މާލޭ މެދު ޒިޔާރަތް.

ދިވެހި ތާރީހު

މާލޭގެ މުހިއްމު އާސާރީ ބިނާތަކެއް ބެލެހެއްޓުން ސްޓެލްކޯއަށް

ހުކުރު މިސްކިތް، މެދު ޒިޔާރަތް އަދި ކަޅުވަކަރު މިސްކިތް ފަދަ މުހިއްމު ބިނާތަށް ބަލަހައްޓާނެ
4 ފެބްރުއަރީ 2024

މާލޭގެ މުހިއްމު އާސާރުތަކެއްގެ އާބާތުރަފިލުވައި، މަރާމާތުކޮށް، އެތަންތަން ޒީނަތްތެރިކުރުމުގެ މަސައްކަތް ސްޓޭޓް އިލްކްޓްރިކް ކޮމްޕެނީ ލިމިޓެޑް (ސްޓެލްކޯ) އާ ސަރުކާރުން ހަވާލުކޮށްފި އެވެ.

ވީ ކިހިނެއް؟ - އެކަން އެ ކުންފުންޏާ ހަވާލުކޮށްފައިވަނީ މިއަދު ސްޓެލްކޯގައި ބޭއްވި ރަސްމިއްޔާތެއްގައި، ފަސް އަހަރުދުވަހުގެ މުއްދަތަށް ހެރިޓޭޖް މިނިސްޓްރީއާ ގުޅިގެން މަސައްކަތް ކުރުމަށް ސޮއިކުރެވުނު ފަހުމުނާމާއެއްގެ ދަށުންނެވެ. މި ފަހުމުނާމާގައި ސޮއި ކުރެއްވީ:

  • ސްޓެލްކޯގެ ފަރާތުން ސޮއިކުރެއްވީ ކުންފުނީގެ މެނޭޖިން ޑިރެކްޓަރު ހުސައިން ފަހުމީ. 

  • މިނިސްޓްރީގެ ފަރާތުން ސޮއިކުރެއްވީ ހެރިޓޭޖް މިނިސްޓަރު އާދަމް ނަސީރު އިބްރާހިމް

ތަފްސީލް - ސޮއިކުރެވުނު ފަހުމުނާމާގެ ދަށުން ސްޓެލްކޯއިން އާބާތުރަފިލުވުމާއި ޒީނަތްތެރި ކުރުމުގެ މަސައްކަތް ކުރުމުގެ އިތުރުން، ކަރަންޓުގެ އެކި މަސައްކަތްތައް ވެސް ކުރަން ހަވާލުކުރެވިފައިވާ އާސާރީ ބިނާތަކަކީ:

  • މާލޭ ހުކުރު މިސްކިތާއި މިސްކިތުގެ ގޯތިތެރެ އާއި މުންނާރު 

  • މާލޭ މެދުޒިޔާރަތް

  • ކަޅުވަކަރު މިސްކިތާއި މިސްކިތުގެ ގޯތިތެރެ

ބުނީ ކީކޭ؟ - ފަހުމުނާމާގައި ސޮއިކުރުމަށް ބޭއްވި ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން ސްޓެލްކޯގެ އެމްޑީ ހުސައިން ފަހުމީ ވިދާޅުވީ، މި އާސާރުތައް ރައްކާތެރިކުރުމުގެ މަސައްކަތް މޫސުމާއި ގުޅިގެން ލަސްވެގެން ދިޔަ ނަމަވެސް ދެން މި މަސައްކަތަށް އިތުރު ލަސްކަމެއް ނާންނާނެ ކަމަށެވެ.

"މީ ވަރަށް ބޮޑަށް ޓެކްނިކަލީ ކަންތައްތައް ބެލިގެން ކުރަންޖެހޭ މަސައްކަތަކަށް ވާތީ އަޅުގަނޑުމެން މިނިސްޓްރީއާ ގުޅިގެން ވަރަށް ބޮޑަށް މި ދިޔައީ ބަލަމުން. ވިއްސާރަ މޫސުމަކަށްފަހު ކޮންމެސް ވަގުތުކޮޅެއް ދޭންޖެހޭ ހުކުރު މިސްކިތު މުންނާރު ހިކުމާ އަދި އެހެނިހެން ޓެކްނިކަލް ކަންތައްތަކަށްވެސް. އެހެންވީމަ އަސްލު ލަސްވެގެން ދިޔައީ،" އޭނާ ވިދާޅުވި އެވެ.

ފާހަގަކޮށްލެވޭ - ސްޓެލްކޯއިން މީގެ ކުރިންވެސް ވަނީ މިފަދަ ފަހުމުނާމާއެއްގެ ދަށުން މާލޭ ހުކުރު މިސްކިތުގެ ގޯތިތެރޭގައި ހުރި ހިރިގާ ވަޅުތަކާއި މުންނާރާއި މާލޭ މެދުޒިޔާރަތް ރައްކާތެރިކޮށް، އާބާތުރަފިލުވައި، ޒީނަތްތެރިކުރުމުގެ މަސައްކަތްތަކެއް ކުރިއަށްގެންގޮސްފަ އެވެ.

މިނިސްޓަރު އާދަމް ނަސީރު އިބްރާހިމް ވަނީ ރާއްޖޭގެ ތަރިކަ ހިމާޔަތްކުރުމުގެ ދާއިރާއިން ސްޓެލްކޯއިން ކުރަމުން ގެންދާ މަސައްކަތްތައް ފާހަގަކުރައްވާފަ އެވެ.

admin@stelco.com.mv
3320982

އިތުރު އާޓިކަލް

އިތުރު އާޓިކަލް