އިމްތިޔާޒު ފަހުމީ އަދި މުހައްމަދު ނާޒިމް
15 އަހަރަށް ފަހު އިމްތިޔާޒަށް ވެސް ގޮނޑި ގެއްލިއްޖެ، ކާމިޔާބުކުރެއްވީ ނާޒިމް
ރައްޔިތުންގެ މަޖިލީހުގެ މާފަންނު އުތުރު ދާއިރާގެ މެމްބަރުކަން 15 އަހަރު ވަންދެން ފުރުއްވި މެމްބަރު އިމްތިޔާޒް ފަހުމީ ބަލިކޮށް، އެ ދާއިރާގެ ގޮނޑި ސަރުކާރުގެ ފަރާތުން، މޯލްޑިވްސް ނެޝަނަލް ޕާޓީ (އެމްއެންޕީ)ގެ ޓިކެޓުގައި ވާދަކުރެއްވި އެ ޕާޓީގެ ރައީސް މުހައްމަދު ނާޒިމް ކާމިޔާބުކުރައްވައިފި އެވެ.
ވީ ކިހިނެއް؟ - އިމްތިޔާޒް ވަނީ މީގެ ކުޑައިރުކޮޅެއް ކުރިން ނާޒިމަށް މަރުހަބާ ވިދާޅުވެފަ އެވެ.
"މާފަންނު އުތުރު ދާއިރާއިން ނާޒިމް ހޯއްދެވި ކާމިޔާބީއަށް މަރުހަބާ ދަންނަވަން. އަދި މިފަހަރު ވެސް އަޅުގަނޑަށް ވޯޓުދެއްވި ބޭފުޅުންގެ އިތުރުން ވޯޓުގައި ބައިވެރިވެވަޑައިގެން ހުރިހާ ބޭފުޅުންނަށް ވެސް ޝުކުރިއްޔާ." އެކްސްްގައި ކުރެއްވި އެ ޕޯސްޓުގައި އިމްތިޔާޒް ވިދާޅުވި އެވެ.
Maafannu Uthuru dhaairaa in Col. @nazim7878 hohdhevi kaamiyaabah maruhaba dhannavan.
— 𝐈𝐦𝐭𝐡𝐢𝐲𝐚𝐳 𝐅𝐚𝐡𝐦𝐲 (@Imthiyazfahmy) April 21, 2024
Adhi mi faharu ves alhugandah vote dhehvi hurihaa beylhunge ithurun vote gai baiverive vadaigennevi enmehai beyfulhunnah ves shukuriyya! #MaafannuUthuru 💜
މިހާތަނަށް ލިބިފައިވާ ވަގުތީ ނަތީޖާތަކުން ދައްކާގޮތުގައި:
-
އިމްތިޔާޒަށް ލިބިފައިވަނީ 473 ވޯޓު
-
ނާޒިމަށް ލިބިފައިވަނީ 473 ވޯޓު
ނާޒިމާ އެންމެ ގާތުން ވާދަކޮށްފައި ވަނީ އެމްޑީޕީގެ ކެންޑިޑޭޓު އިފްހާމް ހުސެއިން އެވެ. އޭނާއަށް ލިބިފައި ވަނީ 300 ވޯޓެވެ.
ކޮމެންޓް (1)
ގައްސާން އަހްމަދު