ވިލިމާލެ މަގުތައް އެއްވަރުކޮށް މަރާމާތު ކުރުމުގެ މަސައްކަތް މާލޭ ސިޓީ ކައުންސިލްގެ މުވައްޒަފުން ކުރަނީ. ފޮޓޯ: މާލޭ ސިޓީ ކައުންސިލް

ވިލިމާލޭގެ މަގުތައް މަރާމާތުކުރުމުގެ މަސައްކަތް ފަށައިފި

ސިޓީ ކައުންސިލުން ކުރިއަށް ގެންދާ މި މަޝްރޫއުގައި ހަލާކުވެފައި ހުރި މަގުތައް އެއްވަރުކޮށް އަލުން ގާ އަތުރާނެ

ވިލިމާލޭގައި ގަހުގެ މޫތައް އަރައިގެން ހަލާކުވެފައިވާ ޕޭވްމަންޓްތަކާއި ހަލާކުވެފައި ހުރި މަގުތަކުގައި ގާތައް އެއްވަރުކޮށް، މަގުތައް މަރާމާތު ކުރުމުގެ މަސައްކަތް ސިޓީ ކައުންސިލުން ފަށައިފި އެވެ.

ވީ ކިހިނެއް؟ - ވިލިމާލޭގެ މަގުތަކުގެ ގާތަކުގެ ތަރުތީބު ގެއްލި މަގުތައް ހަލާކުވަމުން އަންނަތާ ދުވަސްތަކެެއް ވަނީ ވެފަ އެވެ.

ތަފްސީލް: - މިކަމާ ގުޅޭގޮތުން މާލޭ ސިޓީ ކައުންސިލުން ބުނީ އެކައުންސިލްގެ އާންމު ހިދުމަތްތަކާ ބެހޭ ބައިން އިސްނަގައިގެން ވިލިމާލޭ މަގުތައް މަރާމާތުކުރަން ފަށާފައިވާ ކަމަށެވެ.

  • އެ މަސައްކަތް ކުރަނީ ސިޓީ ކައުންސިލްގެ މުވައްޒަފުން

  • ބޭނުންކުރަނީ ސިޓީ ކައުންސިލްގައި މިހާރު ހުރި ގާ

  • އެހެންވީމާ އިތުރު ހަރަދެއް މިކަމަކަށް ނުހިނގާ

  • މަގުތައް މަރާމާތު ކުރުމުގެ އިތުރުން ގޮނޑުވެފައި ހުރި ހުސް ބިންތައް ވެސް އަންނަނީ ސާފުކުރަމުން

ވިލިމާލެ މަގުތައް އަލުން ހެދުމުގެ ބޮޑު މަޝްރޫއެއް ސަރުކާރުން ވަނީ އާރުޑީސީ އާ ހަވާލުކޮށްފަ އެވެ. އެ މަޝްރޫއުގައި އެ މަސައްކަތް ފެށުމުގެ ކުރިން ހަދަންޖެހޭ ސާވޭހަދައި، މަޝްރޫއުގެ ސަބަބުން ތިމާވެއްޓަށް ކުރާނެ އަސަރު ދެނެގަތުމަށް އެންވަޔަރަމެންޓަލް އިމްޕެކްޓް އެސެސްމެންޓް (އީއައިއޭ) ހަދަން ވެސް ވަނީ ނިންމައިފަ އެވެ.

އެ ޕްރޮޖެކްޓްގެ ދަށުން ވިލިމާލޭގެ މަގުތައް ހަދާނެ ގޮތުގެ ތަފްސީލު މިހާތަނަށް ސަރުކާރުން ހާމަކޮށްފައެއް ނުވެ އެވެ.

އިތުރު އާޓިކަލް

އިތުރު އާޓިކަލް