އިޒްރޭލުގެ ހަމަލާ އެރި ރަފާގައި ހުންނަ ގެޔެއްގެ ތެރެއިން ފަލަސްތީނު ބަޔަކު އެއްޗެހިތަކެއް ނެރެނީ.

ފަލަސްތީން

ގައްޒާގެ ރަފާ ސިޓީއަށް އިޒްރޭލުން އަރައިގަންނަން އުޅުން ރާއްޖެއިން ކުށްވެރިކޮށްފި

ރަފާ އަކީ އިޒްރޭލުގެ ހަމަލާތަކުގައި ގެދޮރު ގެއްލިފައިވާ އެތައް މިލިއަން ފަލަސްތީނުގެ ރައްޔިތުންނަށް ހިޔާވަހިކަން ލިބެން އޮތް އެންމެ ފަހު ތަން
12 ފެބްރުއަރީ 2024

ގައްޒާގެ ރަފާ ސިޓީއަށް ހަތިޔާރާ އެކު އަރައިގަންނާނެ ކަމަށް އިޒްރޭލުން ދީފައިވާ އިންޒާރު، ރާއްޖެއިން ހަރުކަށި އިބާރާތުން ކުށްވެރިކޮށްފި އެވެ.

ވީ ކިހިނެއް؟ - އިޒްރޭލުން ދެމުންދާ އިންޒާރުތައް ކުށްވެރިކޮށް ރާއްޖޭގެ ސަރުކާރުން މިއަދު ނެރުނު ބަޔާނެއްގައިވާ ފާހަގަކޮށްފައިވާ ގޮތުގައި:

  • ރަފާ ސިޓީއަކީ އިޒްރޭލުން ދެމުންދާ ލާއިންސާނީ ހަމަލާތަކުގެ ސަބަބުން ގެދޮރު ގެއްލިފައިވާ އެތައް މިލިއަން ފަލަސްތީނުގެ ރައްޔިތުންނަށް ހިޔާވަހިކަން ލިބެން އޮތް އެންމެ ފަހު ތަން

  • ގައްޒާގެ އެންމެ ދެކުނުގައިވާ މި ސިޓީއަށް ހަތިޔާރާއެކު އަރައިގަންނާނެ ކަމަށް އިޒްރޭލުން ދެމުންދާ އިންޒާރުތައް ހަރުކަށި އިބާރާތުން ކުށްވެރިކުރަން

ތަފްސީލް - "އިޒްރޭލުގެ ސިފައިން ފަލަސްތީނުގެ ރައްޔިތުންނާ ދެކޮޅަށް ގެންދަމުންދާ ލާއިންސާނީ ހަމަލާތަކާއި ގަދަކަމުން ގެދޮރު ގެއްލުވާލުމާއި އިންސާނީ އެހީތެރިކަން ފޯރުކޮށްދިނުމަށް ހުރަސްއެޅުމަކީ ބައިނަލްއަގުވާމީ ގާނޫނުތަކާއި ހިލާފު، ހަނގުރާމައިގެ ޖަރީމާތަކެވެ،" އެ ބަޔާނުގައިވެ އެވެ.

އެއާ އެކު، އިޒްރޭލުގެ ގަތުލުއާންމު ހުއްޓުވުމަށް އެޅެންހުރި ފިޔަވަޅުތައް އެޅުމަށާއި އިންޓަނޭޝަނަލް ކޯޓް އޮފް ޖަސްޓިސް (އައިސީޖޭ) އިން ނިންމި ނިންމުމަށް އިޒްރޭލުން އަމަލުކުރަން ޕްރެޝަރު ކުރުމަށާއި ވަގުތުން ވަގުތަށް ހަމަލާތަށް ހުއްޓާލައި މެދުނުކެނޑި އިންސާނީ އެހީތެރިކަން ފޯރުކޮށްދެވޭނެ ގޮތް ހަދައިދިނުމަށް ރާއްޖެއިން ބައިނަލްއަގުވާމީ ދުނިޔެއަށް ގޮވާލި އެވެ.

ދިވެހި ސަރުކާރާއި ރާއްޖޭގެ ރައްޔިތުން ދެމިތިބޭނީ ފަލަސްތީނުގެ ރައްޔިތުންނާ އެކު ކަން ފާހަގަކޮށް، ސަރުކާރުގެ ސްޓޭންޑަކީ، 1967ގެ ބޯޑަރުތަކާ އެއްގޮތަށް، އިރުމަތީ ގުދުސް އަކީ ފަލަސްތީނުގެ ވެރިރަށް ކަމުގައި ކަނޑައަޅައި މިނިވަން ދައުލަތެއް ގާއިމްކުރުން ކަމަށް ބަޔާނުގައިވެ އެވެ.

އިތުރު އާޓިކަލް

އިތުރު އާޓިކަލް