ހޯރަފުށީ ދާއިރާގެ މެމްބަރު އަހްމަދު ސަލީމް
އާބާދީ އިތުރުކުރަން އެލަވަންސެއް ދިނުމަށް ސަލީމް ގޮވާލައްވައިފި
ރާއްޖޭގެ އާބާދީ އިތުރުކުރަން، ސަރުކާެރުން އެލަވަންސެއް ތައާރަފްކުރަން ޖެހޭ ކަމަށް ހޯރަފުށީ ދާއިރާގެ މެންބަރު އަދި ރައްޔިތުންގެ މަޖިލީހުގެ ނާއިބު ރައީސް އަހްމަދު ސަލީމް ވިދާޅުވެއްޖެ އެވެ.
ވީ ކިހިނެއް؟ - ސަލީމް މިގޮތަށް ވިދާޅުވީ މަޖިލީހުގެ މިއަދުގެ ޖަލްސާގައި ވަޒީފާއާ ބެހޭ ގާނޫނަށް އިސްލާހު ގެނައުމަށް ބަހުސް ކުރައްވަމުންނެވެ. އައްޑޫ މީދޫ ދާއިރާގެ މެންބަރު ރޮޒައިނާ އާދަމް ހުށަހެޅުއްވި އެ އިސްލާހަކީ މަޖިލީހުގެ %33 އަންހެނުންނަށް ހާއްސަ ކުރުމަށް ގާނޫނު އަސާސީ އިސްލާހުކުރަން ހުށަހަޅާފައިވާ އިސްލާހެކެވެ.
ބުނީ ކީކޭ؟ - ސަލީމް ވިދާޅުވީ ދުރު މުސްތަގްބަލަށް ވިސްނާއިރު އިގްތިސޯދާ އެއްވަރަށް ރާއްޖޭގެ އާބާދީ އިތުރުވަމުން ނުދާ ކަމަށާއި އެއީ ކަންބޮޑުވާން ޖެހޭ މައްސަލައެއް ކަމަށެވެ.
"އާއިލާގެ ސައިޒް ކުޑަވަމުންދާ އެއް ސަބަބަކީ ދިރިއުޅުމުގެ ހަރަދު ބޮޑުވުން، މާލޭގައި ތޮއްޖެހުން، މާލޭގައި ދިރިއުޅޭނެ ގޮތެއް ނެތުން. މިކަންކަމުގެ ސަބަބުން އާއިލާގެ ސައިޒް ކުޑަވަމުންދާކަން އެއީ އަޅުގަނޑުމެން އެންމެން ދަންނަ ހަގީގަތެއް،" ސަލީމް ވިދާޅުވި އެވެ.
"އަޅުގަނޑު ގަބޫލުކުރަނީ މިހާރު ރާއްޖޭގައި މިއޮތީ ޔުނިވާސަލް ޗައިލްޑް ބެނެފިޓް އެލަވަންސް ތައާރަފް ކުރުމުގެ ވަގުތު އައިސްފައޭ،"
ސައްލެ އިތުރަށް ވިދާޅުވީ
-
އެކަނިވެރި މައިންނަށްދޭ އެލަވަންސް އަލުން އިސްލާހު ކުރަންޖެހޭ ކަމަށް
-
ދެމަފިރިންގެ ދިރިއުޅުމުގެ ހާލަތަށް ރިއާޔަތް ކުރުމަށް ފަހު ދަރިފުޅު ބަލަހައްޓަން އެލަވަންސެއް ލިބޭނެ މަގު ތަނަވަސްކޮށްދޭން ޖެހޭ ކަމަށް
-
އުމުރުން 14 އަހަރު ނުފުރޭ ކުދިން ނިސްބަތް 2014 ވަނަ އަހަރު ހުރީ %28ގައި އަދި 2022 ވަނަ އަހަރު އެ އަދަދު %26އަށް ދަށަށް ގޮސްފައިވޭ
"އެނޫން ގޮތަކަށް އަޅުގަނޑުމެންނަކަށް ނެތް ރާއްޖޭގެ އާބާދީ މަތިކުރެވޭކަށް."
ކޮމެންޓް (1)
ޢަޅެފަހެ