ރައްޔިތުންގެ މަޖިލީހުގެ ކެމްޕޭން ޖަލްސާއެއްގައި ރައީސް މުހައްމަދު މުއިއްޒު ވާހަކަފުޅު ދައްކަވަނީ (ފައިލް ފޮޓޯ/ޕީއެންސީ)

ގައުމު ހިންގާނީ ފައިސާ ޗާޕް ނުކޮށް، ހަޖަމު ނުވަންޏާ ނުވާންވީ: ރައީސް

ރައީސް ވިދާޅުވީ ބޭރުގެ ދަރަނި ދައްކަން އުފައްދާފައިވާ ޑޮލަރު ރައްކާކުރާ ސޮވެރިން ޑިވެލޮޕްމަންޓް ފަންޑަށް މި ސަރުކާރުން މިހާތަނަށް 35 މިލިއަން ޑޮލަރު ޖަމާކޮށްފައިވާ ކަމަށް

ސަރުކާރުން މަޝްރޫއުތައް ހިންގައި އިގްތިސޯދު ހަމަޔަކަށް އަޅުވާނީ ފައިސާ ޗާޕު ނުކޮށް ކަމަށް ރައީސް މުހައްމަދު މުއިއްޒު މިރޭ ވިދާޅުވެއްޖެ އެވެ.

ވީ ކިހިނެއް؟ - ހިޔާ ޕާކު ސަރަހައްދުގައި އާއްމުންނާ އެކު ބޭއްވެވި ބައްދަލުވުމެއްގައި ރައީސް ވިދާޅުވީ، މި ސަރުކާރުން ކަންކުރާނީ މިދިޔަ ފަސް އަހަރުގައި ކަން ކުރި ގޮތަކަށް ނޫން ކަމަށެވެ. މިދިޔަ ފަސް އަހަރު ކަންކަން ކުރީ ފައިސާ ޗާޕުކޮށްގެން ކަމަށް ރައީސް ވިދާޅުވި އެވެ.

ބުނީ ކީކޭ؟ - ރައީސް ވިދާޅުވިގޮތުގައި:

  • މިދިޔަ ސަރުކާރުގައި ފަސް އަހަރުތެރޭ އެކަނި 8 ބިލިއަން ރުފިޔާ ޗާޕުކުރި

  • އޭގެ ކުރިން 40 އަހަރުތެރޭ ވެސް ޗާޕްކޮށްފައި ހުރީ 50 މިލިއަން ރުފިޔާ

ރައީސް ވިދާޅުވީ މި ސަރުކާރުގެ އެންމެ މުހިންމު އިގްތިސޯދީ އެޖެންޑާއަކީ ފަައިސާ ޗާޕްކުރުން ހުއްޓާލުން ކަމަށެވެ.

"އެކަން ވާނީ ހުއްޓާލާފަ ވައުދުވީ ގޮތަށް. ދެން މިކަން ހަޖަމު ނުވަންޏާ ނުވާންވީ. އެކަން އެެ އޮތީ ކޮށްފައި. އެކަން އެ ވަނީ އިންޓަނޭޝަނަލް މަނިޓަރީ ފަންޑުން ގަބޫލުކޮށްފައި، ވޯލްޑް ބޭންކުން އެކަން ވަނީ ފާހަގަކޮށްފައި. ފައިސާ ޗާޕްނުކޮށް އަޅުގަނޑުމެން މި ގައުމު ހިންގާނީ،" ރައީސް ވިދާޅުވި އެވެ.

އެމަނިކުފާނު އިތުރަށް ވިދާޅުވީ:

  • ބޭރުގެ ދަރަނި ދައްކަން އުފައްދާފައިވާ ޑޮލަރު ރައްކާކުރާ ސޮވެރިން ޑިވެލޮޕްމަންޓް ފަންޑުގައި ސަރުކާރާ ހަވާލުވިއިރު ހުރީ އެންމެ 2 މިލިއަން ޑޮލަރު ކަމަށް

  • ފައިސާ ޗާޕު ނުކޮށް މަޝްރޫއުތައް ހިންގުމާ އެކު އެ ފަންޑަށް 35 މިލިއަން ޑޮލަރު މި ސަރުކާރުން މިހާރު ޖަމާކޮށްފައި ހުންނާނެ ކަމަށް

  • މި ރޭޓުގައި ގޮސް މި އަހަރު ނިމޭއިރު ލޯންތައް ދެއްކުމަށް އެ ފަންޑަށް 100 މިލިއަން ޑޮލަރު ހަމަވާނެ ކަމަށް

ކޮމެންޓް (2)

ކައްޒާބު

3 އޭޕްރީލު 2024
"ފަައިސާ ޗާޕްކުރުން ވާނީ ހުއްޓާލާފަ ވައުދުވީ ގޮތަށް. ދެން މިކަން ހަޖަމު ނުވަންޏާ ނުވާންވީ. އެކަން އެެ އޮތީ ކޮށްފައި." ރައީސް ވިދާޅުވި އެވެ.... މި ހުންނަނީ އޮޅުވާލުން ހުންނަވަރު. ފައިސާ ޗާޕު ކުރުން ހުއްޓާލުމާއި މުއިއްޒުގެ ސަރުކާރާއި އެއްވެސް ގުޅުމެއް ނެތް. އެމްޑީޕީގެ މެޖޯރިޓީ އޮތް މަޖިލީހުން 2022 ވަނަ އަހަރު ނިންމާފައިއޮތީ 2023 ޑިސެންބަރުގެ ފަހުން ފައިސާ ޗާޕުކުރުން ހުއްޓާލަންޖެހޭގޮތަށް. ދެން މުއިއްޒު ކިތަންމެ ބޭނުންވިއަސް މިހާރު ފައިސާ ޗާޕު ކުރެވޭނީ އަލުން މަޖިލީހަށް ފޮނުވައިގެން ފާސްކޮށްގެން.
4 2

ސިކުނޑި

3 އޭޕްރީލު 2024
ރާއްޖޭގެ ޕްރޮޑަކްޓިވިޓީ އިތުރެއްނުވޭ! އިންކަމް އިތުރެއްނުވޭ! މުސާރަ ބޮޑުކޮށްގެން ޚަރަދު ވަނީ އިތުރު! ދެން ފައިސާ ބާވައިލައްވަނީތޯ؟!
3 3

އިތުރު އާޓިކަލް

އިތުރު އާޓިކަލް