މަޖިލީހުގެ ރައީސް އަސްލަމް (ވ) އާއި ނައިބު ރައީސް ސަލީމް

މަޖިލީހުގެ ރައީސް އަސްލަމް އާއި ނައިބު ރައީސް ސަލީމަށް ވެސް ގޮނޑި ގެއްލިއްޖެ

އަސްލަމަކީ 2004 އިން ފެށިގެން ރައްޔިތުންގެ މަޖިލިހުގައި އައްޑޫ ތަމްސީލްކުރައްވަމުން ގެންދަވާ ބޭފުޅެއް

މިހާރުގެ ރައްޔިތުންގެ މަޖިލީހުގެ ރައީސް އެމްޑީޕީގެ މުހައްމަދު އަސްލަމް އާއި ނައިބު ރައީސް އަހުމަދު ސަލީމް (ސައްލެ)އަށް ވެސް ގޮނޑި ގެއްލިއްޖެ އެވެ.

ވީ ކިހިނެއް؟ - މަޖިލީހުގެ ރައީސްކަމުން ކުރީގެ ރައީސް މުހައްމަދު ނަޝީދު އިސްތިއުފާ ދެއްވުމުން އެ މަގާމަށް ދާދި ފަހުން އައްޔަންކުރި އަސްލަމް ވާދަކުރެއްވީ ކުރިންސުރެ އޭނާ ކާމިޔާބުކުރެއްވި ހިތަދޫ އުތުރު ދާއިރާ އަށެވެ.

ސަލީމް ކުރިމަތިލެއްވީ ކުރިން ވެސް އޭނާ ހުންނެވި ހޯރަފުށީ ދާއިރާ އަށެވެ.

ވަގުތީ ނަތީޖާއިން ދައްކާ ގޮތުގައި ހިތަދޫ އުތުރު ދާއިރާގެ ގޮނޑި ކާމިޔާބު ކުރެއްވީ ސަރުކާރުގެ ފަރާތުން ވާދަކުރެއްވި ޕީއެންސީގެ ކެންޑިޑޭޓު މުހައްމަދު ސިނާން އެވެ. ހޯރަފުށީ ދާއިރާގެ ގޮނޑި ކާމިޔާބު ކުރެއްވީ ވެސް ސަރުކާރުގެ ފަރާތުން ވާދަކުރެއްވި ކެންޑިޑޭޓު އަލީ މޫސާ އެވެ.

އަސްލަމްއަކީ 2004 އިން ފެށިގެން ރައްޔިތުންގެ މަޖިލިހުގައި އައްޑޫ ތަމްސީލްކުރައްވަމުން ގެންދަވާ އަދި މި ވަގުތު މަޖިލީހުގައި ހިމެނޭ އެންމެ ތަޖުރިބާކާރު އެއް މެމްބަރެވެ.

ކޮމެންޓް (1)

profile-image-placeholder

ޢަލީ

22 އޭޕްރީލު 2024
ކިބުރުވެރިކަމާއި ބޮޑާ ކަމުގެ ނަތީޖާ. ވަރަށް ފޮނި ދެ މެންބަރުން.

އިތުރު އާޓިކަލް

އިތުރު އާޓިކަލް