ރާއްޖެ އައި ފަތުރުވެރިންގެ ބަޔަކު ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުގައި. ލަފާކުރި ވަރަށް ވުރެ ރާއްޖެ އައި ފަތުރުވެރިންގެ އަދަދު ވެސް އިތުރު (ދައުރު ފޮޓޯ/އަޒްމީ)
މިދިޔަ މަހު މީރާއަށް 2.1 ބިލިއަން ރުފިޔާގެ އާމްދަނީއެއް، މިއީ ކުރީ އަހަރަށް ވުރެ %13 މަތީ އަދަދެއް
މޯލްޑިވްސް އިންލެންޑް ރެވެނިއު އޮތޯރިޓީ (މީރާ) އަށް އާމްދަނީގެ ގޮތުގައި މިދިޔަ މަހު 2.1 ބިލިއަން ރުފިޔާ ލިބިއްޖެ އެވެ.
ވީ ކިހިނެއް؟ - މިރާގެ ތަފާސްހިސާބުތަކުން ދައްކާ ގޮތުގައި އެއީ މިދިޔަ އަހަރުގެ އެ މުއްދަތާ އަޅާބަލާއިރު %13.6 އިތުރު އަދަދެކެވެ.
ތަފްސީލް - މީރާއިން ކުރި ލަފާކޮށްފައި އޮތް މިންވަރަށް ވުރެ މިދިއަ މަހުގެ ދައުލަތު އާމްދަނީ ވަނީ %4.8 އިތުރުވެފަ އެވެ.
އެހެން ތަފުސީލުތަކަށް ބަލާއިރު:
-
މިދިޔަ މަހު ލިބުނު އާމްދަނީ އިތުރުވީ ޖީއެސްޓީ އާއި އެއާޕޯޓް ޑިވެލޮޕްމަންޓް ޓެކްސްތަކާއި ފީތައް އަދި ގްރީން ޓެކްސްއިން ވެސް އާމްދަނީ ބޮޑުވެގެން
-
ލަފާކުރި ވަރަށް ވުރެ ރާއްޖެ އައި ފަތުރުވެރިންގެ އަދަދު ގިނަ
-
ޓީޖީއެސްޓީގެ ގޮތުގައި ވެސް ފޯކާސްޓު ކުރިވަރަށް ވުރެ ބޮޑު އާމްދަނީއެއް
-
ޕްލާސްޓިކް ކޮތަޅުން ނަގާ ފީން 4 މިލިއަން ރުފިޔާ
-
މިދިޔަ މަހު ޑޮލަރުން ލިބުނު އާމްދަނީ އަކީ 91.87 މިލިއަން