ރައީސް މުއިއްޒު ދެކުނުގެ އަތޮޅުތަކަށް ކުރައްވާ ދަތުރުފުޅުގައި ފުރާވަޑައިގަންނަވަނީ. (ފޮޓޯ/ ރައީސް އޮފީސް)
ރައީސް މުއިއްޒު ދެކުނުގެ އަތޮޅުތަކަށް ފުރާވަޑައިގެންފި
ރައީސް މުހައްމަދު މުއިއްޒު ދެކުނުގެ އަތޮޅުތަކަށް ކުރައްވާ ފަސް ދުވަހުގެ ދަތުރުފުޅެއްގައި މިއަދު ފުރާވަޑައިގެންފި އެވެ.
ވީ ކިހިނެއް؟ - ރައީސްގެ މި ދަތުރުފުޅުގައި އާންމުންގެ ކަންބޮޑުވުންތައް އަޑުއައްސަވައި އެކި ރަށްރަށުގެ ރައްޔިތުންނާ ބައްދަލުކުރައްވާ ވާހަކަފުޅު ދައްކަވާނެ ކަމަށް ރައީސް އޮފީހުން ބުންޏެވެ. މި ދަތުރުފުޅުގައި އެމަނިކުފާނު ވަޑައިގަންނަވަން ހަމަޖެހިފައިވާ އަތޮޅުތަކަކީ:
-
އައްޑޫ
-
ފުވައްމުލަށް
-
ގއ. އަތޮޅު
-
ގދ. އަތޮޅު
President Dr @MMuizzu departs on a five-day visit to Addu and Fuvahmulah Cities and islands of South Huvadhu Atoll and North Huvadhu Atoll. pic.twitter.com/UT32kurMgM
— The President's Office (@presidencymv) February 18, 2024
ފާހަގަކޮށްލެވޭ - ދެކުނުގެ އަތޮޅުތަކަށް ރައީސް މިއަދު ވަޑައިގަންނަވާއިރު، މި މަހު ރައީސް ވަނީ ތ. އަތޮޅަށް ވެސް ދަތުރުފުޅު ކުރައްވާފަ އެވެ.
ތ. އަތޮޅުގެ 10 ރަށަކަށް ރައީސް ވަޑައިގެންނެވި އިރު، އެ ރަށްރަށުގެ ރައްޔިތުންނާ ބައްދަލުކުރައްވައި އެ އަތޮޅުގައި ކުރިއަށްގެންދަން ރާވާފައިވާ މަޝްރޫއުތަކާ ބެހޭގޮތުން ވާހަކަދައްކަވާފައިވެ އެވެ.
އެނގުން މުހިއްމު - މި ސަރުކާރުން މަސައްކަތް ކުރާނީ ރައްޔިތުންގެ އަޑު އަހައިގެން ރައްޔިތުންނާ ގާތުން ކަމަށް ރައީސް މުއިއްޒު އަބަދު ވެސް ވިދާޅުވެ އެވެ. އެ މަނިކުފާނު ވިދާޅުވާ ގޮތުގައި ސަރުކާރުގެ މިނިސްޓަރުންނާއި ކުންފުނިތަކުގެ ވެރިން ވެސް އަމަލުކުރައްވާނީ ހަމަ އެ އުސޫލުންނެވެ.