އިއްޒުއްދީން ފާލަން އަލުން މަރާމާތުކުރުމުގެ މަޝްރޫއު ފެށުމަށް އެ ސަރަހައްދު ބަންދުކޮށްފައި

އެމްޓީސީސީ

11 މިލިއަން ރުފިޔާ ހަރަދުކޮށްގެން ރަސްމީ ފާލަން އަލުން ހަދަނީ

މިއީ ރާއްޖޭގެ މިނިވަންކަމުގެ ރަން ޔޫބީލްއާ ގުޅުވައިގެން 2015ގައި އެމްޓީސީސީން ހެދި ތަނެއް؛ އެ ފާލަން އެންމެ ފަހުން މަރާމާތުކުރީ 2017ގައި

މާލޭ ރަސްމީ ފާލަން ނުވަތަ 'އިއްޒުއްދީން ޖެޓީ' ބާވެ، ހަލާކުވަމުން ދާތީ އެތަނުގެ ޑިޒައިން ބަދަލުކޮށް ގާތްގަނޑަކަށް 12 މިލިއަން ރުފިޔާ ހަރަދުކޮށްގެން އެތަން މަރާމާތުކުރަން އެމްޓީސީސީން ތައްޔާރުވެއްޖެ އެވެ.

ވީ ކިހިނެއް؟ - މާލޭގެ މޫނު މަތީގެ ގޮތުގައި ބަލާ އަދި ދުވާލަކު އެތައް ސަތޭކަ ބަޔަކު ބޭނުންކުރަމުން އަންނަ ފާލަމުގެ މަރާމާތަށް އެތަން މިހާރު ވަނީ ބަންދު ވެސް ކޮށްފަ އެވެ. 

ފާލަން ބަންދުކޮށް ކޮންސްޓްރަކްޝަން މިނިސްޓްރީން އެތަނުގައި ހަރުކޮށްފައިވާ ޕޯސްޓަރެއްގައި ވާ ގޮތުން:

  • ފާލަން މަރާމާތު ކުރަން 11.7 މިލިއަން ރުފިޔާ ހޭދަވޭ 

  • ފާލަމަށް ގެންނަ ބަދަލުގެ ކުރެހުމުގައިވާ ގޮތުން ދޯނީގެ ރިޔާ ސިފަވާ ގޮތަށް ހުރި ތިން ސަތަރި ފުރާޅުގެ ބަދަލުގައި ހުންނާނީ ކުރިއެކޭ ވެސް އެއްގޮތަށް އާދައިގެ ތިން ފުރާޅު

ތަފްސީލް: އެމްޓީސީސީގެ ސީއީއޯ އަބްދުﷲ ޒިޔާދު ވިދާޅުވީ ރަސްމީ ފާލަން މަރާމާތު ކުރުމުގެ މަސައްކަތް ވަރަށް އަވަހަށް ފަށާނެ ކަމަށެވެ. 

"އިއްޒުއްދީން ފާލަން މަރާމާތަށް ބަންދުކޮށްފައި މިހާރު އެހެރީ، ވަރަށް އަވަހަށް އެ މަސައްކަތް ފަށާނެ،" ޒިޔާދު ވިދާޅުވި އެވެ.

"އެތަނުގެ ހޮޅިތަކާއި އެއްޗެހީގައި ދަބަރުޖަހާ ބަދަލުކުރަން ޖެހިފައި ހުރީ."

އިއްޒުއްދީން ފާލަން މަރާމާތަށް ބަންދުކޮށް މަސައްކަތް ފަށަން ތައްޔާރުވަނީ  (ދައުރު ފޮޓޯ/މުހައްމަދު އަޒްމީ އަހްމަދު)

އެނގުން މުހިންމު - މިއީ ރާއްޖޭގެ މިނިވަންކަމުގެ ރަން ޔޫބީލް 2015ގައި ފާހަގަކުރި އިރު އޭރުގެ ޗީފް އޮފް ޑިފެންސް ފޯސް މޭޖާ ޖެނެރަލް އަހުމަދު ޝިޔާމްގެ ޑިޒައިނަަކަށް އެމްޓީސީސީން ހެދި ފާލަމެކެވެ.

އެ ފާލަން2017ގައި ވެސް ވަނީ މަރާމާތުކޮށްފަ އެވެ.

އިތުރު އާޓިކަލް

އިތުރު އާޓިކަލް