ހޯމް މިނިސްޓަރު އަދި އަދާލަތު ޕާޓީގެ ރައީސް އިމްރާން އަބްދުﷲ، އެމްޑީޕީގެ ރިޔާސީ ކެންޑިޑޭޓް ރައީސް އިބްރާހީމް މުހައްމަދު ސޯލިހުގެ ކެމްޕޭނުގައި 1 ސެޕްޓެމްބަރު 2023 ވަނަ ދުވަހުގެ ރޭ މާލޭގައި ބޭއްވި ޖަލްސާގައި ވާހަކަދައްކަވަނީ. (ދައުރު ފޮޓޯ/ހުސައިން ސުނޭން)
އަދާލަތުން އިމްރާނާ އެކު 4 ބޭފުޅަކު މަޖިލީހަށް ނެރެނީ
ކުރީގެ ހޯމް މިނިސްޓަރު އިމްރާން އަބްދުﷲ ހިމެނޭހެން، ހަތަރު ބޭފުޅަކު އަދާލަތު ޕާޓީގެ ފަރާތުން ކުރިއަށް އޮތް ރައްޔިތުންގެ މަޖިލީހުގެ އިންތިހާބުގައި ވާދަކުރަން ޓިކެޓު ދީފި އެވެ.
ވީ ކިހިނެއް؟ - އަންނަ 17 މާޗުގައި ބާއްވާ މަޖިލިސް އިންތިހާބުގައި، އަދާލަތު ޕާޓީގެ ފަރާތުން ވާދަކުރުމަށް އެދޭ މީހުން ޓިކެޓަށް އެދި ހުށަހެޅުމަށް މި މަހުގެ 17ގައި ވަނީ ހުޅުވާލާފަ އެވެ. އެގޮތުން، އަދާލަތު ޕާޓީގެ މަޝްވަރާ މަޖިލީހުން ނިންމައިފައިވާ ނިންމުމާ އެއްގޮތަށް އާންމުކޮށް ހުޅުވާލައިގެން ޓިކެޓަށް އެދުމުގެ ފުރުސަތު ހަތަރު ދާއިރާއަކުން ހުޅުވާލި އެވެ. އެއީ:
-
ވައިކަރަދޫ ދާއިރާ
-
މަކުނުދޫ ދާއިރާ
-
އިނގުރައިދޫ ދާއިރާ
-
ފެލިދޫ ދާއިރާ
އެ މުއްދަތު މިދިޔަ ބުރާސްްފަތި ދުވަހަށް ވަނީ ހަމަވެފަ އެވެ.
ތަފްސީލް - އަދާލަތު ޕާޓީން އިއްޔެ ނެރުނު އިއުލާނެއްގައިވާ ގޮތުން، ކުރިމަތިލުމަށް ހުޅުވާލި ދާއިރާތަކުން ޓިކެޓު ދިނުމަށް އެ ޕާޓީގެ މަޝްވަރާ މަޖިލީހުން ފާސްކޮށްފައިވަނީ:
-
މަކުނުދޫ ދާއިރާ - އިމްރާން އަބްދުالله
-
ވައިކަރަދޫ ދާއިރާ - ހުސައިން ސަގީފް
-
ފުނަދޫ ދާއިރާ - އިސްމާއިލް ހަމީދު
-
އިނގުރައިދޫ ދާއިރާ - އިސްމާއިލް އަލީ
ޓިކެޓަށް ހުޅުވާލިއިރު ފުލިދޫ ދާއިރާއިން ކުރިމަތިލާން ހުޅުވާލި ނަމަވެސް، އެއްވެސް މީހަކަށް އެ ދާއިރާގެ ޓިކެޓު ދީފައެއް ނުވެ އެވެ. އެ ދާއިރާގެ ބަދަލުގައި ޓިކެޓު ދީފައިވަނީ ފުނަދޫ ދާއިރާ އިތުރުކޮށް އެ ދާއިރާއިންނެވެ.