ފުނަދޫ ދާއިރާއަށް އަދާލަތު ޕާޓީގެ ޓިކެޓްގައި ވާދަ ކުރައްވާ އިސްމާއީލް ހަމީދު (ކ) އަދި ޕީއެންސީގެ ކެންޑިޑޭޓު މުހައްމަދު މަމްދޫހު

ފުނަދޫ ދާއިރާގެ އަދާލަތު ޕާޓީގެ ކެންޑިޑޭޓު، ޕީއެންސީ ކެންޑިޑޭޓްގެ ފަހަތަށް

އެގޮތަށް ނިންމެވި ސަބަބެއް ކަމަށް އޭނާ ވިދާޅުވީ ދާއިރާގެ ތައްރައްގީ އާއި ކުރިމަގަށްޓަކައި ކަމަށް
19 އޭޕްރީލު 2024
2

އަންނަ އާދިއްތަ ދުވަހު ބާއްވާ ރައްޔިތުންގެ މަޖިލިހުގެ އިންތިހާބުގައި ށ. ފުނަދޫ ދާއިރާއަށް އަދާލަތު ޕާޓީގެ ޓިކެޓްގައި ކުރިމަތިލެއްވި އިސްމާއީލް ހަމީދު، ޕީއެންސީގެ ކެންޑިޑޭޓް މުހައްމަދު މަމްދޫހު (މަންޑޭ)އަށް ތާއީދުކުރަން ނިންމަވައިފި އެވެ.

ވީ ކިހިނެއް؟ - އިންތިހާބަށް ދެ ދުވަސް އޮއްވާ ޕީއެންސީގެ ކެންޑިޑޭޓަށް ހަމީދު ތާއީދު ކުރެއްވިކަން އޭނާގެ ފަރާތުން ޝޯޝަލް މީޑިއާގައި ކުރެއްވި ޕޯސްޓެއްގައި ވަނީ ހާމަކުރައްވައިފަ އެވެ.

ބުނީ ކީކޭ؟ -"ފުނަދޫ ދާއިރާގެ ތަރައްގީ އާއި ކުރިއެރުމަށް އެންމެ ފަހި ގޮތަކީ، ސަރުކާރު ހިންގާ ޕާޓީން ރައްޔިތުންގެ މަޖިލީހުގައި މި ދާއިރާ ތަމްސީލުކުރުން ކަމަށް އަޅުގަނޑަށް ފެންނާތީ، ޕީއެންސީގެ ކެންޑިޑޭޓު މުހައްމަދު މަމްދޫހު (މަންޑޭ)އަށް ތާއީދު ކުރުމަށް އަޅުގަނޑު ނިންމައިފީމެވެ،" އެ ޕޯސްޓުގައި ބުންޏެވެ.

އެއާއެކު އޭނާއަށް ތާއީދުކުރާ އެންމެން މަމްދޫހަށް ވޯޓު ދޭން ވެސް ހަމީދު އެދިވަޑައިގެންނެވި އެވެ.

ފާހަގަކޮށްލެވޭ ކަމެއް - އިސްމާއީލް ހަމީދާ އެކު އެ ދާއިރާއަށް ޖުމްލަ ފަސް ކެންޑިޑޭޓުން ވާދަކުރެ އެވެ. ހަމީދާއި މަމްދޫހުގެ އިތުރުން ދެން ވާދަކުރައްވަނީ:

  • އެމްޑީޕީގެ ފަރާތުން ކުރީގެ މަޖިލިސް މެންބަރު އިލްހާމް އަހްމަދު

  • ޑިމޮކްރެޓްސްގެ ފަރާތުން އަބްދުލްހަންނާން ހުސައިން

  • އަމިއްލަ ގޮތުން އަހްމަދު އިބްރާހިމްފުޅު

ކޮމެންޓް (2)

profile-image-placeholder

އަޅި އަލީ

19 އޭޕްރީލު 2024
މަންޑޭ! ދާއިރާ ސްޕާމެޖޯރިޓީއިން މަންޑޭ ނަގާނެ!

ޙަމީދު

19 އޭޕްރީލު 2024
އަހުމަދު އިބްރާހިމް ފުޅަކީ ޕީއެންސީ ޕްރައިމަރީގައި ބަލިވެ އެކަން ހަޖަމްނުވި ކެނޑިޑޭޓް

އިތުރު އާޓިކަލް

އިތުރު އާޓިކަލް