މަޖިލީހުގެ ރައީސް މުހައްމަދު އަސްލަމް(ކ) އަދި ނައިބު ރައީސް ސަލީމް: އެ ދެބޭފުޅުން މަގާމުން ވަކިކުރުމުގެ މައްސަލައިގެ ނޯޓިސް މިހާރު ވަނީ ދީފައި
މަޖިލީހުގެ ރައީސާއި ނައިބު ރައީސްގެ އިތުބާރުގެ މައްސަލަ ނަގައިފި
ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު އަސްލަމް އާއި ނައިބު ރައީސް އަހުމަދު ސަލީމްގެ އިތުބާރު ނެތް ކަމުގެ މައްސަލަ، ޕީއެންސީއިން އަނބުރާ ގެންގޮސްފި އެވެ.
ބުނީ ކީކޭ؟ - ޕީއެންސީގެ ޕާލިމެންޓްރީ ގްރޫޕުގެ ލީޑަރު، ފޮނަދޫ ދާއިރާގެ މެމްބަރު މޫސާ ސިރާޖު 'އެކްސް'ގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ އެކަން މަޖިލީހަށް ވެސް މިހާރު ހުށަހަޅާފައިވާނެ ކަމަށެވެ.
"ރައްޔިތުންގެ މަޖިލީހުގެ ރައީސް އާއި ނައިބު ރައީސްގެ އިތުބާރުނެތްކަމުގެ މައްސަލަ މިވަގުތު ކުރިއަށް ގެންދަން ބޭނުން ނުވާތީ އެކަން ރައްޔިތުންގެ މަޖިިލީހަށް މިހާރު ވަނީ ދަންނަވާފައި،" އެ ޕޯސްޓުގައި ސިރާޖު ވިދާޅުވި އެވެ.
ރައްޔިތުންގެ މަޖިލީހުގެ ރައީސްއާއި ނައިބު ރައީސްގެ އިތުބާރުނެތްކަމުގެ މައްސަލަ މިވަގުތު ކުރިޔަށް ގެންދަން ބޭނުންނުވާތީ، އެކަން ރައްޔިތުންގެ މަޖިލީހަށް މިހާރުވާނީ ދަންނަވާފައި.
— Moosa Siraj (@MoosesSiraj) February 14, 2024
ތަފްސީލު - ޖުމްލަ 23 މެމްބަރުންގެ ސޮޔާ އެކު މަޖިލީހުގެ ރައީސް އާއި ނައިބު ރައީސްގެ އިތުބާރު ނެތް ކަމުގެ މައްސަލަ މަޖިލީހަށް ވެއްދީ 28 ޖެނުއަރީގަ އެވެ.
އެއީ ސަރުކާރުގެ ބައެއް ވަޒީރުންނަށް ރުހުން ނުދޭން އިދިކޮޅު އެމްޑީޕީ އާއި ޑިމޮކްރެޓްސްގެ ޕީޖީ ގްރޫޕުން ނިންމި ނިންމުމާ ގުޅުވައިގެންނެވެ.
ގުޅުންހުރި ކަމެއް - މަޖިލީހުގެ ރައީސް އާއި ނައިބު ރައީސްގެ މައްސަލަ ކުރިއަށްނުގެންދަން ޕީއެންސީން ނިންމިއިރު، މި މައްސަލައިގެ ބަހުސާ ގުޅޭ ބައެއް ނިންމުންތައް ކަނޑައެޅުމަށް މަޖިލީހުގެ އާންމު ކޮމެޓީއިން ވަނީ މިއަދަށް ތާވަލުކޮށްފަ އެވެ.