ހދ. ހަނިމާދޫ މަތިން ނަގާފައިވާ ފޮޓޯ އެއް. (ފޮޓޯ/އަހުމަދު އިނާޝް)

ޑްރަަގް ވިޔަފާރީގައި ހަނިމާދޫން ދެ މީހަކު ހައްޔަރުކޮށްފި

ހައްޔަރު ކުރި ދެމީހުންނަކީ ދިވެހި ފިރިހެނުން؛ ރަށު ކޯޓުން ވަނީ ދެމީހުންނަށް ވެސް ބަންދު ޖަހާފައި
27 ޖެނުއަރީ 2024

މަސްތުވާތަކެތި ބޭނުންކޮށް މަސްތުވާތަކެތީގެ ވިޔަފާރި ކުރުމުގެ މައްސަލައެއްގައި ހދ. ހަނިމާދޫން ދެމީހަކު ހައްޔަރުކޮށްފި އެވެ.

ތަފްސީލް - ފުލުހުން މިއަދު މީޑިއާއާ ހިއްސާކުރި މައުލޫމާތުގައިވާ ގޮތުން:

  • ހައްޔަރުކޮށްފައިވާ ދެ މީހުންނަކީ އުމުރުން 38 އަހަރު އަދި 42 އަހަރުގެ ދިވެހި ފިރިހެނުން

  • އެ ދެމީހުން ވެސް ހައްޔަރުކޮށްފައިވަނީ މިދިޔަ ބުރާސްފަތި ދުވަހު ފުލުހުންނަށް ލިބުނު ރިޕޯޓަކާ ގުޅިގެން، ކޯޓު އަމުރެއްގެ ދަށުން ހަނިމާދޫގެ ގެއެއް ބަލައި ފާސްކުރުމުގެ ތެރެއިން

ފުލުހުން ބުނި ގޮތުގައި، އެ ދެމީހުންގެ ބަންދާ މެދު ގޮތެއް ނިންމުމަށް ހަނިމާދޫ މެޖިސްޓްރޭޓް ކޯޓަށް ހާޒިރުކުރުމުން:

  • އެކަކު ފަސް ދުވަހަށް ބަންދު ކޮށްފައިވޭ

  • އަނެއް މީހާ 15 ދުވަހަށް ބަންދު ކުރުމަށް ވަނީ އަމުރުކޮށްފައި

އިތުރު ތަފްސީލް ދީފައި ނުވާ ނަމަވެސް ފުލުހުން ބުނީ މި މައްސަލަ ތަހުގީގު ކުރަމުންދާ ކަމަށެވެ.

އިތުރު އާޓިކަލް

އިތުރު އާޓިކަލް