މޯލްޑިވިއަންގެ ޕައިލެޓުންނާއި ކްރޫ. މޯލްޑިވިއަން އިން ރާއްޖެއިން ބޭރަށް ސީދާ ދަތުރުތައް ފެށުމުގެ މަޝްރޫއެއް ސަރުކާރުން ވަނީ ފަށާފައި. (ފޮޓޯ/މޯލްޑިވިއަން)
މޯލްޑިވިއަންގެ ބޭރު ދަތުރުތައް ފުޅާކުރަން ވައިޑް-ބޮޑީ ދެ ބޯޓު ގެންނަން ސަރުކާރުން އެހީވަނީ
ރާއްޖެއަށް ފަތުރުވެރިން ގެނެވޭނެ މަންޒިލްތަކަށް ދަތުރުތައް ފުޅާކުރަން ގައުމީ އެއާލައިން މޯލްޑިވިއަންއަށް ވައިޑް-ބޮޑީ ދެ ބޯޓު ގެންނަން ސަރުކާރުން އެހީވާ ގޮތަށް މިއަދު އޮތް ކެބިނެޓް ބައްދަލުވުމުގައި ނިންމައިފި އެވެ.
ވީ ކިހިނެއް؟ - އެކަން އިއުލާނު ކުރެއްވީ، މިއަދުގެ ވަޒީރުންގެ މަޖިލީހުގެ ބައްދަލުވުމަށް ފަހު ރައީސް އޮފީހުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި، ޗީފް ސްޕޯކްސްޕާސަން މުހައްމަދު ޝަހީބު އެވެ. އެއީ ރާއްޖޭގެ ޓޫރިޒަމް ފުޅާކުރަން މޯލްޑިވިއަން ތަރައްގީކުރުމުގެ މަޝްރޫއުއެއް ކަމަށް ސަރުކާރުން ބުނެ އެވެ.
ބުނީ ކީކޭ؟ - ޝަހީބު ވިދާޅުވީ އެ މަޝްރޫއު ފަށަން އިންވެސްޓް ކުރަން ޖެހޭ ފައިސާ، ފިނޭންސް މިނިސްޓްރީއަށް ލިބިފައިވާ ފައިނޭންސިން ފެސިލިޓީގެ ތެރެއިން، އައިލެންޑް އޭވިއޭޝަނަށް ލިބޭނެ އިންތިޒާމް ހަމަޖައްސަން ވަޒީރުންގެ މަޖިލީހުން ނިންމާފައިވާ ކަމަށެވެ.
މޯލްޑިވިއަންއަށް ބޭނުންވާ ބޯޓުތަކުގެ ތެރެއިން ފުރަތަމަ ދެ ބޯޓު ގެންނަން ވެސް ނިންމީ މިއަދުގެ ބައްދަލުވުމުގަ އެވެ. މި މަޝްރޫއުގެ ތެރޭގައި އެންމެ އިސްކަމެއް ދޭނެ މަންޒިލްތަކުގެ ތެރޭގައި ޗައިނާ ހަމަޖައްސަން ވެސް ނިންމި ކަމަށް ޝަހީބް ވިދާޅުވި އެވެ.
ތަފްސީލް - އޭނާ ވިދާޅުވި ގޮތުގައި މަޝްރޫއު ދެމެހެއްޓެނިވި ގޮތެއްގައި ކުރިއަށް ގެންދިޔުމުގެ ގޮތުން އޮޕަރޭޝަނަލް ހަރަދު ކުޑަކުރުމުގެ ގޮތުން، ވަޒީރުންގެ މަޖިލީހުން ނިންމީ:
-
އެންމެ ކުޑަ އަގެއްގައި ތެޔޮ ފޯރުކޮށްދިނުމަށް ހޭންޑްލިން، ނެވިގޭޝަން، ލޭންޑިން އަދި ޕާކިންގެ އަގު ހެޔޮކުރަން މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ ލިމިޓެޑް (އެމްއޭސީއެލް)އާ ވާހަކަ ދައްކައިގެން ހަމަޖައްސަން
-
މަންޒިލްތަކަށް ސީދާ ދަތުރުކުރަން ބޭނުންވާ އިންތިޒާމް ހަމަޖައްސަން ފޮރިން މިނިސްޓްރީގެ އެހީތެރިކަން ހޯދުން
-
ޓައިމްލައިންއާ އެއްގޮތަށް ކަންކަން ކުރިއަށް ގެންދަން އިކޮނޮމިކް ކައުންސިލަށް ހުށަހަޅަން