އިންޓަނޭޝަނަލް ފައިނޭންސް ސެންޓަރު ގާއިމްކުރަން ވިސްނާފައިވާ ގޮތުގެ ކުރެހުމެއް

އިގްތިސާދު

ޑިވަލޮޕްމަންޓް ބޭންކާއި އޯފްޝޯ ފައިނޭންސް ފަށަން ހާއްސަ އިދާރާއެއް އުފައްދައިފި

މޯލްޑިވްސް އިންޓަނޭޝަނަލް ފައިނޭންޝަލް ސާވިސަސް އޮތޯރިޓީ ހިންގާޏީ އިގްތިސާދީ ވުޒާރާގެ ބެލުމުގެ ދަށުން ކަމަށް ރައީސް އޮފީހުން ބުނި
21 ޖެނުއަރީ 2024

ރާއްޖޭގައި ޑިވަލޮޕްމަންޓް ބޭންކަކާއި އޮފްޝޯ ބޭންކިންގެ ހިދުމަތް ހިމެނޭ ގޮތުން ރާއްޖޭގައި މާލީ ސިނާއަތެއް ތަރައްގީ ކުރުމަށް 'މޯލްޑިވްސް އިންޓަނޭޝަނަލް ފައިނޭންޝަލް ސާވިސަސް އޮތޯރިޓީ'ގެ ނަމުގައި އިދާރާއެއް ރައީސް މުހައްމަދު މުއިއްޒު މިއަދު އެކުލަވާލައްވައިފި އެވެ.

ވީ ކިހިނެއް؟ - ރައީސް އޮފީހުން މިއަދު ހާމަކުރި ގޮތުގައި ރައީސްގެ ގަރާރަކުން އެ އިދާރާ އުފެއްދެއްވީ ކެބިނެޓް ބައްދަލުވުމުގައި ނިންމާފައިވާ ގޮތުގެ މަތިން ރާއްޖޭގައި ދުނިޔޭގެ ފެންވަރުގެ މާލީ ސިނާއަތެއް ފުޅާކުރެއްވުމުގެ ގޮތުންނެވެ.

  • އެ އިދާރާ ހިންގާނީ އިގްތިސާދީ ވުޒާރާގެ ބެލުމުގެ ދަށުން ކަމަށް ވެސް ރައީސް އޮފީހުން ބުނި

ތަފްސީލް - އެ އިދާރާ އުފެއްދުމުގެ ގަރާރުގައިވާ ގޮތުގައި އެ އިދާރާގެ މައިގަނޑު މަގުސަދަކަށް ވާނީ ސްޕެޝަލް އިކޮނޮމިކް ޒޯން (އެސްއީޒެޑް) ގާނޫނުގައި ބުނާ މާލީ ހިދުމަތްތައް ރާއްޖޭގެ ތަރައްގީ ކުރުމުގެ ސިޔާސަތުތައް ކަނޑައަޅައި އެކަންކަން ތަންފީޒު ކުރުމުގައި އެންމެ އިސް ރޯލެއް އަދާކުރުމެވެ. އެގޮތުން: 

  • އޯފް-ޝޯ ފައިނޭންސިން ހިދުމަތްތަކާއި އޮން-ޝޯ ފައިނޭންސިން ފޯރުކޮށްދިނުމަށް ބޭނުންވާ ގާނޫނީ އޮނިގަނޑު އެކުލަވައިލުން 

  • އޯފް-ޝޯ އަދި އޮން-ޝޯ ޑިވެލޮޕްމަންޓް ބޭންކުތަކާއި އިންޓަނޭޝަނަލް ފައިނޭންޝަލް ސެންޓަރުތައް ގާއިމުކުރުމާ ގުޅޭގޮތުން ކުރަންޖެހޭ މަސައްކަތްތައް ކުރުން 

  • ރާއްޖޭގެ މާލީ ބާޒާރު ތަރައްގީކޮށް ވާދަވެރި ނިޒާމެއް ގާއިމުކުރުމަށް ހުރި ގާނޫނީ އަދި އިދާރީ ހުރަސްތަކަށް ޒަމާނީ ހައްލުތައް ހޯދުމަށް ކުރަންޖެހޭ ދިރާސާތައް ކުރުން 

އިތުރު އާޓިކަލް

އިތުރު އާޓިކަލް