މާލޭ މޭޔަރު އިންތިހާބުގައި އެމްޑީޕީ ޕްރައިމަރީގައި ވާދަކުރައްވަން ނިންމަވައި އާދަމް އާޒިމް ފޯމު ހުށައަޅުއްވަނީ (ދައުރު ފޮޓޯ/ ހުސެން ސުނޭން)

އެމްޑީޕީ

ަވާދަވެރިއަކު ނެތުމުން އެމްޑީޕީގެ މާލެ މޭޔަރު ޓިކެޓު އާޒިމަށް

އާޒިމަށް ޓިކެޓު ހަވާލުކޮށްފައިވަނީ އެ މަގާމަށް އިތުރު މީހަކު ޝައުގުވެރިކަން ފާޅުކޮށްފައި ނުވާތީ ޕްރައިމަރީއަކާ ނުލައި

އިތުރު ބޭފުޅަކު ޝައުގުވެރިކަން ފާޅުނުކުރައްވާތީ، މާލޭ މޭޔަރު ކަމުގެ އެމްޑީޕީ ޓިކެޓު އެމްޓީސީސީގެ ކުރީގެ ސީއީއޯ އާދަމް އާޒިމަށް ދޭން ނިންމައިފި އެވެ.

ބުނީ ކީކޭ؟ - އެމްޑީޕީން މިއަދު ބުނީ މާލެ ސިޓީ ކައުންސިލްގައި ހުސްވެފައިވާ މަގާމްތަކަށް ޝައުގުވެރިކަން ފާޅުކުރަން ހުޅުވާލި މުއްދަތުގައި ކުރިމަތިލެއްވީ ކޮންމެ ދާއިރާއަކަށް ވެސް އެއް ކެންޑިޑޭޓް ކަމަށެވެ. އެހެންކަމުން ޕްރައިމަރީއަކާ ނުލައި އެ ބޭފުޅުންނަށް ޕާޓީ ޓިކެޓް ހަވާާލުކުރަން ނިންމާފައިވާ ކަމަށް ބުންޏެވެ. 

އެމްޑީޕީގެ ފަރާތުން ވާދަކުރައްވަން ކުރިމަތިލެއްވީ

  • މާލޭގެ މޭޔަރު ކަމަށް - އާދަމް އާޒިމް، މ. ސީނުކަރަންކާގެ

  • މެދު ހެންވޭރު ދާއިރާގެ ކައުންސިލް މެމްބަރު ކަމަށް - އަހްމަދު ރިޝްވާން ރަޝީދު، ހ. ވޭމައުތު

  • ހެންވޭރު ދެކުނު ދާއިރާގެ ކައުންސިލް މެމްބަރު ކަމަށް - ހައްވާ ނިހާލާ، ހ. ތަރަބޫޒުގެ 

  • މާފަންނު ދެކުނު ދާއިރާގެ ކައުންސިލް މެމްބަރު ކަމަށް - އަހްމަދު އިމްރާން، މ. ފަޅުމަތީގެ

އެނގުން މުހިންމު - މާލޭ މޭޔަރު ކަމުގެ މަގާމު ހުސްވީ އެ މަގާމުގައި ހުންނެވި  މުހައްމަދު މުއިއްޒު ރާއްޖޭގެ ރައީސްކަމުގެ ހުވާކުރެެއްވުމަށް މިދިއަ މަހު 17ގައި މަގާމުން އިސްތިއުފާ ދެއްވުމުންނެވެ. ރައީސް މުއިއްޒުގެ އިތުރުން މާލޭ ސިޓީ ކައުންސިލުގައި ހިމެނިވަޑައިގަންނަވާ އިތުުރު ތިން މެންބަރަކު ވެސް ވަނީ ސަރުކާރުގެ މަގާމުތަކަށް ވަޑައިގަތުމަށް އިސްތިއުފާ ދެއްވައިފަ އެވެ. އެ ބޭފުޅުންނަކީ:

  • މާފަންނު ދެކުނު ދާއިރާގެ ކައުންސިލަރު އަބްދުﷲ ނާސިރު

  • މެދުހެންވޭރު ދާއިރާގެ ކައުންސިލަރު އާދަމް ރަމީޒު

  • ހެންވޭރު ދެކުނު ދާއިރާގެ ކައުންސިލަރު ފާތިމަތު ޝަމްނާޒް 

އެ މަގާމުތަކަށް މެމްބަރުން ހޮވަން ބާއްވާ އިންތިހާބު އޮންނާނީ 13 ޖެނުއަރީގަ އެވެ.

މާލޭ މޭޔަރު ކަމަށް މިހާރު ވެސް ގިނަ ބޭފުޅުންތަކެއް ވަނީ ޝައުގުވެރިކަން ފާޅުކުރައްވައިފަ އެވެ. އޭގެ ތެރޭގައި:

  • ކުރީގެ ޕޮލިސް ކޮމިޝަނަރު ހުސެން ވަހީދު 

  • ކުރީގެ ބަންޑާރަ ނައިބު އާޒިމާ ޝަކޫރު 

  • މާލޭ ސިޓީ ކައުންސިލުގެ ގަލޮޅު އުތުރު ދާއިރާގެ ކައުންސިލަރު ސައިފް ފާތިހު 

އެމްޑީޕީގެ ޕްރައިމަރީއަށް ނުކުންނަވާނެ ކަމަށް ކުރީގެ ޔޫތު މިނިސްޓަރު އަހުމަދު މަހްލޫފު ކުރިން އިއުލާންކުރެއްވި އެވެ. ނަމަވެސް އޭނާ ކުރިމަތިލައްވާފައެއް ނުވެ އެވެ.

ކޮމެންޓް (1)

ބޓ އަދުރޭ

3 ޑިސެމްބަރު 2023
އޭކުދިންނޭ ކޮބާތަ މަހޭ ވަރައް ފުއްޕާފަ ބުންޏެންނުން މޭޔަރު ކަމަށް ކުރިމަތިލާވާހަކަ އެންމެފަހުން ފޯމު ގަނޱު ވެސް ލާންނުކެރި މިފިލީ.
0 0

އިތުރު އާޓިކަލް

އިތުރު އާޓިކަލް