ޕްރޮސެކިއުޓާ ޖެނެރަލް (ޕީޖީ) ހުސެން ޝަމީމް ނޫސްވެރިންގެ ބައްދަލުވުމެއްގެ ތެރެއިން. (ދައުރު ފޮޓޯ/އަބްދުﷲ އަނޫފް ޖުނައިދު)

ޕީޖީ އޮފީސް

ގެވެށި އަނިޔާގެ މައްސަލަތައް އަވަސްކުރަން ޕީޖީން ކޯޓުތަކަށް ސިޓީ ފޮނުވަން ފަށައިފި

މިއީ އެފަދަ މައްސަލަތައް އަވަހަށް ނިންމަން ކޯޓުތަކަށް ބާރު އެޅުމުގެ ގޮތުން ކުރާ ކަމެއް ކަމަށް ޕީޖީ އޮފީހުން ބުނި
3 ފެބްރުއަރީ 2024

ގެވެށި އަނިޔާގެ މައްސަލަތައް ނިންމުން އަވަސް ކުރުމަށްޓަކައި، މައްސަލަ ބަލަމުންދާ ކޯޓުތަކަށް އޮޓަމެޓިކުން ސިޓީ ފޮނުވާ ނިޒާމެއް ޕްރޮސެކިޔުޓާ ޖެނެރަލްގެ (ޕީޖީ) އޮފީހުން ތައާރަފު ކޮށްފި އެވެ.

ވީ ކިހިނެއް؟ - އެކަމާ ގުޅިގެން ޕީޖީ އޮފީހުން މިއަދު ނެރުނު ބަޔާނުގައިވާ ގޮތުން:

  • ގެވެށި އަނިޔާގެ މައްސަލައެއް ކަމަށް ބެލެވޭ ކޮންމެ މައްސަލައެއްގައި، މައްސަލައިގެ ޝަރީއަތް ހިންގަވައިދެއްވާ،  މައްސަލަ ނިންމަވައިދެއްވުން އެދި ސިޓީ ތައްޔާރު ކުރެވި ފޮނުވެމުން ދާނެ

  • މައްސަލަ ލަސްވެގެން، ނުވަތަ ނުވަތަ އެނޫން ވެސް ސަބަބަކާ ކުރެ ފަހުން ބެލިޔަސް އެ މުއާމަލާތުތައް ފެންނަން ހުންނާނެ

ބުނީ ކީކޭ؟ - އެ އޮފީހުން ބުނި ގޮތުގައި، މި ފިޔަވަޅު އެޅިގެން ދިޔައީ، ޖިނާއީ އިޖުރާއަތުގެ ގާނޫނުގެ 142 މާއްދާގައި ބަޔާންކުރާ ގޮތުގެ މަތިން، މެދުކެނޑުމެއް ނެތި ޝަރީއަތް ހިންގައި، ގެވެށި އަނިޔާގެ މައްސަލަތައް އަވަހަށް ނިންމަވައިދެއްވުމަށް ކޯޓުތަކަށް ބާރު އެޅުމުގެ ގޮތުންނެވެ.

ފާހަގަކޮށްލެވޭ - ޓެކްނޮލޮޖީގެ ރޮނގުން ލިބެމުންދާ ކުރިއެރުންތައް ބޭނުންކޮށްގެން، އަނިޔާގެ ޝިކާރައަކަށް ވާ މީހުންނަށް އިންސާފު ހޯދައިދިނުމުގެ ގޮތުން ޕީޖީ އޮފީހުން ވަނީ ފަހަކަށް އައިސް ބައެއް އާ ކަންކަން ތައާރަފުކޮށްފަ އެވެ. އެގޮތުން:

  • މައްސަލައިގައި އަނިޔާ ލިބުން މީހާއަށް މައްސަލަ ހިނގަމުންދާ ގޮތާއި، އަޑުއެހުން ތާވަލް ކުރާ ދުވަސްތަކާއި އެ ދުވަސްތަކުގައު މައްސަލައަށްވީ ގޮތް ޕީޖީ އޮފީހުގެ ވެބްސައިޓުން ބެލޭނެ އިންތިޒާމު ވަނީ ހަމަޖައްސާފައި

  • އެ އޮފީހުން ބުނި ގޮތުގައި އޭގެ ބޭނުމަކީ ކުށުގެ ޝިކާރައަކަށްވީ މީހާއަށް ޖިނާއީ އަދުލުގެ ނިޒާމު ހިނގާގޮތާބެހޭ މައުލޫމާތު ދިނުމާއި، އޭނާއަށް އިންސާފު ހޯދައިދިނުމުގައި ދައުލަތުންކުރާ މަސައްކަތްތައް އޭނާއަށް އަންގައިދީ، މިކަމުގައި އޭނާގެ ބައިވެރިވުން އިތުރުކުރުން

އިތުރު އާޓިކަލް

އިތުރު އާޓިކަލް