ކުރިއާ މެދުވެރިކޮށް މީގެ ކުރިން ރާއްޖެ އެތެރެ ކުރަން އުޅުނު ޑްރަގް ކަސްޓަމްސްއިން ހިފަހައްޓާފައި

2 ޕާރުސަލަކުން 3 ކިލޯއަށް ވުރެ ގިނަ ޕާޓީ ޑުރަގް އަތުލައިގެންފި

ފުރަތަމަ މަރުހަލާގައި އެ ތަކެތި ޓެސްޓުކުރިއިރު، މަސްތުވާތަކެތީގެ ބާވަތެއް ކަމަށް ސިންތެޓިކް ކެތިނޯންއަށް ވަނީ ޕޮޒިޓިވްވެފައި
2 އޭޕްރީލު 2024

ކުރިއާ މެދުވެރިކޮށް ރާއްޖެ އެތެރެކުރަން އުޅުނު ޕާޓީ ޑުރަގް ބަންދުކޮށްފައި ހުރި ދެ ޕާރުސަލުން ތިން ކިލޯއަށް ވުރެ ގިނަ ޕާޓީ ޑްރަގް މޯލްޑިވްސް ކަސްޓަމްސް ސާވިސްއިން އަތުލައިގެންފި އެވެ.

ވީ ކިހިނެއް؟ - ކަސްޓަމްސްއިން އެ ތަކެތި އަތުލައިގަތީ 20 މާޗު ވަނަ ދުވަހު، ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުގެ ކުރިއާ ކާގޯ ޔުނިޓުން ބަލައިފާސްކުރި ދެ ޕެކޭޖެއްގެ ތެރެއިންނެވެ.

ތަފްސީލު - އޭގެ ތެރެއިން އެއް ޕެކޭޖުން 3.1 ކިލޯ އަދި އަނެއް ޕެކޭޖުން 210 ގުރާމުގެ މަސްތުވާތަކެތި ވަނީ ފެނިފަ އެވެ.

ފުރަތަމަ މަރުހަލާގައި އެ ތަކެތި ތަހުލީލުކުރިއިރު، މަސްތުވާތަކެތީގެ ބާވަތެއް ކަމަށްވާ 'ސިންތެޓިކް ކެތިނޯން'އަށް ވަނީ ޕޮޒިޓިވްވެފަ އެވެ.

މި މައްސަލަ އިތުރަށް ތަހުގީގު ކުރުމަށްޓަކައި ކަސްޓަމްސްއިން ވަނީ އަތުލައިގަތް މަސްތުވާތަކެތި ފުލުހުންނާ ހަވާލުކޮށްފަ އެވެ.

އިތުރު އާޓިކަލް

އިތުރު އާޓިކަލް