މޯލްޑިވިއަންގެ ބޯޓެއް ގަން އިންޓަނޭޝަނަލް އެއާޕޯޓުގައިި (ފޮޓޯ/ގަން އިންޓަނޭޝަނަލް އެއާޕޯޓު/ޓްވިޓާ)

މޯލްޑިވިއަން

އައްޑޫ އާއި ކޫއްޑޫއާ ދެމެދު ސީދާ ދަތުރުތައް ފަށަނީ، ޓިކެޓު މިހާރު ނެގޭނެ

މިދެމެދުގެ ދަތުރުތައް ފަށާނީ މިއަހަރުގެ އޮކްޓޫބަރު 29ގައި، ޓިކެޓް ބުކިން މިއަދުން ފެށިގެން ކުރެވޭނެ

އައްޑު އަތޮޅު ގަމުގައި އޮންނަ ގަން އިންޓަނޭޝަނަލް އެއާޕޯޓާއި ހުވަދޫ އަތޮޅު ކޫއްޑޫ އެއާޕޯޓާ ދެމެދު ސީދާ ދަތުރުތައް މިއަހަރުގެ އޮކްޓޫބަރުގައި ފަށާނެ ކަމަށް މޯލްޑިވިއަންއިން މިއަދު ބުނެފި އެވެ.

ވީ ކިހިނެއް؟ - 'ސައުތު ކަނެކްޓިވިޓީ އިނިޝިއޭޓިވް' ދަށުން ފަށާ މި ހިދުމަތުގެ ސަބަބުން ގަން އިންޓަނޭޝަނަލް އެއާޕޯޓާއި ސްރީލަންކަން އެއާލައިންސްއިން ގަން އިންޓަނޭޝަނަލް އެއާޕޯޓަށް އަންނަ ފަތުރުވެރިންނަށް، ގއ. އާއި ގދ. އަތޮޅުގެ ރިސޯޓުތަކާއި ގެސްޓް ހައުސްތަކަށް ދިއުމުގެ މަގުފަހިވާނެ އެެވެ. އަދި މި ދަތުރުތަކުގެ ސަބަބުން އެ ސަރަހައްދުތަކުގެ އިމްޕޯޓް އެކްސްޕޯޓް ވިޔަފާރިތަކަށް އިތުރު އެހީތެރިކަމެއް ލިބޭނެ ވެސްމެ އެވެ.

ބުނީ ކީކޭ؟ - މޯލްޑިވިއަން އިން މިއަދު ކުރި އިއުލާންގައި ވާގޮތުން:

  • މިދެމެދުގެ ދަތުރުތައް ފަށާނީ މިއަހަރުގެ އޮކްޓޫބަރު 29ގައި

  • ހިދުމަތުގެ ޓިކެޓް ބުކިން މިއަދުން ފެށިގެން މޯލްޑިވިއަންގެ ޓިކެޓް ދޫކުރާ ހުރިހާ ވަސީލަތްތަކަކުން ލިބެން ހުންނާނެ

  • ދަތުރުވެރިންނަށް ދަތުރުތައް ދުރާލައި ރާވާއި، ދަތަރުތައް ކަށަވަރުކުރެވޭނެ

މި ދަތުރުތައް ކުރާނީ:

  • ކޮންމެ ހަފްތާއަކު އަންގާރަ އަދި ހޮނިހިރުގައި

  • ކުއްޑޫއިން ގަމަށް - މެންދުރު 11:55ގައި

  • ގަމުން ކުއްޑޫއަށް - ހަވީރު 5:30ގައި

އެނގުން މުހިންމު - 'ސައުތު ކަނެކްޓިވިޓީ އިނިޝިއޭޓިވް' އަކީ ސަރުކާރުން އިސްނަގައިގެން ރާއްޖޭގެ ދެކުނުގެ ސަރަހައްދުގެ ތަރައްގީއަށް އެހީތެރުވެދިނުމަށް މޯލްޑިވިއަން އާއި އައްޑޫ އިންޓަނޭޝަނަލް އެއާޕޯޓާއި ޓްރާންސްޕޯޓް މިނިސްޓްރީ އާއި މޯލްޑިވިސް މާކެޓިން އެންޑް ޕަބްލިކް ރިލޭޝަންސް ކޯޕަރޭޝަން (އެމްއެމްޕީއާރްސީ) އަދި ޓޫރިޒަމް މިނިސްޓްރީއާ ގުޅިގެން ހިންގާ ހަރަކާތެކެވެ. މި ހަރަކާތުގެ މައިގަނޑު ބޭނުމަކީ އެ ސަރަހައްދުތަކުގައި ފަތުރުވެރިކަން އިތުރަށް ގުޅުވައިދީ، ވިޔަފާރީގެ ގުޅުންތައް ހިންގުމަށް މަގުފަހިކޮށްދިނުމެވެ.

އިތުރު އާޓިކަލް

އިތުރު އާޓިކަލް