ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓު (ވީއައިއޭ)ގައި ޓެކްސީތައް ކިޔޫގައި: ޓެކްސީ ޑްރައިވަރުންނާ މެދު އާންމުންގެ ޝަކުވާ ބޮޑު

އެމްއޭސީއެލް

އެއާޕޯޓް ޓެކްސީ މެނޭޖްކުރާނެ ޕްލޭނެއް ތަންފީޒުކުރަން ފަށައިފި

މި ޕްލޭނަށް އަމަލުކުރަން ފަށައި ޓެކްސީ ތަކާއި ގުޅޭގޮތުން ލިބެމުން ދާ ޝަކުވާތައް އަންނަނީ ބަލައި ފިޔަވަޅު އަޅަމުން

ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުގައި ޓެކްސީ މެނޭޖްކުރާނެ ގޮތުގެ ޕްލޭނެއް ޓްރާންސްޕޯޓް މިނިސްޓްރީ އާއި ހޯމްލޭންޑް ސެކިއުރިޓީ އަދި އެމްއޭސީއެލް ގުޅިގެން އެކުލަވާލައި އެކަން ތަންފީޒުކުރަން ފަށައިފި އެވެ.

ވީ ކިހިނެއް؟ - އެއާޕޯޓް ޓެކްސީ ކިއޫގައި ދިމާވާ މައްސަލަތައް ދުވަހެއް ދުވަހަކަށް އިތުރުވަމުންދާތީ އެކަން ހައްލުކުރުމުގެ ޕްލޭން ތަންފީޒް ކުރަން ފަށާފައިވަނީ މިދިޔަ މަހުގެ 7ގައި ޓްރާންސްޕޯޓް މިނިސްޓްރީ އާއި އެމްއޭސީއެލް އަދި ފުލުހުން ގުޅިގެންނެވެ.

ތަފްސީލް- ޓްރާންސްޕޯޓް މިނިސްޓްރީން މިއަދު ބުނީ އެއާޕޯޓް ޓެކްސީ ކިއުއާ ގުޅޭ ގޮތުން ޝަކުވާ ހުށަހަޅަން ތައާރަފުކޮށްފައިވާ ކިއުއާރު ކޯޑް މެދުވެރިކޮށް ގިނަ އަދަދެއްގެ ޝަކުވާ ހުށަހަޅާފައިވާ ކަމަށެވެ. އަދި އެ ޝަކުވާތަކުގެ ތެރެއިން މައްސަލަ ބަލަން ބޭނުންވާ މައުލޫމާތު ލިބިފައިވާ މައްސަލަތައް ބަލައި ފިޔަވަޅު އަޅަން ޖެހޭ ފަރާތްތަކަށް ފިޔަވަޅު އަޅަން ފަށާއިފައިވާ ކަމަށް ވެސް އެ މިނިސްޓްރީން ބުންޏެވެ.

އޭގެ އިތުރުން:

  • މި މައްސަލަތައް ބަލަން މިހާރު ވަނީ ކޮމެޓީއެއް އެކުލަވާލާފައި

  • ޝަކުވާތަކާ ގުޅޭ މައްސަލަ ބަލަން ބޭނުންވާ މައުލޫމާތު ބައެއް ފަހަރު ނުލިބޭ

  • ޓެކްސީތަކާ ގުޅޭ ގޮތުން އެންމެ ގިނައިން ކުރާ ޝަކުވާތަކަކީ ވަކި މަންޒިލަކަށް ނޫނީ ދަތުރުކޮށްދޭން ބޭނުން ނުވުމާއި ދަތުރެއް ނެގުމަށް ފަހު އިތުރު ފަސިންޖަރުން ނެގުމާއި މިނިސްޓްރީން ކަނޑައަޅާފައިވާ އަގަށް ވުރެ ބޮޑު އަގު ނެގުން

  • ޓެކްސީކުރާ ބިދޭސީންނާ މެދު ހަރުކަށި ފިޔަވަޅު އަޅަން ވަނީ ނިންމާފައި

އެއާޕޯޓުން ޓެކްސީ ހޯދުމުގައި ދިމާވާ މައްސަލަތަކާ ގުޅޭ ޝަކުވާތައް ހުށަހަޅާ މިންވަރު ގިނަ އެެވެ. ޓްރާންސްޕޯޓް މިނިސްޓްރީން ބުނީ ޝަކުވާ ހުށަހަޅަން ތައާރަފުކޮށްފައިވާ ކިއުއާރު ކޯޑް މެދުވެރިކޮށް ލިބޭ ޝަކުވާތައް އިތުރުވަމުން އަންނަ ކަމަށެވެ.

ޓެކްސީތަކާ ގުޅޭ ގޮތުން އާންމުން ހުށަހަޅާ ޝަކުވާތައް ބަލަން ވަނީ ކޮމެޓީއެއް އެކުލަވާލައިފަ އެވެ.

ކޮމެންޓް (2)

މުހައްމަދު

8 މޭ 2024
ފިޔަވަޅުވެސް އަޅަނީ އަމާ ބުނީތީ ފަރައްދާ އުސޫލުން. ޓެކުސީ މީހަކީ ސިޔާސީ ބާރުފޯރުވައި ވަކި ފަރާތެއްނަމަ އެ ޓެކުސީއަކައް އެއްކަމެއްވެސް ކުރެވޭކަމަކައް ނުވޭ..ބިދޭސީ ޓެކުސީ ޑުރައިވަރަކީ ސިޔާސީ ބޭފުޅަކާ ގުޅުން އޮންނަނަމަ އަދި އެ ނޮރަހައްޕަން ކުރޭ.
0 0

ރައްޔިތު މީހާ

8 މޭ 2024
ސާބަހޭ ޓިކްޓޮކް އައިޝާ.. ގިނަ މީހުންނައް ހަޖަމް ނުވަނީ އައިޝާ ރިއަލް ފެކްޓްސް ގެ ވާހަކަ ދައްކާތީ. މި ކަންވެސްމީ ހަމަ ހައްދުން ނައްޓާފަ އޮތް ކަމެއް..
0 0

އިތުރު އާޓިކަލް

އިތުރު އާޓިކަލް