ދިވެހިރާއްޖޭގެ ހައިކޯޓު (ދައުރު ފޮޓޯ/ހުސައިން ސުނޭން)

ހައި ކޯޓު

ހައި ކޯޓުގެ ބެކްލޮގް ފިލުވަން ފަނޑިޔާރުން އިތުރު ވަގުތު މަސައްކަތް ކުރަނީ

މި މަސައްކަތުގެ ތެރެއިން ފުރަތަމަ ބަލަން ފަށާނީ 2018 އިން 2020 ދެމެދު އެ ކޯޓަށް ހުށަހަޅާފައިވާ މައްސަލަތަށް ކަމަށް އެ ކޯޓުން ބުނޭ

ހައި ކޯޓުގައި ގިނަ ދުވަސްވެފައިވާ މައްސަލަތައް އަވަހަށް ނިންމަން ހާއްސަ މަސައްކަތްތަކެއް ފަށަން އެ ކޯޓުގެ ފަނޑިޔާރުން ނިންމަވައިފި އެވެ.

ވީ ކިހިނެއް؟ - އެ ކޯޓުން މިދިޔަ ހޯމަ ދުވަހު ނެރުނު ބަޔާނެއްގައި ބުނެފައި ވާގޮތުން ދުވަސްވެފައިވާ މައްސަލަތައް އަވަހަށް ނިންމުމަށް ކުރަމުންދާ ހާއްސަ މަސައްކަތްތައް ކުރިއަށްގެންދާނީ ފިޔަވަހިތަކަކަށް ބަހާލައިގެންނެވެ.

ތަފްސީލް - މިގޮތުން ފިޔަވަހިތަކަކަށް ބަހާލައިގެން ފަނޑިޔާރުން މަސައްކަތް ކުރަން ނިންމާފައިވާ ގޮތްތަކަކީ: 

  • އެންމެ ފުރަތަމަ ފިޔަވަހީގައި ހާއްސަ އިސްކަމެއް ދީގެން ނިންމާނީ، 2017، 2018، 2019 އަދި 2020 ވަނަ އަހަރުގެ މައްސަލަތައް 

  • މި މައްސަލަތައް ނިންމުމަށް ކޮންމެ ދުވަހަކު ވެސް ރަސްމީ ގަޑީގެ ފަހުން، 2:15ގައި އެ މައްސަލަތަކަށް ހާއްސަ ސްލޮޓެއް ވަނީ ކަނޑައަޅާފައި

އެނގުން މުހިންމު - ހައި ކޯޓުގައި ގިނަ ދުވަސްވެފައިވާ މައްސަލަތައް ނިންމަން ފަނޑިޔާރުން މަސައްކަތްތަކެއް ފެށިއިރު އެ ކޯޓުގައި މައްސަލަ ނިންމާ ހުކުމަކާ ހަމަޔަށް ގޮސްފައި އޮންނަތާ ތިން މަސްވެފައިވާ ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ މައްސަލައިގެ ހުކުމް އިއްވުން އެ ކޯޓުން ލަސްކުރަމުންދާ ކަމަށް ބުނެ އެ މަނިކުފާނުގެ ފަރާތްޕުޅުން ވަނީ ތަކުރާރުކޮށް ކަންބޮޑުވުން ފާޅުކޮށްފަ އެވެ. 

ނަމަވެސް، މި މައްސަލައިގެ ހުކުމް އިއްވޭނެ ވަކި ތާރީހެއް އަދި ވެސް ކޯޓުން ނާންގަ އެވެ.

އިތުރު އާޓިކަލް

އިތުރު އާޓިކަލް