އޭދުފުށީ ދާއިރާގެ މެމްބަރު އަހްމަދު ސަލީމް (ވ) އާއި މުލަކު ދާއިރާގެ ގޮނޑި ކާމިޔާބުކުރެއްވި އިބްރާހިމް ނައުފަލް.

ރެޑްވޭވް ސަލީމްގެ ދެބަފައިން މަޖިލިސް ގޮނޑި ކާމިޔާބުކުރައްވައިފި

މި ދެ ބޭފުޅުން ވެސް ވާދަކުރެއްވީ ސަރުކާރު ހިންގާ މައި ޕާޓީ ޕީއެންސީގެ ފަރާތުން

މިއަދު ބޭއްވި ރައްޔިތުންގެ މަޖިލިސް އިންތިހާބުގައި އޭދަފުށީ ދާއިރާގެ މެމްބަރު އަހްމަދު ސަލީމް އޭނާގެ ގޮނޑި ދިފާއުކުރެއްވި އިރު، އޭނާގެ ދަރިކަލުން އިބްރާހިމް ނައުފަލްއަށް މ. މުލަކު ދާއިރާގެ ގޮނޑި ލިބިއްޖެ އެވެ.

ވީ ކިހިނެއް؟ - މެމްބަރު ސަލީމްގެ ދެބަފައިން ވެސް ވާދަކުރެއްވީ ސަރުކާރު ހިންގާ މައި ޕާޓީ ޕީއެންސީގެ ފަރާތުންނެވެ.

ތަފްސީލު - 'ދައުރު'އަށް މިހާތަނަށް ލިބިފައިވާ ވަގުތީ ނަތީޖާތަކުން ދައްކާ ގޮތުގައި މެމްބަރުގެ ސަލީމްގެ ދެބަފައިން ވެސް އުޅުއްވަނީ ވާދަކުރެއްވި ދާއިރާއިން ތަފާތުބޮޑުކޮށް ކުރީގަ އެވެ. އެގޮތުން:

އޭދަފުށި ދާއިރާ

  • އަހްމަދު ސަލީމް - 787 ވޯޓު

  • އަބްދުﷲ ވިސާމް - 128 ވޯޓު

  • އަބްދުﷲ ހަމީދު - 0 ވޯޓު

މުލަކު ދާއިރާ

  • އިބްރާހިމް ނައުފަލް - 1،076 ވޯޓު

  • މޫސާ ޝިޔާމް އަބްދުﷲ އަލީ - 660 ވޯޓު

  • ތޯހާ ރަޝީދު - 13 ވޯޓު

އެނގުން މުހިންމު - މިއީ ދެބަފައިން އެކުގައި ރައްޔިތުންގެ މަޖިލީހަށް ހޮވުނު ފުރަތަމަ ފަހަރެވެ.

ކޮމެންޓް (1)

profile-image-placeholder

އަހްމަދު

22 އޭޕްރީލު 2024
މުޅި އިންތިޚާބުން އެންމެގިނަވޯޓް ހޯއްދެވި އިބްރާހިމް ނައުފަލަށް މަރުހަބާ!

އިތުރު އާޓިކަލް

އިތުރު އާޓިކަލް