނުއްސުއޫދު ވިދާޅުވެއްޖެ

އީޕީއޭއިން ކުރަން ޖެހޭ ކަންކަމަށް އެއީ މާލީ ގޮތުންނާއި ވަސީލަތްތަކުގެ ގޮތުން ފުދުންތެރި ތަނަކަށް ހަދަން ޖެހޭ ކަމަށް ސުއޫދުގެ ރައުޔުގައި ފާހަގަކުރެއްވި

ތަރައްގީގެ މަޝްރޫއުތައް ހިންގާއިރު، ތިމާވެއްޓަށް ކުރާ އަސަރު ދެނެގަނެ، ގެއްލުންވާ ނަމަ އެކަން ކުޑަކުރުމުގެ ފިޔަވަޅުތަކާއި ދިރުންތަކަށް އަންނަ ބަދަލުތައް ދިގު މުއްދަތަކަށް ބަލައި މޮނީޓާކުރުމުގެ ގާބިލްކަން ހޯދަން އެންވަޔަރަމެންޓަލް ޕްރޮޓެކްޝަން އެޖެންސީ (އީޕީއޭ)އަށް، ގްރީން ޓެކްސްގެ އާމްދަނީ ބޭނުންކުރަން ޖެހޭ ކަމަށް ފަނޑިޔާރު ހުސްނުއްސުއޫދު ވިދާޅުވެއްޖެ އެވެ.

ވީ ކިހިނެއް؟ - ފަނޑިޔާރު ސުއޫދު މިހެން ވިދާޅުވީ ގުޅީފަޅު ހިއްކުން ހުއްޓުވަން ހައި ކޯޓުން ނެރުނު ވަގުތީ އަމުރު ބާތިލުކޮށް ސުޕްރީމް ކޯޓުން މިއަދު އިއްވި ހުކުމުގައި ހިމެނޭ އޭނާގެ ރައުޔުގަ އެވެ.

ތަފްސީލް - ފަނޑިޔާރު ސުއޫދު ވިދާޅުވީ އީޕީއޭއިން ކުރަން ޖެހޭ ކަންކަން ކުރަން އެއީ މާލީ ގޮތުންނާއި ވަސީލަތްތަކުގެ ގޮތުން ވާޖިބު އަދާކުރެވޭ މިންވަރަށް ފުދުންތެރިކުރުވަން ޖެހޭ ތަނެއް ކަމަށެވެ.

"އެތަނަށް ބޭނުންވާ ގާނޫނީ މިނިވަންކަމާއި ބާރު ދިނުމަކީ ދައުލަތުން ކުރަން ޖެހޭ ކަމެއް ކަމަށް ދެކެމެވެ. މިގޮތުން، ދައުލަތުން ނަގާ ގްރީން ޓެކްސް މި އެޖެންސީ ރިސޯސްފުލް ކުރުމަށް ބޭނުންކުރަން ޖެހޭ ކަމަށް ވެސް ދެކެމެވެ،" ފަނޑިޔާރު ސުއޫދުގެ ރައުޔުގައިވެ އެވެ.

ފަނޑިޔާރު ސުއޫދު މިހެން ވިދާޅުވިއިރު ގްރީން ޓެކްސްގެ ގޮތުގައި ކޮންމެ އަހަރަކު ވެސް ބޮޑު އާމްދަނީއެއް ދައުލަތަށް ލިބެ އެވެ. އެގޮތުން މިދިޔަ އަހަރު ވެސް ގާތްގަނޑަކަށް ބިލިއަނެއްހާ ރުފިޔާ ގްރީން ޓެކްސްގެ ގޮތުގައި ދައުލަތުގެ އާމްދަނީއަށް ވަނެވެ. ނަމަވެސް ގްރީން ޓެކްސްއިން ވަކި ބައެއް އީޕީއޭއަށް ހާއްސަކޮށްފައެއް ނުވެ އެވެ.

ކޮމެންޓް (2)

ސަލާމްބައި

19 މޭ 2024
މީނަ ފަނޑިޔާރު ގެ ޒިންމާ އިން ބޭރުގެ ކަންތައް ކުރާތީވެ ފަނޑިޔާރުކަމުން ވަކި ކުރަންޖެހޭނެ
0 0

އަބުދޫ

18 މޭ 2024
މަރު ކޮމިސަން ރިޕޯޓް ހެދިގޮތަށް ރިޕޯޓް ހަދަން މޮޅުވާނެ.
0 0

އިތުރު އާޓިކަލް

އިތުރު އާޓިކަލް