ކާށިދޫ ދާއިރާގެ މެމްބަރު އަބްދުﷲ ޖާބިރު މަޖިލީހުގެ ޖަލްސާއެއްގައި (ފޮޓޯ/ ރައްޔިތުންގެ މަޖިލީސް)

ޖާބިރުގެ އިސްތިއުފާ ސިޓީ މަޖިލީހުގެ އިދާރާއަށް ނުލިބޭ ކަމަށް ބުނެފި

ޖާބިރު ވިދާޅުވެފައި ވަނީ އިސްތިއުފާގެ ސިޓީ ލާފައިވަނީ މިދިޔަ ހުކުރު ދުވަހު؛ ނަމަވެސް މަޖިލީހުގެ އިދާރާއިން ބުނަނީ އިސްތިއުފާ ސިޓީ ނުލިބޭ ކަމަށް

ރައްޔިތުންގެ މަޖިލީހުގެ ކާށިދޫ ދާއިރާގެ މެންބަރު އަބްދުﷲ ޖާބިރުގެ އިސްތިއުފާ ސިޓީ ނުލިބޭ ކަމަށް އެ އިދާރާއިން ބުނެފި އެވެ.

ވީ ކިހިނެއް؟ - ޖާބިރު މަޖިލީހުން އިސްތިއުފާ ދެއްވާފައިވާނެ ކަމަށް އޭނާ މިދިޔަ ހުކުރު ދުވަހު މީޑިޔާތަކުގައި ވަނީ ވިދާޅުވެފަ އެވެ. 

ތަފްސީލް - އެކަމާ ބެހޭގޮތުން މަޖިލީހުގެ ކޮމިއުނިކޭޝަން ޑިރެކްޓަރު ހަސަން ޒިޔާއު މިއަދު ވިދާޅުވީ ޖާބިރުގެ އިސްތިއުފާގެ ސިޓީ މަޖިލީހަށް ލިބިފައިނުވާ ކަމަށެވެ.

ޖާބިރު ވަނީ ވިހި ވަނަ ރައްޔިތުންގެ މަޖިލީހުގެ އިންތިހާބުގައި ވެސް ވާދަކުރައްވާފަ އެވެ. ނަމަވެސް ޖާބިރުއަށް އެ ގޮނޑި ކާމިޔާބެއް ނުކުރެއްވުނެވެ. ޖާބިރުއާ ވާދަކުރައްވާ އެ ގޮނޑި ކާމިޔާބު ކުރެއްވީ ޕީއެންސީގެ ކެންޑިޑޭޓް މުންތަޒިމް އިބްރާހިމް، 1،321 ވޯޓުންނެވެ. 

ޖާބިރުއަށް ލިބިވަޑައިގެންނެވީ 369 ވޯޓެވެ.

އިތުރު އާޓިކަލް

އިތުރު އާޓިކަލް