13 އޮގަސްޓް 2023، ފަހި ދިރިއުޅުން ކޯޕަރޭޝަނުން ތަރައްގީ ކުރާ 'އަމާން އުދަރެސް' ފްލެޓުތައް. (ދައުރު ފޮޓޯ/ހުސައިން ސުނައިން)
'ގެދޮރުވެރިޔާ'ގެ ދާއިމީ ލިސްޓުން %60 މީހުން ފްލެޓަށް ޝަރުތު ހަމަނުވޭ: އޭސީސީ
ކުރީގެ ސަރުކާރުން މާލެ ސަރަހައްދުގައި ދިރިއުޅޭ މީހުންނަށް ފްލެޓު ދިނުމަށް ހިންގި 'ގެދޮރުވެރިޔާ' ސްކީމުގެ ދާއިމީ ލިސްޓުގައި ފުރަތަމަ 4،000 ފްލެޓު ލިބޭ މީހުންގެ ގޮތުގައި ތިބި މީހުންގެ ތެރެއިން %60 މީހުންނަކީ އެ ސްކީމުން ފްލެޓު ލިބެން ޝަރުތު ހަމަނުވާ މީހުން ކަމަށް އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ)އިން ބުނެފި އެވެ.
ވީ ކިހިނެއް؟ - 'ގެދޮރުވެރިޔާ ސުކީމް'ގެ ދަށުން ދޭން އިއުލާންކުރި 4،000 ފްލެޓް، ކުރީ ސަރުކާރުގެ ފަހުކޮޅުގައި އުސޫލާ ހިލާފަށް އެ ފްލެޓްތައް ލިބޭ މީހުންގެ ލިސްޓެއް އިއުލާންކޮށް ރަޖިސްޓްރީ ހަވާލުކުރުމުގެ މަސައްކަތް ކުރާ ކަމަށް ބުނެ ހުށަހެޅި މައްސަލަތަކެއް ތަހުގީގުކުރާތީ މިދިޔަ ނޮވެމްބަރު މަހުގެ ފަހުކޮޅު ވަނީ ފްލެޓް ހަވާލުކުރުން ހުއްޓުވައިފަ އެވެ.
-
ދައުލަތުގެ އިދާރާތަކުގެ ޑޭޓާބޭސްތަކުން އެކަން ކަށަވަރު ކުރެވެން އޮތް އިރުވެސް، އެކަން ނުކޮށް ފޯމުގައިވާ މައުލޫމާތަށް ބަލައިގެން ޝަރުތު ހަމަވާ ކަމަށް ކަނޑައަޅާފައިވާ ކަމަށް
-
އެ މުއްދަތަށް މާލޭގައި ދިރިއުޅެފައިވާ ފަރާތެއް ކަން ސާބިތުކުރުމަށް ހުށަހެޅި ގޭގެ ލިޔުމެއް ނުވަތަ ކައުންސިލްގެ ލިޔުންތަކަށް ބުރަދަން ދީގެން ވެސް ޝަރުތު ހަމަވާ ކަމަށް ކަނޑައެޅި ކަމަށް
-
މާލޭގައި ދިރިއުޅޭކަން ސާބިތުކުރަން ވަޒީފާ އަދާކުރާ ކަމުގެ ލިޔެކިޔުންތައް ހުށަހެޅިއިރު، އެ ލިޔެކިޔުންތަކުން މައްސަލަތަކެއް ފާހަގަވި
-
ސަރުކާރުގެ ސޯޝަލް ހައުސިން ސްކީމަކުން މީގެ ކުރިން ބޯހިޔާވަހިކަން ލިބިފައިވާ ފަރާތްތައް ޝަރުތުހަމަވާ ކަމަށް ކަނޑައަޅާފައި ހުރި
-
60،000ރ.އަށް ވުރެ އިތުރަށް އާމްދަނީ ލިބޭ ފަރާތަކަށް ވެގެން ނުވާނެކަމަށް
ތަހުގީގު ކުރިއަށްދިޔަ ނަމަވެސް، ވަކި ކަންތައްތަކަށް ބަލައިގެން ފްލެޓު ދިނުމުގެ ކަންކަން ކުރިއަށް ގެންދަން ހައުސިން މިނިސްޓްރީއަށް އެ ކޮމިޝަނުން ހުއްދަ ދިނީ މިދިޔަ ބުރާސްފަތި ދުވަހު އެވެ.
އެ ޕްރެޒެންޓޭޝަންގައިވާ ގޮތުން ގެދޮރުވެރިޔާ ސްކީމުގެ ފްލެޓުތަކަށް އެދި ޖުމްލަ 20،696 ފޯމު ހުށަހަޅާފައިވެ އެވެ. އޭގެ ތެރެއިން ޝަރުތު ހަމަވާ ކަމަށް ކަނޑައެޅީ 18،167 ފޯމެވެ.
ތަފްސީލު - އޭސީސީއިން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އެ ކޮމިޝަނުން މި މައްސަލާގައި ހިންގި ތަހުގީގާ ގުޅޭ ޕްރެޒެންޓޭޝަނެއް ވަނީ ހިއްސާކޮށްފަ އެވެ.
