15 މެއި 2024: ޓްރީ ޓޮޕް ހޮސްޕިޓަލްގެ އައިވީއެފް ޕްރޮގްރާމާ ބެހޭގޮތުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުން. (ފޮޓޯ/ޓްރީ ޓޮޕް)

ޓްރީޓޮޕުން އައިވީއެފް ހަދައިގެން ދެ ކުއްޖަކު ލިބިއްޖެ

ޓްރީ ޓޮޕްގައި އައިވީއެފް ހެދި ފުރަތަމަ ބެޗުގެ ތެރެއިން ފުރަތަމަ ކުއްޖާ ވިހެއީ މިދިޔަ އާދީއްތަ ދުވަހު އަދި ދެ ވަނަ ކުއްޖާ ވިހެއީ އިއްޔެ

ޓްރީޓޮޕް ހޮސްޕިޓަލުގައި މިދިޔަ އަހަރު ފެށި އައިވީއެފް ޕްރޮގްރާމެއް ފެށި ފަހުން. މިހާތަނަށް ދެ ކުއްޖަކު ވިހައިފި އެވެ.

ވީ ކިހިނެއް؟ - ޓްރީޓޮޕުން އައިވީއެފް ހެދި މީހުންގެ ތެރެއިން އެކަކު ވިހާފައި ވަނީ މި މިދިޔަ އާދީއްްތަ ދުވަހު އެވެ. އަދި ދެ ވަނަ މީހާ ވިހާފައި ވަނީ އިއްޔެ އެވެ.

ތަފްސީލް - މިކަމާ ގުޅޭ ގޮތުން 'ދައުރު' އާ ވާހަކަ ދައްކަވަމުން އެ ހޮސްޕިޓަލުގެ ސީއީއޯ އާދިލް މޫސާ ވިދާޅުވީ އެ ދެ ކުދިންނަކީ އެ ހޮސްޕިޓަލުގައި ފުރަތަމަ ބެޗުގައި އައިވީއެފް ހެދި މީހުންގެ ތެރެއިން ލިބުނު ދެ ކުދިން ކަމަށެވެ.

  • ޓްރީޓޮޕްގެ ފުރަތަމަ ބެޗު އައިވީއެފް ހެދީ ޖުލައި މަހު

  • އެ ބެޗުގެ އަދި ތިން މީހުން ނުވިހާ އެބަ ތިބި

  • ޖުމްލަ ތިން ބެޗުގެ އައިވީއެފް މިހާރު ހަދައިފި

އާދިލް ވިދާޅުވީ އައިވީއެފް ހަދައިގެން ވިހެއި އެ ދެ ކުދިންނާއި މަންމަމެންގެ ހާލު ވެސް ރަނގަޅު ކަމަށެވެ. އަދި އައިވީއެފް ހަދައިގެން ބަލިވެއިން މީހުންގެ ތެރޭގައި ރާއްޖޭން ބޭރުން އެތައް ފަހަރަކު އައިވީއެފް އާއި އައިޔޫއައި ހަދައި ކާމިޔާބުނުވެ ތިބި މީހުން ތިބި ކަމަށް ވެސް އާދިލް ފާހަގަ ކުރެއްވި އެވެ.

ޓްރީޓޮޕުން ފާހަގަކުރި ގޮތުގައި ދަރިމައިވުމުގެ މައްސަލަތަކަށް ރާއްޖެއިން ލިބެން ހުރީ ލިމިޓެޑް ފަރުވާތަކެކެވެ. އެކަމާ ގުޅޭގޮތުން ޓްރީޓޮޕްގެ ފާޓިލިޓީ ސެންޓަރުގެ ހެޑް ޑރ. އަނީތާ ގޯރް ވިދާޅުވީ އެ ހޮސްޕިޓަލުން ކާމިޔާބުކަމާއެކީ އައިވީއެފް ހަދައި ކުއްޖަކު ވިހެއުމަކީ ރާއްޖޭގައި ދަރިމައިވުމާ ގުޅޭ ފަރުވާއަށް ލިބުނު ބޮޑު ކުރިއެރުމެއް ކަމަށެވެ.

"މީގެކުރިން އައިވީއެފް ހަދަން ބޭނުންވާ މީހުން އެހެން ގައުމުތަކަށް ގޮސް ބޮޑު ހަރަދެއްކުރަންޖެހި ވަރަށް ބޮޑު ސްޓްރެސްއަކާ އެބަޖެހޭ ކުރިމަތިލާން، އެކަމަކު މި ހޮސްޕިޓަލުން އައިވީއެފް ކާމިޔާބުކަމާ އެކު ހަދަންފެށުމަކީ ދިވެހިންނަށް ލިބުނު ވަރަށް ބޮޑު ފަށޭހައެއް،" ޑރ. އަނީތާ ވިދާޅުވި އެވެ.

  • އައިޔޫއައި ހަދަން ކުރަންޖެހޭ ހުރިހާ އާސައިންދައިގެ ދަށުން ކުރެވޭ

  • އެ ހޮސްޕިޓަލުން ބުނީ ޓްރީޓޮޕްގެ މި ހިދުމަތާއެކު ހެޔޮ އަގެއްގައި ހުރެގެން އައިވީއެފް ހެދި ދަރިމައިވުމުގައި މައްސަލަ ހުންނަ މީހުންނަށް ދަރިން ހޯދަން ފަސޭހަވެގެންދާނެ

އިތުރު އާޓިކަލް

އިތުރު އާޓިކަލް