ވެރިކަމާ ހަވާލުވެވަޑައިގަތުމަށް ފަހު ބޭރު ގައުމުތަކުގެ އިއްޒަތްތެރިންގެ ޝަރަފުގައި، ރައީސްގެ ދެކަނބަލުން ކުރުނބާ މޯލްޑިވްސްގައި ބޭއްވި ރަސްމީ ބައްދަލުކުރެއްވުމުއްގެ ތެރެއިން

އީދު

ރައީސްގެ ދެކަނބަލުން އީދު ސަލާން ކުރެއްވުން މުލިއާ ގޭގައި

ރައީސް އޮފީހުން ބުނިގޮތުގައި އީދު ސަލާން ކުރުން އޮންނާނީ އީދު ދުވަހުގެ ހެނދުނު 9:30 އިން 10:30އަށް

މި އަހަރުގެ ފިތުރުއީދު ދުވަހު، ރައީސް މުހައްމަދު މުއިއްޒުގެ ދެކަނބަލުން އީދު ސަލާން ކުރެއްވުން މުލިއާގޭގައި ބާއްވާ ގޮތަށް ހަމަޖައްސައިފި އެވެ.

ވީ ކިހިނެއް؟ - ކަލަންޑަރުން ދައްކާ ގޮތުގައި މި އަހަރުގެ ފިތުރު އީދު ވާނީ އަންނަ ބުދަ ދުވަހެވެ. ކޮންމެ އަހަރަކު ރައީސްގެ ދެކަނބަލުން ބާއްވާ އީދު ސަލާން ކުރުމުގެ ހަރަކާތުގެ ތަފްސީލް މިއަދު ރައީސް އޮފީހުން ވަނީ ހާމަކޮށްފަ އެވެ.

ތަފްސީލް - ރައީސް އޮފީހުން ބުނީ ރައީސް މުއިއްޒާއި، އެމަނިކުފާނުގެ އަނބިކަނބަލުން ސާޖިދާ މުހައްމަދު، އީދު ސަލާން ކުރެއްވުން ހަމަޖެހިފައިވަނީ، ފިތުރުއީދު ދުވަހުގެ ހެނދުނު 9:30 އިން 10:30އަށް ކަމަށެވެ.

ރައީސް އޮފީހުން ބުނިގޮތުގައި:

  • ސަލާން ކުރުން އޮންނާނީ ރައީސްގެ ރަސްމީ ގެ، މުލީއާގޭގައި 

  • ސަލާން ކުރެއްވުމަށް ދާ މީހުން މުލީއާގެއަށް ވަނުމަށް ހަމަޖެހިފައި ވަނީ މެދުޒިޔާރަތް މަގަށް ހުންނަ މުލީއާގޭ ބޮޑު ދޮރޯށިން 

"އާއިލާތަކާ އެކު ވީހާވެސް ގިނަ އަދަދެއްގެ ކުޑަކުދިންނާއި، ވީހާވެސް ގިނަ އަދަދެއްގެ ޒުވާނުން، އީދު ސަލާމުގައި ބައިވެރިވެވަޑައިގެން ދެއްވުމަށް ވެސް ރައީސްގެ ދެކަނބަލުން ދައުވަތު އަރުވަ އެވެ،" ރައީސް އޮފީހުން ބުންޏެވެ.

ފާހަގަކޮށްލެވޭ ކަމެއް - އީދު ސަލާން ކުރެއްވުމުގައި ބައިވެރިވުމަށް އާންމުންގެ އިތުރުން، ދައުލަތުގެ އެކި މަގާމުތަކުގައި ތިއްބެވި ބޭފުޅުންނަށާއި، ބޭރުގެ އިއްޒަތްތެރިންނަށާއި، ކުންފުނިތަކާއި، އަމިއްލަ އެކި ޖަމިއްޔާ ޖަމާއަތްތަކުގެ މަންދޫބުންނަށް ވެސް ރައީސްގެ ދެކަނބަލުން ވަނީ ދައުވަަތު އަރުވާފަ އެވެ.

ކޮމެންޓް (1)

ކޮސް

6 އޭޕްރީލު 2024
މުލިއާގެއަކީ މިފަދަކަމަކަށް ކުޑަތަނެއް ނޫންތޯ. މިހާ ހޫނުގަދަ ދުވަސްކޮޅަކު މިފަދަތަނެއް ރަނގަޅެއްނޫން އެެއްގޮތަކަށްވެސް.
0 0

އިތުރު އާޓިކަލް

އިތުރު އާޓިކަލް