އަބޫ ދާބީ ފަންޑް ފޯ ޑިވެލޮޕްމަންޓް (އޭބީއެފްޑީ)ގެ ޑިރެކްޓަ ޖެެނެރަލް މުހައްމަދު ސާއިފް އަލް ސުވައިދީ (ކ)އާ ރާއްޖޭގެ ފޮރިން މިނިސްޓަރު މޫސާ ޒަމީރު ބައްދަލުކުރައްވަނީ

މޫސާ ޒަމީރު

މޫސާ ޒަމީރު އަބޫ ދާބީގައި: ރާއްޖެއަށް އިތުރު އެހީ ހޯދަން މަޝްވަރާކުރައްވައިފި

ރާއްޖޭގެ ފޮރިން މިނިސްޓަރު ވަނީ ރާއްޖޭގެ އެކި މަޝްރޫއުތަކަށް އަބޫ ދާބީ ފަންޑުން ދެމުން އަންނަ އެހީތެރިކަމަށް ޝުކުރުއަދާކުރައްވާފައި
3 މޭ 2024
1

އަބޫ ދާބީ ފަންޑް ފޯ ޑެވެލޮޕްމަންޓް (އޭބީއެފްޑީ)ގެ މާލީ އެހީތެރިކަން ހޯދަން ރާއްޖެއިން ހުށައަޅާފައިވާ ހުށައެޅުންތަކާ މެދު، އެ ފަންޑުގެ ޑިރެކްޓަ ޖެނެރަލްއާ އެކު ރާއްޖޭގެ ފޮރިން މިނިސްޓަރު މޫސާ ޒަމީރު އިއްޔެ މަޝްވަރާކުރައްވައިފި އެވެ.

ވީ ކިހިނެއް؟ - ޔުއޭއީއަށް ކުރައްވާ ޒިޔާރަތުގައި ޒަމީރު ވަނީ އޭބީއެފްޑީގެ ޑިރެކްޓަ ޖެނެރަލް މުހައްމަދު ސާއިފް އަލް ސުވައިދީއާ އިއްޔެ އަބޫ ދާބީގައި ބައްދަލުކުރައްވައިފަ އެވެ.

ތަފްސީލް - މި ބައްދަކުކުރެއްވުމުގައި ޒަމީރު ފާހަގަކުރެއްވި އެއް ކަމަކީ ކުރިންސުރެ ޔޫއޭއީ އާއި ރާއްޖެއާ ދެމެދު އޮތް ގާތް ގުޅުމެވެ. އެ ގުޅުމުގެ ސަބަބުން ރާއްޖޭގެ ތަރައްގީއަށް ލިބެމުން އަންނަ އެހީތަކެވެ.

އިއްޔެގެ މަޝްވަރާގައި ހިމެނޭ އެއް ބަޔަކީ، ފޮރިން މިނިސްޓްރީން ނެރުނު ބަޔާނުން އެނގޭ ގޮތުގައި، އޭބީއެފްޑީއަށް ސަރުކާރުން ހުށައަޅާފައިވާ ހުށައެޅުންތަކެވެ. އެ ހުށައެޅުންތަކައިގެން ކުރިއަށް ދާނެ ގޮތްތަކެއް ހޯދުމެވެ.

މިހާރު ވެސް އަބޫ ދާބީ ފަންޑުން ރާއްޖޭގެ ބޮޑެތި މަޝްރޫއުތަކަށް އެހީތެރިވެ އެވެ. އެގޮތުން ވީއައިއޭގެ އާ އިންޓަނޭޝަނަލް ޓާމިނަލްގެ މަޝްރޫއުގައި ވެސް އެ ފަންޑު ބައިވެރިވެ އެވެ.

މާފަރު އިންޓަނޭޝަނަލް އެއާޕޯޓަކީ ވެސް އެ ފަންޑުން މާލީ އެހީ ދިން މަޝްރޫއުއެކެވެ. ޒަމީރު ވިދާޅުވި ގޮތުގައި މާފަރު އެއާޕޯޓަކީ އަބޫ ދާބީ ފަންޑާއި ރާއްޖެ ގުޅިގެން އިތުރު އިންވެސްޓްމެންޓްތައް ހޯދަން ހުޅުވުނު ދޮރެކެވެ.

ކޮމެންޓް (1)

އަމީރު

4 މޭ 2024
ޝުކުރިއްޔާ މިނިސްޓަރު
0 0

އިތުރު އާޓިކަލް

އިތުރު އާޓިކަލް