ފިނޭންސްގެ އެޑްވައިޒަރު އަހްމަދު މުނައްވަރު(ފޮޓޯ/ރައީސް އޮފީސް)

ފިނޭންސް މިނިސްޓްރީގެ އެޑްވައިޒަރު ކަމުން އިސްތިއުފާ ދޭކަށް ނޫޅެން: މުނައްވަރު

އޭނާ ވިދާޅުވީ ފިނޭންސްގެ އެޑްވައިޒަރުގެ މަގާމުން އިސްތިއުފާ ދެއްވަން އުޅޭ ކަމަށް ސޯޝަލް މީޑިއާގައި ފަތުރަމުންދަނީ ދޮގު ވާހަކަތަކެއް ކަމަށް

މިނިސްޓަރުންގެ ފެންވަރުގައި ފިނޭންސް މިނިސްޓްރީގެ އެޑްވައިޒަރުގެ މަގާމުގައި ހުންނެވި އަހުމަދު މުނައްވަރު އިސްތިއުފާ ދެއްވަން އުޅޭ ކަމަށް ބުނެ ފަތުރަމުންދާ ވާހަކަތައް އޭނާ ދޮގުކޮށްފި އެވެ.

ވީ ކިިހިނެއް؟ - ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ވެރިކަމުގައި ފިނޭންސް މިނިސްޓަރުގެ މަގާމުގައި ވެސް ހުންނެވި މުނައްވަރު އިސްތިއުފާ ދެއްވަން އުޅޭ ކަމަށް ބުނެ، ސޯޝަލް މީޑިއާގައި ދަނީ މައުލޫމާތު ފަތުރަމުންނެެވެ. 

ބުނީ ކީކޭ؟ - މުނައްވަރު 'ދައުރު' އަށް ވިދާޅުވީ، އިސްތިއުފާ ދެއްވަން އުޅޭ ކަމަށް ބުނެ ފަތުރަމުންދަނީ ދޮގު ވާހަކަތަކެއް ކަމަށާއި އެފަދަ ނިންމުމެއް ނުނިންމާ ކަމަށެވެ. ސަރުކާރުން ވެސް ވަނީ އެ ވާހަކަތައް ދޮގުުކޮށްފަ އެވެ.

އެނގުން މުހިންމު - ފިނޭން މިނިސްޓަރު ޑރ. މުހައްމަދު ޝަފީގަށް މާލީ އިރުޝާދު ދިނުމަށް ތިއްބަވަނީ، މުނައްވަރުގެ އިތުރުން، އެމްއެމްއޭގެ ކުރީގެ ގަވަރުނަރު އަހްމަދު ނަސީރު އެވެ.

އިތުރު އާޓިކަލް

އިތުރު އާޓިކަލް