ފޮރިން މިނިސްޓަރު މޫސާ ޒަމީރު، ގަތަރުގެ ބޮޑުވަޒީރު އަދި އެ ގައުމުގެ ފޮރިން މިނިސްޓަރު މުހައްމަދު ބިން އަބްދުއްރަހްމާން އަލް ތާނީއާ ބައްދަލުކުރައްވަނީ (ފޮޓޯ: ފޮރިން މިނިސްޓްރީ)

ފޮރިން މިނިސްޓަރު ޒަމީރު ގަތަރުގެ ބޮޑުވަޒީރާ ބައްދަލުކުރައްވައިފި

މި ބައްދަލުވުމުގައި ޒަމީރު ވަނީ ރާއްޖޭގެ އިގްތިސޯދަށް ގަތަރުން ފޯރުކޮށްދޭ އެހީތެރިކަމަށް ޝުކުރު އަދާކުރައްވާފައި

ފޮރިން މިނިސްޓަރު މޫސާ ޒަމީރު ގަތަރުގެ ބޮޑުވަޒީރު އަދި އެ ގައުމުގެ ފޮރިން މިނިސްޓަރު މުހައްމަދު ބިން އަބްދުއްރަހްމާން އަލް ތާނީއާ ބައްދަލުކުރައްވާ ދެ ގައުމުގެ ގުޅުން އިތުރަށް ބަދަހިކުރުމާ ގުޅޭ ގޮތުން މިއަދު މަޝްވަރާކުރައްވަައިފި އެވެ.

ވީ ކިހިނެއް؟ - ރަސްމީ ދަތުރެއްގައި ޒަމީރު ގަތަރަށް ވަޑައިގަތީ މިއަދެވެ. މިއީ މި ސަރުކާރުގެ ފޮރިން މިނިސްޓަރު ގަތަރަށް ކުރެއްވި ފުރަތަމަ ދަތުރު ވެސް މެ އެވެ.

ތަފްސީލް - މި ބައްދަލުވުމުގައި ޒަމީރު ވަނީ ރާއްޖޭގެ އިގްތިސޯދަށް ގަތަރުން ފޯރުކޮށްދޭ އެހީތެރިކަމަށް ޝުކުރު އަދާކުރައްވައިފަ އެވެ.

އެ ބައްދަލުވުމާ ގުޅޭ ގޮތުން ފޮރިން މިނިސްޓްރީން ބުނީ ދުނިޔޭގެ ކަންބޮޑުވުން ހުރި ކަންކަމާ ގުޅޭ ފޯރަމްތަކުގައި މަޝްވަރާކޮށްގެން ކަންކަަން ހައްލުކުރުމާ މެދު ވެސް ދެ ގައުމުގެ ފޮރިން މިނިސްޓަރުން މަޝްވަރާކުރެއްވި ކަމަށެވެެ.

އޭގެ އިތުރުން އިޒްރޭލުން ގާޒާގައި ދެމުންދާ ހަމަލާތަކާ ގުޅިގެން ގާޒާއަށް ގަތަރުން ދޭ އެއްބާރުލުމާއި އެހީތެރިކަމުގެ އަގު ރާއްޖޭގެ ފަރާތުން ޒަމީރު ވަޒަންކުރެއްވި ކަމަށް ވެސް މިނިސްޓްރީން ބުންޏެވެ.


އިތުރު އާޓިކަލް

އިތުރު އާޓިކަލް