އޭސީސީއިން ބުނި ގޮތުގައި ތަހުގީގުގައި ބެލި ފޯމުތަކުގެ ތެރެއިން ތެރެއިން:
-
ޝަރުތު ހަމަވެ، އެއްވެސް މައްސަލައެއް ނެތް ފޯމުތައް: %20.7
-
ޝަރުތު ހަމަވި ނަމަވެސް، މައްސަލަ ހުރި ފޯމުތައް: %19.7
-
ޝަރުތު ފުރިހަމަ ނުވާ ފޯމުތައް: %59.6
އޭސީސީއިން ބުނި ގޮތުގައި ފްލެޓަށް ޝަރުތު ހަމަވާ މީހުން ކަނޑައެޅުމާއި ޕޮއިންޓު ދިނުމުގެ މަރުހަލާތަކުން ވެސް މައްސަލަތަކެއް ވަނީ ފާހަގަވެފަ އެވެ.
މާލޭގައި ދިރިއުޅޭތާ 15 އަހަރުވެފައިވުމަކީ ފްލެޓަށް ކުރިމަތިލުމުގެ ޝަރުތެއް ކަމަށްވާއިރު، އޭސީސީއިން ބުނީ:
-
ދައުލަތުގެ އިދާރާތަކުގެ ޑޭޓާބޭސްތަކުން އެކަން ކަށަވަރު ކުރެވެން އޮތް އިރުވެސް، އެކަން ނުކޮށް ފޯމުގައިވާ މައުލޫމާތަށް ބަލައިގެން ޝަރުތު ހަމަވާ ކަމަށް ކަނޑައަޅާފައިވާ ކަމަށް
-
އެ މުއްދަތަށް މާލޭގައި ދިރިއުޅެފައިވާ ފަރާތެއް ކަން ސާބިތުކުރުމަށް ހުށަހެޅި ގޭގެ ލިޔުމެއް ނުވަތަ ކައުންސިލްގެ ލިޔުންތަކަށް ބުރަދަން ދީގެން ވެސް ޝަރުތު ހަމަވާ ކަމަށް ކަނޑައެޅި ކަމަށް
-
މާލޭގައި ދިރިއުޅޭކަން ސާބިތުކުރަން ވަޒީފާ އަދާކުރާ ކަމުގެ ލިޔެކިޔުންތައް ހުށަހެޅިއިރު، އެ ލިޔެކިޔުންތަކުން މައްސަލަތަކެއް ފާހަގަވި
-
ސަރުކާރުގެ ސޯޝަލް ހައުސިން ސްކީމަކުން މީގެ ކުރިން ބޯހިޔާވަހިކަން ލިބިފައިވާ ފަރާތްތައް ޝަރުތުހަމަވާ ކަމަށް ކަނޑައަޅާފައި ހުރި
-
60،000ރ.އަށް ވުރެ އިތުރަށް އާމްދަނީ ލިބޭ ފަރާތަކަށް ވެގެން ނުވާނެކަމަށް
އޭގެ އިތުރުން ކުރިން ސޯޝަލް ހައުސިން ސްކީމަކުން ބޯހިޔާވަހިކަން ލިބިފައިވާ މީހުންގެ އިތުރުން މަހަކަށް ޖެހޭ އާމްދަނީ 60،000ރ. އަށް ވުރެ އިތުރަށް ލިބޭ މީހަކަށް ވެގެން ނުވާނެކަމަށް އުސޫލުގައި އޮތް ނަމަވެސް، އެއަށް ވުރެ ބޮޑު އާމްދަނީ ލިބޭ ފަރާތްތައް ވެސް ޝަރުތު ހަމަވާ ކަމަށް ކަނޑައަޅާފައިހުރި ކަން އޭސީސީގެ ތަހުގީގަށް ވަނީ ފާހަގަވެފަ އެވެ.
ޕޮއިންޓު ދިނުމުގައި ހުރި މައްސަލަތަކުގެ ގޮތުގައި އޭސީސީއިން ފާހަގަކުރި މައްސަލަތަކުގެ ތެރޭގައި ފޯމުގެ އެކި ބައިތަކުގައި ދީފައިވާ މައުލޫމާތުގައި ފުށޫއެރުން ހުރި ނަމަވެސް އެކަމަށް ނުބެލުމާއި ޝަކުވާ މަރުހަލާގައި ހުށަހެޅި އާ ލިޔެކިޔުންތަކަށް ބަލައިގެން މާކްސް ދިނުމާއި އަސާސެއް ނެތް ޝަކުވާތަކަށް ވެސް ބުރަދަން ދިނުން ހިމެނެ އެވެ.
އޭގެ އިތުރަށް ދަރިޔަކު ނުހުންނަ ކަމަށް ފޯމުގައި ބަޔާންކޮށް، ޑީއެންއާރުގެ ޑޭޓާބޭސްއިން ވެސް އެކަން އެނގެން އޮންނައިރު ވެސް ދަރިންގެ ބައިން ޕޮއިންޓު ދިނުމާއި ހާއްސަ އެހީއަށް ބޭނުންވާ ފަރާތެއް ބަލަމުންދާކަމަށް ފޯމުގައި ނެތަސް، އެ ބައިން ވެސް ޕޮއިންޓު ދީފައިވާކަން އޭސީސީއިން ފާހަގަކުރެ އެވެ.
ކޮމެންޓް (3)
ދިރާސާ
އާމިނަތު
ހަސަނު