ތ. ވިލުފުށި: ގެނބިގެން މަރުވީ އެރަށް ކައިރީ އޮތް ފަޅުރަށަކުން
ފަޅުރަށަކަށް ދަތުރު ގޮސް އުޅެނިކޮށް 17 އަހަރުގެ އަންހެން ކުއްޖަކު ގެނބިގެން މަރުވެއްޖެ
ތ. އަތޮޅުގައި ހިނގި މި ހާދިސާގައި ވިލުފުށީ ހޮސްޕިޓަލަށް ގެންދިޔަ އިރު ވެސް އެކުއްޖާ އޮތީ މަރުވެފައި
10 އޭޕްރީލު 2024
ތ. ވިލުފުށީ ކައިރީގައި އޮންނަ ފަޅުރަށަކަށް ދަތުރު ގޮސް އުޅުނު ކުއްޖަކު ގެނބިގެން މިއަދު މަރުވެއްޖެ އެވެ.
ވީ ކިހިނެއް؟ - އެ ކުއްޖާ ގެނބިގެން ވިލުފުށީ ހޮސްޕިޓަލަށް ގެންދާ ކަމުގެ މައުލޫމާތު ލިބުނީ މިއަދު މެންދުރު ފަހު 12:45 ހާއިރު ކަމަށް ފުލުހުން ބުންޏެވެ. ފުލުހުން އިތުރަށް މައުލޫމާތު ދިން ގޮތުގައި:
-
އެއީ 17 އަހަރުގެ ދިވެހި އަންހެން ކުއްޖެއް
-
އޭނާ ހޮސްޕިޓަލަށް ގެންދިޔަ އިރު ވެސް މަރުވެފައިވާ ކަމަށް ހޮސްޕިޓަލުން މައުލޫމާތު ދޭ
އެ މައްސަލަ މިހާރު ފުލުހުން އަންނަނީ ތަހުގީގުކުރަމުންނެވެ.