ރ. އުނގޫފާރަށް ރައީސް މުހައްމަދު މުއިއްޒު ވަޑައިގެން އާންމުންނާ ބައްދަލުކުރައްވަނީ (ފޮޓޯ/ރައީސް އޮފީސް)

ކަރަންޓާއި ފެން ބިލް ރޯދަ މަހު ބޮޑުނުވާނެ ގޮތް ހަދައިދޭނަން: ރައީސް

ސްޓެލްކޯއިން ރަށްތަކަށް ކަރަންޓުގެ ހިދުމަތް ދޭއިރު ނަގަމުން އަންނަ 30ރ.ގެ ޗާޖު އުވާލާނެ ކަން ވެސް މިރޭ ރައީސް ވަނީ އިއުލާން ކުރައްވާފައި

ރޯދަމަހުގައި ކަރަންޓާ ފެން ބިލު އެހެން މަސްތަކަށްވުރެ ބޮޑު ނުވާގޮތަށް އެއްވަރެއްގައި ހިފަހައްޓަން ރައީސް މުހައްމަދު މުއިއްޒު ނިންމަވައިފި އެވެ.

ވީ ކިހިނެއް؟ - މިކަން ރައީސް އިއުލާން ކުރެއްވީ ބ. އޭދަފުށީ ރައްޔިތުންނާ ބައްދަލުކުރައްވާ މިރޭ ދެއްކެވި ވާހަކަފުޅުގަ އެވެ.

ބުނީ ކީކޭ؟ - ރައީސް ވިދާޅުވީ ކޮންމެ ރޯދަމަހަކު ކަރަންޓާއި ފެން ބިލު އެހެން މަސްތަަކަށްވުރެ ބޮޑުވާތީ އެކަމުގެ ސަބަބުން ކުރިމަތިވާ ތަކުލީފުތަކުގެ ޝަކުވާ ލިބޭ ކަމަށެވެ.

"މިފަހަރު އެހެނެއް ނުވާނެ. އާންމު މަހެއްގައި އެ ހުންނަ ރޭޓުގައި ކެޕްކޮށްފައި، މާނައަކީ އެޔަށްވުރެ މައްޗަކަށް ނުދާނެއޭ. އާންމު މަހެއްގައި ހުންނަ ވަރަށް ފެން ބިލާއި ކަރަންޓު ބިލު ހުންނާނީ،" ރައީސް ވިދާޅުވި އެވެ.

ރައީސް އިތުރަށް ވިދާޅުވީ:

  • ފެނަކާއި، ސްޓެލްކޯއަށް އަދި އެމްޑަބްލިއުއެސްސީއަށް އެކަން އެގޮތަށް ކުރަން ދަންނަވާފައިވާނެ

  • ފެނާ ކަރަންޓު ބިލު ކުރާއިރު އެކަން އެގޮތަށް ހަމަޖެހޭނެ ކަމުގެ ޔަގީންކަން އެ ދެ ކުންފުނިން ވެސް ވަނީ އަރުވާފައި

  • ކުރިއަށް ރޯދަ މަހުން ފެށިގެން ރޯދަމުހު ކިތަންމެ ލޯޑު ބޮޑުވިޔަސް ބިލަށް އިތުރަކަށް އެއްޗެއް ނުނަގާނަން

  • ސްޓެލްކޯއިން ފެނުގެ ހިދުމަތް ރަށްތަކަށް ދޭން ނަގާ 30ރ. ގެ ޗާޖު އުވާލާނެ ކަމުގެ ޔަގީންކަން ވެސް ވަނީ ދީފައި

ކޮމެންޓް (1)

މުހައްމަދު ޢާރިފް Avatar

މުހައްމަދު ޢާރިފް

4 މާރިޗު 2024
ފެނާއި ކަރަންޓު ކަނޑާލަނީތަ؟
0 0

އިތުރު އާޓިކަލް

އިތުރު އާޓިކަލް