އެމްއެންޕީގެ ނައިބު ރައީސް އަދި ކުރީގެ އެގްރިކަލްޗާ މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު ހުސެން އިސްމާއިލް. (ފޮޓޯ/ އެމްއެންޕީ)

އެގްރިކަލްޗާގެ ސްޓޭޓް މިނިސްޓަރުކަމުން ހުސައިން އިސްމާއިލް ވަކިކޮށްފި

އޭނާ މަގާމުން ވަކިކުރިކަން ކަށަވަރުކޮށްދިން ނަމަވެސް ވަކިކުރި ސަބަބެއް ސަރުކާރުން ނުބުނޭ
20 ފެބްރުއަރީ 2024

އެގްރިކަލްޗާ އެންޑް އެނިމަލް ވެލްފެއާ މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު ހުސައިން އިސްމާއިލް ވަކިކޮށްފި އެވެ.

ވީ ކިހިނެއް؟ - މޯލްޑިވްސް ނޭޝަނަލް ޕާޓީ (އެމްއެންޕީ)ގެ ނައިބު ރައީސްކަން ކުރައްވާ ހުސައިން އިސްމާއިލް ސްޓޭޓް މިނިސްޓަރުގެ މަގާމުން ވަކިކޮށްފައިވާކަން ސަރުކާރުގެ އިސް އޮފިޝަލަކު މިއަދު 'ދައުރު'އަށް ކަށަވަރުކޮށްދިނެވެ.

ނަމަވެސް އޭނާ މަގާމުން ވަކިކުރި ސަބަބެއް ވިދާޅެއް ނުވެ އެވެ.

ފާހަގަކޮށްލެވޭ - ހުސައިން އިސްމާއިލް އެމްއެންޕީގެ ނައިބު ރައީސަކަށް ހޮވިފައިވަނީ 2021ގައި ބޭއްވި އެ ޕާޓީގެ ކޮންގްރެސްގަ އެވެ. އެ މަގާމަށް އެހެން ބޭފުޅަކު ކުރިމަތިނުލާތީ އޭނާއަށް މަގާމު ލިބިވަޑައިގަތީ ވޯޓަކާ ނުލަ އެވެ.

އިތުރު އާޓިކަލް

އިތުރު އާޓިކަލް