ރާއްޖޭގައި އެއްވެސް ބަރަހަނާ ވެބްސައިޓަކަށް ނުވަދެވޭ ގޮތަށް ހުރިހާ ވެބްސައިޓުތައް ވަނީ ބްލޮކްކޮށްފައި.

އިންޓަނެޓް

ރާއްޖޭގައި ބަރަަހަނާ ވެބްސައިޓުތައް ބްލޮކްކޮށްފި

އެފަދަ ސައިޓުތަކަށް މިއަދުން ފެށިގެން އެކްސެސް ކަނޑާލާފައިވާކަން އޮފިޝަލަކު ކަށަވަރުކޮށްދެއްވި
15 ޑިސެމްބަރު 2023
6

ރާއްޖޭގައި ބަރަހަނާ ވެބްސައިޓުތަކަށް ނުވަދެވޭ ގޮތަށް، އެފަދަ ހުރިހާ ސައިޓުތަކެއް ބްލޮކް ކޮށްފައިވާކަން 'ދައުރު'އަށް ކަށަވަރުވެއްޖެ އެވެ. މިއީ ރާއްޖޭގައި މިފަދަ ނިންމުމެއް ނިންމައި އަމަލުކުރަން ފެށި ފުރަތަމަ ފަހަރެވެ.

ތަފްސީލު - ސަރުކާރުގެ އިސް އޮފިޝަލަކު ނަން ނުޖަހާ ގޮތަށް 'ދައުރު'އަށް ވިދާޅުވިގޮތުގައި ހުރިހާ ބަރަހަނާ ސައިޓުތައް ބްލޮކް ކުރަން މިދިޔަ ބުރާސްފަތި ދުވަހު ކޮމިއުނިކޭޝަންސް އޮތޯރިޓީ އޮފް މޯލްޑިވްސް (ކޭމް)އަށް ވަނީ އަންގާފަ އެވެ.

މިކަމާ ގުޅޭގޮތުން ސަރުކާރާއި އިންޓަނެޓު ހިދުމަތް ދޭ ފަރާތްތަކުގެ ރަސްމީ ބަހެއް އަދި ނުލިބެ އެވެ. ނަމަވެސް، މިފަދަ ވެބްސައިޓުތަކަށް މިއަދުން ފެށިގެން އެކްސެސް ކަނޑާލާފައިވާކަން އޮފިޝަލް ކަށަވަރުކޮށްދެއްވި އެވެ.

ދިރާގާއި އުރީދޫގެ އިންޓަނެޓް ކަނެކްޝަންތަކުން ބަރަހަނާ ސައިޓުތައް ސާޗު ކުރެވުނު ނަމަވެސް މިހާރު އެފަދަ އެއްވެސް ވެބްސައިޓަކަށް ނުވަދެވޭ ކަމަށްވެ އެވެ.

ކޮމެންޓް (6)

ވަދެވޭނެ

17 ޑިސެމްބަރު 2023
ވަދެވޭނެ ނުވަދެވޭނެ ގޮތެއް ނެހެދޭނެ މީގެ ކުރީ ސަރުކާރުތަކުން އެކަން ނުކުރީ ކުރެވޭނެކަމަކަށްނުވާތީ
1 1

މުފީދު

16 ޑިސެމްބަރު 2023
ދެން ކީއްވެ ޕަބްޖީ ނުހުއްޓުވިގެން އުޅެނީ. ގުރޫޕް މާރާ މާރީ ހިންގަނީ އަދި ސްކޫލްގެ ކިޔަވާ ކުދިން ހަލާކު ވަނީ ޕަބްޖީ ކުޅެވޭތީ. ެކަންވެސް ހުއްޓުވެން ޖެހޭ އެބަ.
1 3

ނުރަބޯ

16 ޑިސެމްބަރު 2023
ވަރަށް ރަގަޅު ކަމެއް. މީ މިހާފަސޭހައިން ކޮށްލެވެން އޮތް ކަމަކަށްވާއިރު ކުރީގެ ސަރުކާރު ތަކުން މިކަން ނުކުރީ ކީއްވެބާއޭ ހިތައްއަރާ.
3 2

ޙަސަން

16 ޑިސެމްބަރު 2023
ދެން ވަދެވޭތޯ ބަލަން ވަންނާނީއެއް ނޫން އަނެއްކާ
2 1

ސަލަފު

16 ޑިސެމްބަރު 2023
ސަލަފުގެ އެދުމެއް
0 1

ސޮލްވޭނިޔާ

16 ޑިސެމްބަރު 2023
@ސަލަފު ކޮންމެ ބައެއްގެ އެދުމަކަށް ވިޔަސް ބަރާބަރު ކަމެއް . ބަލަންވީ ބައެއްގެ އެދުމެއްނޫން. މުޖަތަޢުމުގެ ފައިދާއާއް ލާބައަށް. ފާހިޝް ގޮތްތަކުން ސަލާމަތްވޭވޭ ގޮތެއް. މަގޭރާއްޖެ ޒިންދާބާދު.
7 0

އިތުރު އާޓިކަލް

އިތުރު އާޓިކަލް